Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަކީލުންގެ ބައްދަލުވުންތައް

ކޮންމެ ދުވަހަކު ގައިދީނަށް ވަކީލުންނާ ބައްދަލުކުރެވޭ ގޮތަށް ހަމަޖައްސާފައިވާކަމަށް ކަރެކްޝަނުން ބުނެފި

23 އެޕްރީލު 2018 | ހޯމަ 07:29

ހަފުތާގެ ކޮންމެ ދުވަހަކުވިޔަސް، ގައިދީ ނަން ހުށަހަޅާފައިވާ ވަކީލަކު އެދުނު ކޮންމެ ގަޑިއެއްގައި ބައްދަލު ކުރެވޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 23 އެޕްރީލު 2018 | ހޯމަ 07:29
މާފުށީ ޖަލު

މާފުށީ ޖަލު

މިދުވަސްވަރު ހިނގަމުންދާ ޝަރީއަތްތަކަށް ބެލުމަށްފަހު، އަދި ބަނދުގައި ތިބި ބައެއް މީހުން ހުށަހަޅާފައިވާ ޝަކުވާތަކަށް ރިއާޔަތްކުރުމަށްފަހު ޖަލުގައި ދެވޭ ވަކީލު ބައްދަލުވުންތަކަށް ބަދަލު ގެނެސްފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ބުނެފިއެވެ.

މޯލްޑިވްސް ކަރެކްޝަން ސާރވިސްގެ ވެބްސައިޓްގައި ބުނެފައިވަނީ ކޮންމެ ގައިދީއަކަށް ގިނަވެގެން ދެ ވަކީލުންނާއެކު ދުވާލަކު އެއް ބައްދަލުވުން ލިބޭނެ ކަމަށާއި މާފުށީ ޖަލުގައި ވަކި ގަޑިތަކެއްގައި އެކަނި ވަކީލު ބައްދަލުވުން ދިނުމުގެ ބަދަލުގައި، ހަފުތާގެ ކޮންމެ ދުވަހެއްގެ 24 ގަޑިއިރު، ގައިދީ ނަން ހުށަހަޅާފައިވާ ވަކީލަކު އެދުނު ކޮންމެ ގަޑިއެއްގައިވެސް ބައްދަލުވުން ދިނުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އެހެންނަމަވެސް، އެގޮތަށް ގަޑި ހަމަޖައްސައި ދެވޭނީ، ފުރަތަމަ އެދިލައްވާ ފަރާތަށް އިސްކަންދީގެން ކަމަށްވެސް ކަރެކްޝަނުން ބުނެފައިވެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ކޮންމެ ވަކީލަކަށްވެސް ބައްދަލުވުމަށް ނޯޓުކުރެވޭނީ އޭނާގެ މުވައްކިލްއާއެކު ކުރިޔަށް އޮތް ބައްދަލުވުމަށް ކަމަށާއި ވަކީލު އެދޭ ގަޑި ލިބެންނެތް ނަމަ، ދެން ލިބެން އޮތް ގަޑި އެއް ޚިޔާރު ކުރެވޭނެ ކަމަށްވެސް ކަރެކްޝަނުން ވަނީ ބުނެފައެވެ.

ވަކީލުންނާ ބައްދަލު ކުރުމަށް ބޭނުންކުރާ ތަނުގެ އިތުރުން، މާފުށީ ޖަލުގައި އާއިލާއާ ބައްދަލުކުރާ ތަންވެސް ވަކީލު ބައްދަލުވުމަށް ވަނީ ހުޅުވާލާފައެވެ. އާއިލީ ބައްދަލުވުން ދޭ ތަނުގައި ވަކީލުންގެ ބައްދަލުވުމެއް ދޭނަމަ، ކޮންމެވެސް ގައިދީއެއްގެ އާއިލީ ބައްދަލުވުމުގެ ފުރުސަތު ފަސްކުރެވިގެން ދާނެއެވެ. އަދި އާއިލާއާ ބައްދަލުވުމަށް ހަމަޖެހިފައިވާ ގައިދީ ފަހުން އެބައްދަލުވުން ދެވޭނެ ކަމަށްވެސް ކަރެކްޝަނުން ވަނީ ބުނެފައެވެ.

ކުރިން ވަކީލުންގެ ބައްދަލުވުންދެމުން އައި ގޮތާއި މެދު ގިނަ ޤާނޫނީ ވަކީލުންތަކެއް ވަނީ ކަންބޮޑުވުންފާޅު ކޮށްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

26 މާރިޗު 2017

މިނިވަންކަމާއި ދެކޮޅަށް ވޯޓުދެއްވައިފިނަމަ، ދުވަހަކުވެސް މެމްބަރުންނަށް ރައްޔިތުން މައާފެއް ނުކުރާނެ: އިމްރާން އަބްދުﷲ

26 މާރިޗު 2017
މިނިވަންކަމާއި ދެކޮޅަށް ވޯޓުދެއްވައިފިނަމަ، ދުވަހަކުވެސް މެމްބަރުންނަށް ރައްޔިތުން މައާފެއް ނުކުރާނެ: އިމްރާން އަބްދުﷲ
14 މާރިޗު 2017

މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

14 މާރިޗު 2017
މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި
10 މާރިޗު 2017

ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން

10 މާރިޗު 2017
ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން
08 މާރިޗު 2017

މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން

08 މާރިޗު 2017
މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން
22 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!
16 ފެބުރުއަރީ 2017

މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ

16 ފެބުރުއަރީ 2017
މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް