Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާޒީ އަބްދުލްބާރީ ޔޫސުފް

ސުޕްރީމް ކޯޓުގެ އަމުރަށް ފަހު ރައީސް ނަޝީދަކީ މުޖުރިމެކޭ ބުނެގެން ނުވާނެ: ގާޒީ ބާރީ

18 އެޕްރީލު 2018 | ބުދަ 18:07

ބާރީއަކީ ރައީސް ނަޝީދުގެ މައްޗަށް ހުކުމް ކުރެއްވި ބެންޗުގެ ގާޒީއެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 18 އެޕްރީލު 2018 | ބުދަ 18:07
ގާޒީ ބާރީ (ކ) އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (ވ)

ގާޒީ ބާރީ (ކ) އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (ވ)

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ މުޖުރިމެއް ކަމަށް އެއްވެސް މީހަކު ބުނެގެން ނުވާނެ ކަމަށް ގާޒީ އަބްދުލްބާރީ ޔޫސުފް ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ ބާރީއަކީ ރައީސް ނަޝީދުގެ މައްޗަށް ކުރި 13 އަހަރު ދުވަހުގެ ޖަލު ހުކުމް އިއްވިއިރު، ކްރމިނަލް ކޯޓުގައި އެމައްސަލަ ބެއްލެވި ގާޒީންގެ ބެންޗުގައި ހިމެނި ވަޑައިގެންނެވި ގާޒީއެވެ. ރައީސް ނަޝީދުގެ މައްޗަށް އެހުކުމް އިއްވީ ގާޒީ ބާރީ ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އެމައްސަލަ ބެއްލެވި ތިން ގާޒީންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

ސޯޝަލް މީޑިއާގައި ގާޒީ ބާރީ ވިދާޅުވެފައި ވަނީ "އިއްތިފާގިއްޔާއަށް ވުރެ އަޣްލަބިއްޔާ ބަލިކަށިވާނެ" ކަމަށެވެ. އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި އަމުރަށް ފަހު ރައީސް ނަޝީދަކީ މުޖުރުމެއް ކަމަށް އެއްވެސް މީހަކު ބުނެގެން ނުވާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމް އިއްވި ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ހައިކޯޓުގެ މިހާރުގެ އިސް ފަނޑިޔާރު އަދި އޭރު ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުﷲ ދީދީ އާއި މިހާރު ހައިކޯޓުގެ ފަނޑިޔާރު ސުޖާއު އުސްމާނުގެ އިތުރުން ގާޒީ ބާރީއެވެ. އެކެއް ފެބްރިއަރީގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފުލް ބެންޗުން ނެރެފައިވާ އަމުރުގައި ބުނެފައި ވަނީ ތަހުގީގުގެ މައްޗަށް ބިނާކޮށް ދައުވާ އުފުލާ ފަރާތަށާއި ފަނޑިޔާރުގެ ގެއަށް ނުފޫޒު ފޯރުވައިގެން ގާނޫނީ އިޖުރާއަތުތަކާ ހިލާފަށް ކޮށްފައިވާ ހުކުމްތަކުގެ މައްޗަށް ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަށް ރިއާޔަތްކޮށް ބެލި އިރު، އެ މައްސަލަތަކަކީ ގާނޫނީ ހަމަތަކުގެ މަތީން އަލުން ބަލައި ޝަރީއަތުގެ ފަރާތުން ގޮތް ކަނޑައަޅަން ޖެހޭ މައްސަލައަކަށް ވާތީ، އެ މައްސަލަތަކާ މެދު އަލުން ގޮތެއް ކަނޑައެޅެންދެން ރައީސް ނަޝީދާއި އެހުކުމުގައި ދެން ބަޔާންކޮށްފައިވާ އަށް ބޭފުޅުން މިނިވަން ކުރުމަށް އަމުރު ކުރާ ކަމަށެވެ. ސްޕްރީމް ކޯޓުގެ އެ އަމުރާ ގުޅިގެން ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފަ އެވެ. އަދި އޭގެ ފަހުން ދެން ތިއްބެވި ތިން ފަނޑިޔާރުން ވަނީ އެ ނުވަ ބޭފުޅުން މިނިވަން ކުރުމަށް އަމުރުކޮށްފައި އޮތް ބައި ބާތިލުކޮށްފައެވެ. އަދި އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ބަޔަށް އަމަލު ކުރުން ފަސް ކުރުމަށް ވެސް ސުޕްރީމް ކޯޓުން އަމުރު ކޮށްފައި ވެއެވެ.

ގާޒީ ބާރީ ވަނީ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައެވެ. އޭގެ ފަހުން ސަރުކާރުގެ ބައެއް ކަންކަމާ މެދު ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް