Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސުޕްރީމް ކޯޓު

އެންޓި ޑިފެކްޝަން ޤާނޫނު ބާތިލް ކުރަން ނުފެންނަ ކަމަށް ނިންމައިފި

މިއީ ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތައް ކަނޑައަޅާ ޤާނޫން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 24 އެޕްރީލު 2018 | އަންގާރަ 12:06
އެގޮތައް ނިންމީ ސުޕްރީމް ކޮޓުން

އެގޮތައް ނިންމީ ސުޕްރީމް ކޮޓުން

ޕާޓީ ބަދަލު ކުރާ މެމްބަރުންނާއި ޕާޓީން ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަންގެ ގާނޫނު ބާތިލު ނުކުރެވޭނެ ކަމަށާއި އެ ބިލު ފާސްކުރީ ހާލަތުލް ޟަރޫރާގެ ދަށުން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ކަނޑައެޅީ އެ ބިލު ބާތިލު ކުރުމަށް ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި ކުރި ހުކުމްގައެވެ. އެ ހުކުމްގައި ބުނެފައި ވަނީ އެ ގާނޫނު ފާސްކޮށްފައި ވަނީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގައިޑުލައިނާ އެއްގޮތަށް ކަމަށެވެ. އެ ގައިޑުލައިން ކަނޑައަޅާފައި ވަނީ ފްލޯ ކްރޮސިންގެ މައްސަލައަށް ހައްލު ހޯދުމަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމްގައެވެ.

Advertisement - newsAdvertisement

އެންޓި ޑިފެކްޝަންގެ ގާނޫނަކީ މާޒީއަށް ރުޖޫއަވާ ގޮތަށް ހަދާފައިވާ ގާނޫނެއް ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކޮށްފައި ވާތީ، އެ ހުކުމްގައި ބުނެފައި ވަނީ މާޒީއަށް ރުޖޫއަވާ ގޮތަށް އެ ގާނޫނު ހަދާފައިވުމަކީ މައްސަލައެއް ނޫން ކަމަށެވެ. ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ މިދިޔަ އަަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހަކީ ފްލޯ ކްރޮސިންގެ މައްސަލައަށް ހައްލު ހޯދުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި ދުވަސް ކަމަށާއި އެ ދުވަހުން ފެށިގެން މެމްބަރުން ޕާޓީ ބަދަލު ކުރުމާއި ޕާޓީން ވަކިކުރުމަކީ ގޮނޑި ގެއްލޭނެ ސަބަބެއް ކަމަށެވެ. އެހެންކަމުން މި މަހުގެ 13 ވަނަ ދުވަހު ފާސްކުރި ގާނޫނެއްގައި އެ ތާރީހު ހިމަނާފައިވުމަކީ މައްސަލައެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމްގައިވެއެވެ. އެންޓި ޑިފެކްޝަންގެ ގާނޫނަކީ ރައްޔިތުން ސީދާ އަމަލު ކުރަން ލާޒިމު ގާނޫނެއް ކަމަށް ކަނޑައަޅައި އެ ހުކުމްގައި ބުނެފައި ވަނީ އެ ގާނޫނު ފާސްކުރަން ޖެހޭނީ މަޖިލީހުގެ ޖުލްމަ އަގުލަބިއްޔަތުގެ ދެބައިކުޅަ އެއްބައި މެމްބަރުން ހާޒިރުވެ ތިބޭ، ޖަލްސާއެއްގައި ކަމަށެވެ. ނަމަވެސް މަޖިލީހުން އެ ބިލު ފާސްކުރީ 39 މެމްބަރުން ހާޒިރުވެވަޑައިގެންނެވި ޖަލްސާއެއްގައި ކަމަށާއި އެ އަދަދަކީ އެ ގާނޫނު ފާސްކުރެވޭނެ ގާނޫނީ އަދަދެއް ނޫން ކަމަށެވެ. ގާނޫނުއަސާސީއާ ހަވާލާދީ ހުކުމްގައި ބުނެފައި ވަނީ އެ ބިލު މަޖިލީހުން ފާސްކުރަން ޖެހޭނީ 43 މެމްބަރުން ހާޒިރުވެ ތިބޭ ޖަލްސާއެއްގައި ކަމަށެވެ.

ނަމަވެސް އެ ބިލު މަޖިލީހުން ފާސްކުރީ "ޑޮކްޓަރިން އޮފް ނެސަސިޓީ" ނުވަތަ "ހާލަތުލް ޟަރޫރާ"ގެ ދަށުން، ކަމަށް ދައުލަތުން ޝަރީއަތުގައި ފާހަގަކޮށްފައި ވާތީ، ފަނޑިޔާރުން ވަނީ އެއީ އަމަލު ކުރެވިދާނެ ހާލަތެއް ކަމަށް ކަނޑައަޅާފައެވެ. ފަނޑިޔާރުން ފާހަގަ ކުރެއްވި ގޮތުގައި ހާލަތުލް ޟަރޫރާއަކީ އިޔާދަ ނުކުރެވޭ ފަދަ ހާލަތެއް ދިމާވެއްޖެ ނަމަ، އަމަލު ކުރެވިދާނެ ގޮތެއް ކަމަށެވެ. އެ ހާލަތުގެ ދަށުން އަމަލު ކުރުމަކީ ގުރުއާނާއި އިސްލާމީ ޝަރިއްޔާ އާއި ކީރިތި ރަސޫލާގެ ސުންނަތުންނާއި އިލްމުވެރިންގެ އިޖުމާއަތުން ސާބިތުވާ ކަމެއް ކަމަށް ފަނޑިޔާރުން ކުރެއްވި ހުކުމްގައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންޓި ކެމްޕެއިން ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ގޮވާލައިފި

އެންޓި ކެމްޕެއިން ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ގޮވާލައިފި

22 މާރިޗު 2017
ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން

ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން

10 މާރިޗު 2017
އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި

އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި

07 މާރިޗު 2017
ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017
ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ

ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު