Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިލާ ކުންފުނި

ވިލާ އަށް ދީފައިވާ ރަށްތައް ސަރުކާރުން ނެގީ ގާނޫނާ ހިލާފަށް: ސުޕްރީމް ކޯޓު

18 އެޕްރީލު 2018 | ބުދަ 12:09

މިދިޔަ އަހަރު މި މައްސަލަ ހައި ކޯޓުން ނިންމީ ވިލާއާ ދެކޮޅަށް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 18 އެޕްރީލު 2018 | ބުދަ 12:09
ސުޕްރީމް ކޯޓު: އެ ކޯޓުން ވަނީ ވިލާއާ އެއްކޮޅަށް މިއަދު މައްސަލަތަކެއް ނިންމާފައި

ސުޕްރީމް ކޯޓު: އެ ކޯޓުން ވަނީ ވިލާއާ އެއްކޮޅަށް މިއަދު މައްސަލަތަކެއް ނިންމާފައި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ސަރުކާރުން ދުކޮށްފައި އޮތް ފަސް ރަށެއް މި ސަރުކާރުން އަތުލާފައި ވަނީ ގާނޫނާ ހިލާފަށް ނޫން ކަމަށް ބުނެ މީގެ ކުރިން ހައިކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށް ވިލާއާ އެއްކޮޅަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ވިލާގެ އެކި ކުންފުނިތަކަށް ދޫށްފައިވާ ފަސް ރަށެއްގެ އެއްބަސްވުން މި ސަރުކާރުން ބާތިލްކޮށްފައި ވަނީ ސަރުކަށް ގާސިމް ކުރެއްވި ތާއިދު އަނބުރާ ގެންދަވައި އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރައްވަން ފެއްޓެވި ދުވަސްކޮޅެވެ. ގދ. ގަޒީރާ އާއި ރ. މާނެންފުއްޓާއި ތ. އެލާގެ އިތުރުން ކ. ބޮލުދުށްފަރާއި ވާވެއްދިފަޅާއި އެ ދެ ފަޅުގެ ދެމެދުގައި އޮންނަ ނަމެއް ދީފައިނުވާ އިތުރު ކުޑަ ފަޅަކާއި ކ. މާދިއްގަރު ފަޅާއި އެ ފަޅާ ޖެހިގެން އޮންނަ ކަނުހުރާ ނަމަކަށް ކިޔާ ފިނޮޅުގެ އެއްބަސްވުންތައް 2015 ވަނަ އަހަރު ސަރުކާރުން ބާތިލް ކުރުމުން ވިލާގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ. އަދި އޭރު އެ މައްސަލަ އެ ކޯޓުން ނިންމީ ވިލާއާ އެއްކޮޅަށެވެ. ނަމަވެސް ފަހުން ހައި ކޯޓުގައި ދައުލަތުން އެ ހުކުމްތައް އިސްތިއުނާފު ކުރުމުން މިދިޔަ އަހަރު ހައި ކޯޓުން ނިންމީ އެރަށްތައް ސަރުކާރުން އަތުލާފައި ވަނީ ގާނޫނާ ހިލާފަށް ނޫން ކަމަށެވެ.

Advertisement - newsAdvertisement

ސެޓްލްމެންޓް އެއްބަސްވުންތަކެއް ހަދައިގެން މި ރަށްތައް ތަރައްގީ ކުުރުމަށް މި ސަރުކާރުން ދީފައި އޮއްވައި، އެ އެއްބަސްވުންތައް ނިމުމަކަށް ގެނެސްފައި ވަނީ ވިލާގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އިން ދައުލަތާ ދެކޮޅަށް 129 މިލިއަން ޑޮލަރުގެ ދައުވާއެއް ކޮށްފައި އޮތުމުން ކަމަށް ބުނެއެވެ. ސަރުކާރުން ހުއްޖަތެއްގެ ގޮތުގައި ކޯޓުގައި އޭރު ބުނެފައި ވަނީ ދައުލަތާ ދެކޮޅަށް ދައުވާއެއް ނުކުރަން ވިލާ އާއި ސަރުކާރާ ދެމެދުގައި އޮތް ސެޓްލްމަންޓް އެގްރިމެންޓްގައި ޝަރުތު ކޮށްފައިވާނެ ކަމަށާއި ވިލާއާ ގުޅުން އޮތް ޑަބްލިއުއެލްޓީން ދައުލަތާ ދެކޮޅަށް ދައުވާ ކުރި ކުރުމަކީ ސެޓްލްމަންޓް އެގްރިމެންޓާ ވިލާއިން ޚިލާފްވުން ކަމަށެވެ.

ނަމަވެސް ވިލާއިން ބުނެފައި ވަނީ ޑަބްލިއުއެލްޓީއަކީ ސެޓްލްމަންޓް އެގްރިމެންޓްގެ ބައިވެރިއެއް ނޫން ކަމަށާއި އެހެންވެ ޑަބްލިއުއެލްޓީން ދައުވާ ކުރި ކުރުމަކީ ރަށްތަކުގެ އެއްބަސްވުން ބާތިލް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޑަބްލިއުއެލްޓީން ދައުވާކުރާ މައްސަލައަކީ ސެޓްލްމަންޓް އެގްރިމެންޓް ހެދިއިރު ވެސް ހިނގަމުން ދިޔަ މައްސަލައެއް ކަން ވެސް ވިލާއިން ކޯޓުގައި ބުނެފައިވެއެވެ.

ވިލާގެ ކުންފުނިތަކަށް ދޫކޮށްފައިވާ މި ފަސް ރަށުގެ ސެޓްލްމަންޓް އެގްރިމެންޓް ބާތިލްކޮށް، އެ އެގްރިމެންޓްގެ ދަށުން ރަށްތައް ދޫކުރުމާ ގުޅޭ ގޮތުން ހެދި އެމެންޑެޑް އެންޑް ރީ އިންސްޓޭޓެޑް ލީސް އެގްރިމެންޓް ވެސް ސަރުކާރުން ބާތިލްކޮށްފައިވެއެވެ.

ވިލާ އަށް ދޫކޮށްފައިވާ މި ފަސް ތަނުން ދައުލަތަށް ލިބެންވާ ކުއްޔާއި ކުލި ނުދައްކައި އޮތުމުން އަރާފައިވާ ޖޫރިމަނާ ކަމަށް ބުނެ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ހޯދުމަށް 2015 ވަނަ އަހަރުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެކުންފުންޏަށް އަންގާފައިވެއެވެ. ވިލާއަށް ދޫކޮށްފައި ހުރި ރަށްތަކެއް އަތުލައި ބައެއް ރަށްތަކުގެ އެއްބަސްވުން ބާތިލްކޮށް، ކާޑެއްދޫ އެއާޕޯޓް އަތުލި އިރު ގާސިމް މަސައްކަތް ކުރައްވަމުން ގެންދެވީ އިދިކޮޅު ފަރާތްތަކާއެކުއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް