Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެމްބަރު އަހުމަދު މަހްލޫފް

ޖަލުގައި މީހުން މަރާކަމަށް ވިދާޅުވުމުން މަހްލޫފްގެ މައްޗަށް ދައުވާ އުފުލައިފި، އަޑުއެހުން ހޯމަ ދުވަހު

21 އެޕްރީލު 2018 | ހޮނިހިރު 09:35

މި ދައުވާ ކޮށްފައިވަނީ ޖަލުގައި ގައިދީން މަރަމުންދާ ކަމަށް ތުހުމަތު ކޮށްފައިވާތީ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 21 އެޕްރީލު 2018 | ހޮނިހިރު 09:35
މެމްބަރު މަހްލޫފް ކަރެކްޝަނަލް ސާރވިސްގެ މުވައްޒަފުންނާއެކު

މެމްބަރު މަހްލޫފް ކަރެކްޝަނަލް ސާރވިސްގެ މުވައްޒަފުންނާއެކު

މާފުށީ ޖަލުގައި މީހުން މަރުވަނީ ނޫން ކަމަށާއި ގަސްތުގައި މަރަނީ ކަމަށް ވިދާޅުވެފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ މައްޗަށް ދައުވާ އުފުލައި، އެދައުވާގެ އިބްތިދާއީ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި ހޯމަ ދުވަހަށް ތާވަލް ކޮށްފި އެވެ.

މަހްލޫފްގެ މައްޗަށް ދައުލައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައި ވަނީ ހިނގާފައި ނުވާކަމެއް ހިނގައިފިކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ މައްސަލައަކާއި ގުޅިގެންނެވެ. އެ ދައުވާގެ ފުރަތަމަ އަޑުއެހުން ކްރމިނަލް ކޯޓުގައި ތާވަލް ކޮށްފައިވަނީ ހޯމަ ދުވަހުގެ 10:00 އަށެވެ.

Advertisement - newsAdvertisement

އެނގިފައިވާ ގޮތުގައި އެދައުވާއަކީ މިއަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު މަހްލޫފް ކުރެއްވި ޓްވީޓަކާއި ގުޅޭ މައްސަލަ އެކެވެ. އެ ޓްވީޓްގައި މަހްލޫފް ވަނީ މާފުށީ ޖަލުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި އެކަށީގެންވާ ގޮތެއްގައި ބޭސްފަރުވާގެ ހިދްމަތް ނުދީ ގައިދީން މަރަމުންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި އަހަރެއް ތެރޭ 10 ގައިދީން މަރުވުމަކީ ސީރިއަސް މައްސަލައެއް ކަމަށާއި އެކަމުގައި ކަރެކްޝަނުގެ އިސްވެރިންތަކެއް ޒިންމާ ނަގަން ޖެހޭނެ ކަމަށް ވެސް މަހުލޫފު ވިދާޅުވެފައިވެއެވެ.

މިމައްސަލާގައި މަހްލޫފްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އިތުރު މައްސަލަތަކެއްގެ ތަހުގީގުތަކެއް ކުރެވި ދައުވާތަކެއް ކުރެވިފައި ވެއެވެ.

މިވަގުތު ވެސް މަހްލޫފް ހުންނެވީ ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއަކާ ގުޅިގެން ޝަރީއަތް ނިމެންދެން ގޭ ބަންދުކޮށްފަ އެވެ. މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުން ފެށިގެން ދޫނިދޫގައި ހައްޔަރުކޮށްފައި ހުރި މަހްލޫފު ގޭބަންދަށް ބަދަލު ކުރަން ކޯޓުން އަމުރުކުރީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މިމަހުގެ ހަތަރު ވަނަ ދުވަހުގެ ހަވީރު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ބޭއްވި ބަންދުގެ މަޖިލީހަށް ފަހު އެވެ.

ބަންދުގެ މަޖިލީހަށް ފަހު މަހްލޫފުގެ ގާނޫނީ ވަކީލް ނާޒިމް އަބްދުއް ސައްތާރު ވިދާޅުވެފައި ވަނީ މަހްލޫފުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު މާފުށީ ޖަލު ކައިރި މުޒާހަރާ ކޮށްފައިވާ މައްސަލައިގައި ކަމަށެވެ. އެހެން ނަމަވެސް މުޒާހަރާއާ ގުޅިގެން މަހްލޫފުގެ މައްޗަށް އެކަނި ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވާތީ ނާޒިމް ވަނީ އެކަން ފާހަގަ ކުރައްވާފަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް