Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޯލް ޕާޓީ ޓޯކްސް

އިލެކްޝަންސް ކޮމިޝަން ބަދަލުކުރުމުގެ މަޝްވަރާވެސް އަންނަންވީ: ޝައިނީ

24 އެޕްރީލު 2018 | އަންގާރަ 07:22

"ބޭރުގައި ތިބެގެން ހަޅޭއްވެވިޔަސް ކަންކަން ރަނގަޅެއް ނުވާނެ": ޝައިނީ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 24 އެޕްރީލު 2018 | އަންގާރަ 07:22
މިނިސްޓަރު ޑރ. ޝައިނީ

މިނިސްޓަރު ޑރ. ޝައިނީ

އިލެކްޝަންސް ކޮމިޝަން ބަދަލުކުރުމުގެ މަޝްވަރާވެސް ކުރެވޭނީ މޭޒު ދޮށަށް އައިސްގެން ކަމަށް ސަރުކާރުގެ ޕާޓީތަކުގެ މަޝްވަރާތައް ވިލަރެސްކުރާ ކޮމިޓީގެ ޗެއާ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކަށާއި ސަރުކާރަށް އެއްބަސްވެވޭ މެންބަރުންގެ މައްޗަށް އެކުލަވާލާ އިލެކްޝަންސް ކޮމިޝަނެއް އެކުލަވާލުމަށް ގުޅުފައިވާ އިއްތިހާދުން ގޮވާލި ގޮވާލުމަށް ރަށްދު ދެއްވާ ރާއްޖެއެމްވީއަށް މިނިސްޓަރު ޝައިނީ ވިދާޅުވީ، އިލެކްޝަން ކޮމިޝަން ބަދަލުކުރުމުގެ މަޝްވަރާވެސް އަދި ގައުމުގައި ހުރި ރައްޔިތުންނާއި ގުޅުންހުރި މުހިއްމު އެހެނިގެން ކަންކަމާއި މެދުވެސް މަޝްވަރާކުރުމުގެ ދޮރު ހުރީ ހުޅުވިފައިކަމަށެވެ. އަދި އެއްވެސް ޝަރުތަކާއި ނުލައި އައިސް އެކަންކަމާއި މަޝްވަރާ ކުރާންވީކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

"މިހާރު 12-13 ފަހަރު މަޝްވަރާއަށް ގޮވާލެއްވިއްޖެ ދެއްތޮ. އިޚްލާތެރިކަމެއް ހުރީ ވިއްޔާ އަންނަންވީ ނޫންތޯ؟ ކޮން ޝަރުތުތަކެއް ކުރިމަތި ކުރުވާކަށްތޯ؟" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝައިނީ ތުހުމަތު ކުރައްވާ ގޮތުގައި ސިޔާސީ ޕާޓީތަކުން ސަރުކާރާއިއެކު މަޝްވަރާއަށް އައުމަށް ހުރަސްތައް ކުރިމަތިކުރުވަނީ ރައީސް ނަޝީދު އިސްވެހުންނަވައެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކަށާއި ސަރުކާރަށް އެއްބަސްވެވޭ މެންބަރުންގެ މައްޗަށް އެކުލަވާލާ އިލެކްޝަންސް ކޮމިޝަނެއް އެކުލަވާލުމަށް ގުޅިފައިވާ އިއްތިހާދުން ގޮވާލާ ނެރުނު ބަޔާނުގައި ހުރި ބައެއް ކަން ގަބޫލު ނުކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝައިނީ ވިދާޅުވި ގޮތުގައި ދައުލަތުގެ ނިޒާމުގައި ރަނގަޅުކުރަން ޖެހޭ ކަންކަން ވެސް އެބަހުއްޓެވެ. އެކަންކަން ރަނގަޅުކުރުމަށް ޚިޔާލުދީ މަޝްވަރާކުރެވޭނީ އެކަމަށް ހުޅުވާލެވިފައިވާ ޗެނަލްގެ ތެރެއިންކަމަށް އޭނާ ވިދާޅުވިއެވެ.

"ބޭނުންކަމެއް ކުރަން އިޚްލާސްތެރިކަން އިސްކުރަންވީ. ކޮންމެސް މީހަކީ ވަރަށް ގާތް މީހަކަށް ވާނެ. ބޭރުގައި ތިބެގެން ހަޅޭއްލެވިޔަސް ކަންކަން ރަނގަޅެއް ނުވާނެ" މިނިސްޓަރު ޝައިނީ ވިދާޅުވިއެވެ.

ކަންކަން ރަނގަޅުކުރުމަށޭ ކިޔައި ވަކިވަކި ކަންކަމަށް ގޮވާލުމަކީ ހައްލެއްނޫންކަމަށާއި، ޕާޓީ ޓޯކްސް އަށް ގޮސްގެން ނޫނީ ހުރި މައްސަލަތައް ނޭނގޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޕާޓީ ޓޯކްސްއަށް އަންނަންވާނީ ޝަރުތު ތަކެެެއް ކުރިމަތިނުކޮށް އިޚްލާސްތެރިކަމާއި އެކުގައިކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރާއި ޚިޔާލު ތަފާތުވާ ކަންކަމާއި އަދި ސަރުކާރުގެ ތެރޭގައި ހުރި މައްސަލަތަކާއި މެދު މަޝްވަރާކުރުމަށް 12 ފަހަރަށް ސަރުކާރުން ގޮވާލި ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މަޝްވަރާތަކުގައި ޕާޓީތަކުގެ އެންމެ އިސްވެރިން ބައިވެރި ނުކުރެވޭނަމަ މަޝްވަރާއަށް ނުދާނޭކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް

07 ފެބުރުއަރީ 2017
ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް
06 ފެބުރުއަރީ 2017

އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ޤަބޫލުކުރަން ދަތި: ރައީސް މައުމޫން

06 ފެބުރުއަރީ 2017
އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ޤަބޫލުކުރަން ދަތި: ރައީސް މައުމޫން
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް