Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދޮންދޫނި

ހުސްފަޔާ ދޮންދޫނި ހިފަން ދުވި ހަނދާންތައް އާވޭތަ؟

ދޮންދޫންޏަށް ތަފާތު ނަންތައް ކިޔާއުޅޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2019 | ހޮނިހިރު 13:49
ދޮންދޫންޏެއް ގޮފިކޮޅެއްގައި އިށީންދެލައިގެން

ދޮންދޫންޏެއް ގޮފިކޮޅެއްގައި އިށީންދެލައިގެން

ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެކެވެ. ހިނގާފައި އޮފީހަށް އައިމަގުމަތިން ފެނުނު މަންޒަރަކުން މާޒީގެ ޞަފުޙާތައް ލޯ ކުރިމަތީގައި ނިއުޅިގެން ދިޔައީ މާލޭގެ މަގުމަތިން ފެންނަމުންދިޔަ ދޫނިތަކުންނެވެ. ކުދިކުދި އެ ދޮންދޫނިތައް ހެލިފެލިވެ އުޅުނު ގޮތަކުން ކުޑައިރުގެ އެތައް ހަނދާނެއް އާވެގެން ދިޔައެވެ. މާލޭގެ މަގުތަކުގެ އެކި ހިސާބުތަކުގައި އުދުހެމުންދިޔަ ދޮންދޫނިތައް ހަމަ ޔަގީނުން ވެސް ގިނަ ބައެއްގެ އުފާވެރި މާޒީގެ ހަނދާންތައް އައު ކޮށްދޭނެއެވެ.

ރާޅުބާނިތަކެއް ފަދައިން ބައިބަޔަށް އަންނަ މި ދޮންދޫނިތާއެކު މަގުމަތީގަ ކުޅެން ނުކުންނަ ހިތުން ހާދަ އިންތިޒާރެއް ކުރަމެވެ. މިނިވަންކާމާއެކު އުދެހޭ މި ދޮންދޫނިތަކަށް ކުރާ އިންތިޒާރުގައި އިރުވައި މޫސުން އަންނަނީ ކޮންއިރަކުންތޯ ގޭމިހުންނާ އަބަދު ސުވާލު ކުރެވެއެވެ. ކުރަމުންދާ އިންތިޒާރަށް މާ ގިނަ ދުވަހެއް ނުވެ އިރުވައި މޫސުން ފެށިގެން ދިއުމުން ލިބޭ އުފާ ދެގުނަ ވެގެންދާ ހަނދާން ވޭ ދޯއެވެ؟

ކުޑައިރުގެ ހަނދާނެކެވެ. އިރުވައި މޫސުމާއެކު ގޭދޮށު މަގުތައް އަބަދުވެސް ދޮންދޫނިތަކުން ފުރެއެވެ. އެހިސާބުން ހައްޓަކު ހެޔެއް ނުހުރެއެވެ. ސްކޫލަށާއި، ޓިއުޝަން ކްލާސްތަކުގެ މަތިން ހަދާންނެތިދަނީ ދޮންދޫނިތަކާއެކު ކުޅެން ހުންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުންނެވެ. މުޅި ދުވަސް އެދޫނިތަކާއެކު ހޭދަކުރާއިރު، ހިތް ފުރޭ ވަރެއް ނުވެއެވެ. އިތުރު ޝައުގުވެރިކަމެއް އަންނަނީ ގެއާ ދުރުގަ އުޅޭ ރަށްޓެހިކުދިން ވެސް ދޮންދޫނިތައް އުޅޭތީ ގޭދޮށަށް އަންނާތީއެވެ. ސަބަބަކަށް ވަނީ ބޯކޮށް ވާރެވެހި ގޭދޮށުގެ މަގުތަކުގައި ފެންގަނޑުތައް ހެދިފައި ހުރުމެވެ. އަދި ފެންގަނޑު ހިދޭތީ ބައްޕަ ލައްވާ ޕަންޕުން މަގަށް ފެން ޖަހާ ހަނދާންވެސް ވެއެވެ.

އެކި ރަށްރަށުގައި ތަފާތު ނަންތައް ދޮންދޫންޏަށް ދީފައިވާއިރު، އޭގެ ފަހަތުން ދުވަނީ ހުސްފަޔާއެވެ. ދޮންދޫނިތައް ހިފުމަށް އެއްބަޔަކު އިލޮށިފަތި ބޭނުން ކުރާއިރު، ބަނބުކެޔޮ ގަހުގެ ކިރު ނަގައި ހިއްކައި، އެއިން ތެރަސް ހަދައިގެން އިލޮށީގައި ހާކައިގެން ދޮންދޫނި ހިފަން އުޅޭ ކުދިންވެސް މަދެއްނުވާނެއެވެ. އަދި ބަނބުކެޔޮ ގަހުގެ ކިރު ނަގައިގެން ކިރު އިލޮށި ހެދުމަށް އޭރު އެކުރާ ބުރަ މަސައްކަތުން ބައެއް ފަހަރު އެކިވަރުގެ އަނިޔާ ވެސް ލިބެއެވެ. އެ އަނިޔާތައް މަތިން ހަނދާން ނެތެނީ ހުރިހާ ކުދިން އެކުގައި ގޮސް އެސޮރުމެންގެ މާހައުލަށް އަނެއްކާވެސް މިނިވަންކަމާއެކު އެސޮރުމެން ދޫކޮށްލާއިރު އެ ލިބިގެންދާ ހިތްހަމަޖެހުމުގެ ސަބަބުންނެވެ.

މިއުފާވެރިކަން މާޒީގެ ތެރެއަށްދިޔައެވެ. އެހަނދާންތަކަކީ މިއަދު ވެސް ހިތް އުފާކުރުވާ ކަމެކެވެ. ނަމަވެސް ހިތާމައަކީ މިއަދުގެ ކުޑަކުދިންނަށް އެގޮތަށް ދުވެލާ، ކުޅެލުމަށް ރައްކާތެރި މާހައުލެއް ނެތް ކަމެވެ. ޒަމާނަށް އައި ތަރައްގީއާއެކު ދުއްވާ އެއްޗެހިން މަގުތައް ފުރިއްޖެއެވެ. ބައެއް ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ތާރުއަޅާ ނިންމައިފިއެވެ. މާލެ ސިޓީގެ މަގުތަކުގަ ދޮންދޫނިތައް އުދުހުނު ނަމަވެސް އަރާއިރާއެކު ދުއްވާ އުޅަނދުތަކުގެ ހަރަކާތްތަކާއެކު ދޮންދޫނިތައް ގެއްލިގެންދަނީއެވެ. މަގުތަކުން ނުފެނުނު ނަމަވެސް ޓްރެކް ސަރަހައްދާއި، ސޯޝަލް ސެންޓަރު، ރަސްފަންނު ފަދަ ހުސް ބިންތަކުގަ މިދޫނިތައް އުދުހޭ މަންޒަރު ވަރަށް ވެސް ހިތްގައިމެވެ.

ޒަމާނަށް އަންނަމުންދާ ބަދަލާއެކު، ރާއްޖޭގެ ގިނަ ރައްޔިތުންގެ ހޭލުންތެރިކަން ވެސް މިވަނީ އިތުރުވެފައެވެ. މީގެ ކުރިން އެ ދޮންދޫނިތައް ހިފުމަށް ޝައުގުވެރިކަން ހުރި ނަމަވެސް މިއަދު އެދޮންދޫނިތައް ހިފުމަށް ދެކޮޅު ހަދަމެވެ. ކުޑަ ކުދިން އެދޫނި ހިފާނަމަ، އެކަން ހުއްޓުވަން ވެސް ޖެހެއެވެ. އެއީ އެދޮންދޫނި ތަކަށްވެސް އަދި ކުޑަ ކުދިންނަށްވެސް ރައްކާތެރި މާހައުލެއް މިއަދު ނެތީމައެވެ.

ބުއްދިވެރި ގޮތަކީ ވެސް އެދޮންދޫނިތައް މިނިވަންކަމާއެކު އުދުހެން ދޫކޮށްލުމެވެ. އެސޮރުމެންގެ ކާނާއަކީ މަދިރި ކަމަށްވާތީ، ދޮންދޫނިތަކުގެ ސަބަބުން މަދިރި މަދުވާނެއެވެ. ހުޅަނގު މޫސުމާއެކު ކުރާ ވިއްސާރައިގެ ސަބަބުން މަދިރި އިންތިހާއަށް އިތުރުވެ މަދިރީގެ ސަބަބުން ވައިރަލް ހުމާއި، ޑެންގީ ފެތުރުމުންދާއިރު، އެސޮރުމެންގެ މައިގަނޑު ކާނާ އަކީ މަދިރި ފަންޏާއި ތަފާތު ވައްތަރު ކުދި ފަނިފަކުސާ އަށްވުމީ އިންސާނުންނަށް ލެއްވި ރަހުމަތެއް ނުންތޯއެވެ. އެހެންކަމުން ދޮންދޫނިތައް މިނިވަންކަމާއެކު އުދުހެންދޫކޮށްލުން ހުރިހާ ގޮތަކުން ވެސް ހިތްގައިމެވެ.

ޒަމާނާއެކު ރަށްރަށަށް އަންނަ ތަރައްޤީގައި މިފަދަ އެތަން ހަނދާންތަކެއް ގެނުވާ އާދަކާދަތަކެއް ދަނީ ވަޅުޖެހެމުންނެވެ. ކުރީގެ އެ "ޖަޒީރާވަންތަ" ސިފަތަކާއި ގޮތްތައް އަންނަން އޮތް ޖީލުތަކަށްވެސް ފޯރުކޮށްދިނުމަކީ މުހިއްމު ކަމެކެވެ. އެފަދަ މާހައުލެއް ޤާއިމުވެފައި އޮތުމަކީ މުހިއްމު ކަމެކެވެ. ނޫންނަމަ އެހެންވެސް ބައެއް ދިރޭތަކެތީގެ ނަސްލުތައް ފަދައިން ދޮންދޫނިތަކަކީވެސް ހަމައެކަނި ފޮތްތަކުން ކިޔާލަންޖެހޭ އެއްޗަކަށް ވެ ނިމިދިއުން ގާތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިރުވަޔަށް ދޮންދޫނި ހިފާހެން މައިކްގައި ބަނބުކެޔޮ ކިރު ލައިގެން ނުކުމެ ހޫރޭނީ ހޫރިޔަ ދިނީމަ ނޫންހެއްޔެވެ؟

އިރުވަޔަށް ދޮންދޫނި ހިފާހެން މައިކްގައި ބަނބުކެޔޮ ކިރު ލައިގެން ނުކުމެ ހޫރޭނީ ހޫރިޔަ ދިނީމަ ނޫންހެއްޔެވެ؟

08 މާރިޗު 2021
ރިޔާސީ ބަޔާނުން ހާމަވީ، ރައީސް ސާލިޙަކީ، ގަދަ ކަނޑުގައި ދުއްވަންޖެހުނަސް، ރައްޔިތުން ރާޅާ ތެންމާނުލައި، ތަރައްޤީގެ ބަނދަރު ހިފަން ދަންނަ ރައީސެއްކަން!

ރިޔާސީ ބަޔާނުން ހާމަވީ، ރައީސް ސާލިޙަކީ، ގަދަ ކަނޑުގައި ދުއްވަންޖެހުނަސް، ރައްޔިތުން ރާޅާ ތެންމާނުލައި، ތަރައްޤީގެ ބަނދަރު ހިފަން ދަންނަ ރައީސެއްކަން!

04 ފެބުރުއަރީ 2021
މަރުހޫމް ކަރަންކާ އިބްރާހިމް ރަޝީދުގެ ގައުމީ ޚިދުމަތުގެ ހަނދާންތައް އައުކުރުން

މަރުހޫމް ކަރަންކާ އިބްރާހިމް ރަޝީދުގެ ގައުމީ ޚިދުމަތުގެ ހަނދާންތައް އައުކުރުން

31 ޖެނުއަރީ 2021
ބިދޭސީންގެ މައްސަލަތަކާއެކު ވޯރާއިންގެ ހަނދާންތައް!

ބިދޭސީންގެ މައްސަލަތަކާއެކު ވޯރާއިންގެ ހަނދާންތައް!

25 ޖުލައި 2020
ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

23 ފެބުރުއަރީ 2019

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު