Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކަރަންކާ އިބްރާހިމް ރަޝީދު

މަރުހޫމް ކަރަންކާ އިބްރާހިމް ރަޝީދުގެ ގައުމީ ޚިދުމަތުގެ ހަނދާންތައް އައުކުރުން

ކަރަންކާ އިބްރާހިމް ރަޝީދަކީ ރާއްޖޭގެ ރަސްކަމުގެ ދެ ޚާންދާނަކުން ވަޑައިގެން ހުންނެވި ބޭފުޅެއް

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 31 ޖެނުއަރީ 2021 | އާދީއްތަ 13:18
މަރުހޫމް ކަރަންކާ އިބްރާހިމް ރަޝީދު

މަރުހޫމް ކަރަންކާ އިބްރާހިމް ރަޝީދު

2 ސެޕްޓެމްބަރު 1926 ގައި ވެލާނާގޭ އަހުމަދުދީދީއަށް ދަރިކަލަކު ލިބިވަޑައިގަތެވެ. އެދަރިކަލުންގެ ނަންފުޅަކީ އިބްރާހިމް ނާސިރެވެ. ނާސިރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވިރޭ ވެލާނާގޭގައި ދަމަށް ތިއްބެވި ބޭފުޅުންގެ ތެރެއިން އެއްބޭފުޅަކީ ލާމިގަސްދޮށުގޭ ގޮމައެވެ. ނޫމަރާގަނޑުވަރު ގޮމަޔޭވެސް ކިޔައެވެ. އެރޭ ގަޑިބައްލަވައިފައި ބޭރަށްވެސް ނުކުމެވަޑައިގެން ހަނދާއި ތަރިތަކުގެ ބުރުޖުތައްވެސް ބައްލަވައިފައި އެތެރެޔަަށް ވެދެވަޑައިގެންފައި މިދެންނެވި ގޮމާ ވިދާޅުވިކަމަށް މަޝްހޫރުވެފައިވާ ވާހަކަފުޅެއް އޮވެއެވެ. މިކުއްޖާ މި ދިވެހިރާއްޖޭގެ އެންމެ މަތީ ވެރިކަން ކުރާނެއެވެ. ދިވެހި ތާރީޚުގައި ކުލަގަދައަކުރުން ނަންފެވިގެންދާނެއެވެ.

ލާމިގަސްދޮށުގޭ ގޮމާ އެރޭ ވިދާޅުވި ވާހަކަފުޅު ހަގީގަތަކަށްވިއެވެ. ދިވެހިރާއްޖޭގެ ބޮޑުވަޒީރުކަމާއި ރައީސުލްޖުމްހޫރިއްޔާކަންވެސް ނާސިރު ކުރެއްވިއެވެ. ދިވެހިރާއްޖެއަށް އިނގިރޭސީންގެ އަތްދަށުން މިނިވަންކަންވެސް ހޯއްދަވައިދެއްވީ ނާސިރެވެ. އޭނާގެ ނަން ދިވެހި ތާރީޚުގައި ލިޔެވިގެންވަނީ ރަންއަކުރުންނެވެ. ނާސިރުގެ ރާހި ބައްލަވައިފައި ލާމިގަސްދޮށުގޭ ގޮމާ އެވިދާޅުވި އެއްޗެއް ވިދާޅުވިއިރު ނާސިރުގެ ވެރިކަމުގައި ކުލަޖެއްސުމުގައި އެންމެ އިސްދައުރެއް އަދާކުރާނީ ތިމަންނާގެ މާމަދަރިޔެކޭ ވިދާޅެއް ނުވެއެއެވެ. އެބައި މިއަދު ލިޔާން މިޖެހުނީ އަޅުގަޑުމެންނަށެވެ. މިއަދު އެބޭފުޅަކު އަވަހާރަވެގެން ގައުމީ ހިތާމައެއްގެ ތެރެއަށް ދިވެހިރާއްޖެ ގެނބިފައިވާ ގައުމީ ޚިދުމަތްތެރިޔާ ކަރަންކާ އިބްރާހިމް ރަޝީދަކީ މިދެންނެވި ލާމިގަސްދޮށުގޭ ގޮމާއަށް މާމަވިދާޅުވާ ބޭފުޅެކެވެ.

އިބްރާހިމް ރަޝީދަކީ ލާމިގަސްދޮށުގޭ ގޮމާގެ ނޫރާނީގޭ އާމިނާދީގެ ބޭފުޅެކެވެ. ބައްޕާފުޅަކީ މަލިމް މުހައްމަދު ދީދީއެވެ. ދިވެހިރާއްޖޭގެ ބޮޑުވަޒީރުކަމުގައި ހުންނަވައިގެން އަދި ފަހުން ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވައިގެން ދިވެހިރާއްޖެއަށް ޒަމާނީ ބަދަލުތައް ގެންނަވައި ދިވެހިރާއްޖެއަކީ ޒަމާނީ ތަރައްގީގެ ހަރުފަތްތަކުން ކުރިއަރައިގެންދާ ގައުމަކަށް ހެއްދެވުމަށް އިބްރާހިމް ނާސިރު ކުރެއްވި ބުރަ މަސައްކަތުގައި އެންމެ އަރިހުގައި ހުންނަވައިގެން އެންމެ ގިނަ މަޝްވަރާ ދެއްވައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވި ބޭފުޅަކީ މިދެންނެވި އިބްރާހިމް ރަޝީދެވެ. މަޝްހޫރު ނަންފުޅުން ނަމަ ކަރަންކާ އިބްރާހިމް ރަޝީދެވެ.

ކަރަންކާ އިބްރާހިމް ރަޝީދަކީ ރާއްޖޭގެ ރަސްކަމުގެ ދެ ޚާންދާނަކުން ވަޑައިގެން ހުންނެވި ބޭފުޅެކެވެ. އެއީ ހުރަވީ ޚާންދާނާއި ދިޔަމިގިލީ ޚާންދާނެވެ. އިބްރާހިމް ނާސިރުވެސް ފަދައިންނެވެ. ނާސިރަކީ މާގިނަ ރަހުމަތްތެރިން ގެންގުޅުއްވި ބޭފުޅެއް ނޫނެވެ. މާގިނަ ބޭފުޅުންގެ މަޝްވަރާވެސް ހޯއްދެވި ބޭފުޅެއް ނޫނެވެ. ނާސިރުގެ މަދު ރަހުމަތްތެރީންގެ ތެރޭގައި އަދި މަޝްވަރާ ހޯއްދެވި މަދުބޭފުޅުންގެ ތެރެއިން އެންމެ އިސް އެއްބޭފުޅަކީ ކަރަންކާ އިބްރާހިމް ރަޝީދެވެ. އެދުވަސްވަރު ދިވެހީންގެ ގިނަ ބަޔަކު އިބްރާހިމް ރަޝީދު ދަންނަނީވެސް ސާދުސީނު ރަޝީދުގެ ނަންފުޅުންނެވެ. ސާދުސީނަކީ ސާހިބުއްސައާދާގެ ކުރުގޮތެވެ.

ނާސިރާއި އިބްރާހިމް ރަޝީދުގެ ރަހުމަތްތެރިކަމުގެ ބިންގަލަކީ އާއިލީ ގުޅުމެއް ނޫނެވެ. ނަތީޖާނެރެ ދެއްކުމާއި ހީވާގިކަމުގައި ދެބޭފުޅުންގެ މިޒާޖުގެ އެއްގޮތް ކަމަކީ މި ގުޅުންތަކުގެ ބިންގަލެވެ. އެހެންވީމާ ނާސިރުގެ ވެރިކަމުގައި ދިވެހިރާއްޖެއަށް އެގެންނެވި ގިނަގުނަ ބަދަލުތައް ހަގީގަތަކަށް ހެދުމުގައި ނާސިރު އެންމެ ބޮޑަށް ބަރޯސާ ކުރެއްވި އެއްބޭފުޅަކީ އިބްރާހިމް ރަޝީދެވެ. އެއީ ދިވެހިރާއްޖެއަށް ތައުލީމުގެ އިންގިލާބެއް ގެނައުންކަމަށްވިޔަސް، މުވާސަލާތީ ވިޔުގައަކުން ދުނިޔެއާ ދިވެހިރާއްޖެ ގުޅައިލުން ކަމަށްވިޔަސް، ހުޅުލޭގައި އެއަރޕޯޓް އެޅުންކަމަށްވިޔަސް އަދި ދިވެހިރާއްޖެއަށް މިނިވަންކަން ހޯދައި ދިނުން ކަމަށްވިޔަސް އެންމެ އަރިހުގައި ނުގުޑާފަދަ ސާބިތުކަންމަތީގައި ހުންނެވި އެކުވެރިޔަކީ އަދި ބައިވެެރިޔަކީ އިބްރާހިމް ރަޝީދެވެ.

ދައުލަތުގެ އެންމެ އާދައިގެ މަގާމުތަކުން ފެށިގެން އެތައް އެތައް ވުޒާރާއެއްގެ ވަޒީރުކަން އިބްރާހިމް ރަޝީދު ކުރެއްވިއެވެ. ޚާއްސަގޮތެއްގައި ފާހަގަކުރެވޭ ވުޒާރާއަކީ ހޯމްއެފެއަރޒް އެވެ. ދިވެހިރާއްޖޭގެ ދާޚިލީ ވުޒާރާއެވެ. ގިނަބަޔަކަށް އިބްރާހިމް ރަޝީދުގެ ޚިދުމަތްތައް ފާހަގަކުރެވެނީވެސް އެ ވުޒާރާއާ ގުޅުވައިގެންނެވެ. ނާސިރުގެ ދައުރުގެ ވާހަކަ ދެކެވެންޏާ އިބްރާހިމް ރަޝީދުގެ ޚިދުމަތުގެ ވާހަކަ ދެކެވެއެވެ. މިއީ ގުޅިލާމެހިފައިވާ ދެހަނދާނެވެ.

ކަރަންކާ އިބްރާހިމް ރަޝީދު ދިވެހި ގައުމަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމުގައި މުހައްމަދު ނަޝީދު ހުންނެވި ދުވަސްވަރު 2011 ގައި އެމަނިކުފާނަށް ނިޝާން އިއްޒުއްދީނުގެ ޝަރަފު އަރުވާފައިވެއެވެ. މިއީ ދޮންބަންޑާރައިންގެ ނަންފުޅާ ގުޅިފައިވާ ޝަރަފެކެވެ. މިއަދު ދިވެހީންނާއި އިބްރާހިމް ރަޝީދު ވަކިވެވަޑައިގެންނެވިއަސް އެމަނިކުފާނުގެ ޒިކުރާތަކަށް ނިމުމެއް ނެތެވެ. ނާސިރުގެ ޚިދުމަތްތަކާއެކުއެކީގައި އިބްރާހިމް ރަޝީދުގެ ޚިދުމަތްތަކުގެ ވަނަވަރުވެސް ތާރީޚުގައި ވަނީ ލިޔެވިގެންނެވެ.

އިބްރާހިމް ރަޝީދުގެ ލޮބުވެތި މާމާފުޅު ލާމިގަސްދޮށުގޭ ގޮމާ ނާސިރާމެދު ވިދާޅުވި ވިދާޅުވުންތައް ހަގީގަތަކަށް ވެގެންދިޔައީ އިބްރާހިމް ރަޝީދު ފަދަ ހީވާގި މުރާލި އިޚުލާސްތެރި ގައުމީ ޚިދުމަތްތެރިންގެ ސަބަބުންނެވެ. ގައުމު ދެމިއޮތްހައި ދުވަހަކު އެއީ އައުކުރަންޖެހޭ ޒިކުރާއެކެވެ. އެ ޒިކުރާއަށް ނިމުމެއް ނެތެވެ. އެއީ އެއްހަރުފަތަކުން އަނެއް ހަރުފަތަކަށް ގައުމު ގެންގޮސްދިނުމާއި ގައުމު އާރާސްތުކުރުމުގެ ހަރުފަތުގެ ހަނދާންތަކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދު: ޒުވާނުންނަށް އޮތް ފިލާވަޅެއް

ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދު: ޒުވާނުންނަށް އޮތް ފިލާވަޅެއް

19 ނޮވެމްބަރު 2017
ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!

ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!

19 ނޮވެމްބަރު 2017
އަބްދުﷲ ރަޝީދުގެ މަރު: އިންސާނިއްޔަތުކަމާއި ރަހްމު ނެތް ބައެއްގެ ނަތީޖާ!

އަބްދުﷲ ރަޝީދުގެ މަރު: އިންސާނިއްޔަތުކަމާއި ރަހްމު ނެތް ބައެއްގެ ނަތީޖާ!

14 އޮކްޓޯބަރު 2017
 ރަޝީދުގެ އަންހެނުންގެ ދުލުން: ފިރިމީހާ ނިޔާވެގެންދިޔައީ ނަޖިސް މުންޑާއެކު

ރަޝީދުގެ އަންހެނުންގެ ދުލުން: ފިރިމީހާ ނިޔާވެގެންދިޔައީ ނަޖިސް މުންޑާއެކު

12 އޮކްޓޯބަރު 2017
ގާސިިމް އިބްރާހިމްގެ މައްސަލައިގެ ޓައިމްލައިން

ގާސިިމް އިބްރާހިމްގެ މައްސަލައިގެ ޓައިމްލައިން

25 އޯގަސްޓު 2017

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު