Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވާހަކަައާކުއްޖެކޭ ދަސްވީފަހުން

އާކުއްޖެކޭ ދަސްވީފަހުން: އާދޭ އެތެރެއަށް؟

އަދްހަމް ގެ ސަމާލުކަން އައިޝާ ގެ ވާހަކަތަކަށް ނުދީވޭތޯ މަސައްކަތްކުރަމުން މަގަށް ބަލަމުން ގެންދިޔައެވެ.

| 23 އެޕްރީލު 2018 | ހޯމަ 04:33
ވާހަކައިގެ ތީމް ފޮޓޯ

ވާހަކައިގެ ތީމް ފޮޓޯ

ތިން މީހުން ކާރަށް އަރައިގެން ނައްޓާލީ މަލީޝާ ގެ ގެއާާއި ދިމާއަށެވެ. މަލީޝާ ގެ ގެ ހުންނަ ތަން އަދްހަމް އަށް ނޭނގޭތީ މަލީޝާ ކިޔައިދިން ގޮތްގޮތަށް ދުއްވަމުން ދިޔައެވެ. އައިޝާ ގެންދިޔައީ އަދްހަމް އަށް ބަހުން ޖަހަމުންނެވެ. މަލީޝާ އާއި ހެދި މޮޔަވެފައި ހުންނާތީ އަޅުވާކިޔާ ގޮތަށް ބަހުން ޖަހަމުން ދިޔައީ ދިމާކުރުމުގެ ގޮތުންނެވެ.

އަދްހަމް ގެ ސަމާލުކަން އައިޝާ ގެ ވާހަކަތަކަށް ނުދީވޭތޯ މަސައްކަތްކުރަމުން މަގަށް ބަލަމުން ގެންދިޔައެވެ.

"އައްދޭ މަށެއް ނޫޅެން ތިބުނާހާ ވަރަކަށް. ދެން ހުއްޓާލަބަލަ ތިހެން ނުކިޔާ އޯކޭ." އެއްމެ ފަހުން އަދްހަމް ގެ ބޮލަށް އުނދަގޫވެގެން ބުންޏެވެ. މަލީޝާ ރަކި ފާޑަކަށް ހެވިފައި އިނީއެވެ.

"އެހެންތަ؟ އެހެންވެއްޖެއްޔާ ތީ ވަރަށް ދެރަކަމެއް. ގައިމު ކުރިން ދުވަހެއްގަ މަލީޝާ މަ ކައިރީ ބުނި ދެޓް ޝީ ކައިންޑް އޮފް ލައިކް ޔޫ އޭ ދޯ މަލީ؟" މަލީޝާ އަށް ދޯ އަޅަމުން ލާނެތް ހިނިގަނޑަކާއެކު އައިޝާ ބުންޏެވެ. މަލީޝާ އެއްޗެކޭ ނުބުނެ އެވެ. ފާޑަކަށް ލަދުގެންފަ އިނީ އެވެ.

"އަހަރެން ނުބުނަމެއްނު އަހަރެން އޭނަދެކެ-" ބުނަންފެށި ޖުމްލަ މެދުކަނޑާލި އެވެ. "އަހަރެން-" އަނެއްކާވެސް ބުނަން އުޅުނު ޖުމްލަ މެދުކަނޑާލި އެވެ. ފަހަތު ސީޓްގައި އިން މަލީޝާ އަށް ބަލައިލިއެވެ.

"މަލީޝާ ދެކެ އަދޫ ލައިކް ވެޔޭ ދޯ؟" ފޯނަށް ބަލަން އިނދެފައި އަދުހަމް އަށް ބަލައިލަމުން އައިޝާ އެހިއެވެ.

"އައިޝާ.... ދެން ތިވަރަށް ތީނަ ކޮއްކޮ އާ ދިމާނުކޮށްލަ!!" އެއްމެ ފަހުން މަލީޝާ އަށް ހިމޭނުން ނުއިނދެވިގެން ބުންޏެވެ. "އޭނާ ދައްކާ ވާހަކައަށް އަޅާލާ އެއްޗެއް ނޫން އިނގޭ އަދޫ."

ލަދުން އަދުހަމް އަނެއް ފަރާތަށް މޫނު އަނބުރައިލިއެވެ. ހަމަ އެއާއިއެކު ކާރުގެ އެކްސެލެރޭޓަރަށް އޮއްބައިލި އެވެ. އެއްވެސް އެއްޗެކޭ ނުބުނެ ދުއްވަމުން ގެންދިޔައެވެ. އޭނާގެ ދައްތަ ކިތަންމެ ދިމާކުރިއަސް އިވޭކަމަށް ނުހަދައި މަޑުން އިނުމަށް ނިންމައިގެންނެވެ.

"އޯކޭ، ދެން އަޅަންވީ ކަނާތަށްތަ ނޫނީ ވާތަށްތަ؟" ހަތަރު އަނގޮޅިއަކާއި ހަމައަށް އަރައި ހަމަކުރެވުމުން ކާރު އަނބުރާލަންވީ ފަރާތެއް އަދްހަމް އޮޅުންފިލުވި އެވެ.

"ހުރި ސީދަލަށް ދުއްވާ." މަލީޝާ ޖަވާބު ދިނެވެ.

އަދްހަމް ދުއްވަމުން ދިޔައީ ހުރި ސީދަލަށެވެ. މަލީޝާ ބުނިގޮތަށެވެ. އާދައިގެ ސްޕީޑެއްގަ އެވެ.

"އެހެރީތަ މަލީ މެންގެ ގެ؟" ތަންކޮޅެއް ގިނައިން ބޮޑެތި ގަސް ހެދިފައި އޮތް ހިސާބެއްގައި ހުރި ގެއެއް ފެނުމުން އަދުހަމް ސުވާލުކުރި އެވެ.

"އާނ. އެހެރަ ބޮޑު ގަސް ކައިރީގައި މަޑުކޮށްލާ!" ކާރު ބާއްވަންވީ ހިސާބު މަލީޝާ އޮޅުންފިލުވައިދިނެވެ.

"އޯކޭ." ކާރު ގެ ސްޕީޑް މަޑުކޮށްލަމުން އަދްހަމް ބުންޏެވެ.

އައިޝާ ފަސް އެނބުރި މަލީޝާ އަށް ބަލައިލިއެވެ. "އެއީތަ މަލީ ގެ ގެއަކީ؟" ކުޑަކޮށް ހައިރާން ވެފައި އިނދެ ސުވާލުކުރިއެވެ.

އާނއެކޭ ބުނުމުގެ ގޮތުން މަލީޝާ ބޯ ޖަހައިލިއެވެ.

"މިހިސާބަށް ގެނެސްދިނީތީ އެންޑް އައިޝްގެ ނޯޓްސްތައް ދިނީތީ ވަރަށް ބޮޑަށް ތޭންކްސް އިނގޭ." ކާރުން ފައިބަމުން މަލީޝާ ގެ ދަބަހާއި ނޯޓްސް ތައް ނަގަމުން ބުންޏެވެ.

"ކޮންމެހެން މާކަ ފޯރމަލް ވާން އުޅޭނެ ކަމެއްނެތް އިނގޭ!" ހިނިގަޑެއް ޖަހަމުން އައިޝާ ބުންޏެވެ.

މަލީޝާ ވެސް ހީގަތެވެ. "އަދޫ ތޭންކްސް އިނގޭ."

މަލީޝާގެ ޖަވާބަށް އަދްހަމް ދިނީ އާދައިގެ ހިނިތުންވުމެކެވެ. އެކަމަކު ލަދުރަކި ކަމެއް އެ ހިނިތުންވުމުގައި ހުއްޓެވެ.

ގެއާއި ދިމާއަށްމަލީޝާ ހިނގައިގަތެވެ. ހަމަ އެއާއިއެކު ކުއްލިއަކަށް ފަސް އެނބުރި އަދްހަމް އާއި އައިޝާ އަށް ބަލައިލިއެވެ.

"ތި ދެމީހުންވެސް އަހަރުން ގެއަށް ވަދެލަންވާނެ އެއްނު ދޯ؟" މަލީޝާ ގެ ގެއަށް ވަނުމަށް ދަޢުވަތު ދެމުން ބުންޏެވެ.

ނުނިމޭ

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2017

އާކުއްޖެކޭ ދަސްވީފަހުން: ސޫފިތަކެއް

12 ނޮވެމްބަރު 2017
  އާކުއްޖެކޭ ދަސްވީފަހުން: ސޫފިތަކެއް
30 އޮކްޓޯބަރު 2017

އާކުއްޖެކޭ ދަސްވީފަހުން: ވަގުތު ކުޑަތަންވެފައި

30 އޮކްޓޯބަރު 2017
އާކުއްޖެކޭ ދަސްވީފަހުން: ވަގުތު ކުޑަތަންވެފައި
20 އޮކްޓޯބަރު 2017

އާކުއްޖެކޭ ދަސްވީފަހުން: އަނދިރިކަން

20 އޮކްޓޯބަރު 2017
އާކުއްޖެކޭ ދަސްވީފަހުން: އަނދިރިކަން
10 އޮކްޓޯބަރު 2017

އާކުއްޖެކޭ ދަސްވީފަހުން: އިތުރު ސިއްރުތައް

10 އޮކްޓޯބަރު 2017
އާކުއްޖެކޭ ދަސްވީފަހުން: އިތުރު ސިއްރުތައް
29 ސެޕްޓެމްބަރު 2017

އާކުއްޖެކޭ ދަސްވީފަހުން: ހަމަޖެހުން

29 ސެޕްޓެމްބަރު 2017
 އާކުއްޖެކޭ ދަސްވީފަހުން: ހަމަޖެހުން
16 ސެޕްޓެމްބަރު 2017

އާކުއްޖެކޭ ދަސްވީފަހުން – ސިއްރުތައް

16 ސެޕްޓެމްބަރު 2017
އާކުއްޖެކޭ ދަސްވީފަހުން – ސިއްރުތައް
09 ސެޕްޓެމްބަރު 2017

އާކުއްޖެކޭ ދަސްވީފަހުން: ފަޅައިގެން ދިއުން

09 ސެޕްޓެމްބަރު 2017
 އާކުއްޖެކޭ ދަސްވީފަހުން: ފަޅައިގެން ދިއުން
04 ސެޕްޓެމްބަރު 2017

އާކުއްޖެކޭ ދަސްވީފަހުން: ގެއްލިގެން

04 ސެޕްޓެމްބަރު 2017
އާކުއްޖެކޭ ދަސްވީފަހުން: ގެއްލިގެން
26 އޯގަސްޓު 2017

އާކުއްޖެކޭ ދަސްވީފަހުން: މިތުރުން

26 އޯގަސްޓު 2017
އާކުއްޖެކޭ ދަސްވީފަހުން: މިތުރުން
03 އޯގަސްޓު 2017

އާކުއްޖެކޭ ދަސްވީފަހުން: މަލީޝާ

03 އޯގަސްޓު 2017
އާކުއްޖެކޭ ދަސްވީފަހުން: މަލީޝާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު