Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ސިޓީ ކައުންސިލް

ސަސްޕެންޝަނަށް ފަހު، އައްޑޫ ސިޓީ ކައުންސިލުން ވަރުގަދަ އިންޒާރެއް!

18 އެޕްރީލު 2018 | ބުދަ 08:20

ސަސްޕެންޑްކޮށްފާނެ ކަމުގެ ބިރުގައި ހައްގު ބަސް ނުބުނެ ނުތިބޭނަން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 18 އެޕްރީލު 2018 | ބުދަ 08:20
އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް

އެއް މަސް ދުވަހުގެ ދިގު ސަސްޕެންޝަނަކަށް ފަހު އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުން ބުދަ ދުވަހު ރަސްމީކޮށް ކައުންސިލްގެ މަސައްކަތަށް ނުކުމެ ސަރުކާރަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.

ސްޕްރީމް ކޯޓްގެ އަމުރެއް ތަންފީޒު ކުރުމަށް ގޮވާލުމުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީ(އެލްޖީއޭ) އިން ސަސްޕެންޑް ކުރީ، އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިޤް (ސޯބެ) އާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް ގެ އިތުރުން ކައުންސިލަރު ޖަމްޝީދާ މުހައްމަދާއި، ފޭދޫ ދާއިރާގެ ކައުންސިލަރ އަލީ ފަހުމީއެވެ.

Advertisement - newsAdvertisement

ސަސްޕެންޝަނަށް ފަހު އޮފީހަށް ނުކުމެވަޑައިގަތުމަށް ފަހު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް ވިދާޅުވީ އެކައުންސިލްގެ މެމްބަރުން ސަސްޕެނޑް ކުރީ ގާނޫނާއި ގަވައިދުތަކާއި ހިލާފަށް ކަމަށާއި، ރައްޔިތުންގެ ހައްގުގައި ހައްގު ބަސް ބުނުމުގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ. ސަސްޕެންޑް ކުރިއަސް އެލްޖީއޭ އިން ގަރާރު ނެރުނު ކަމުގައި ވިއަސް މާދަމާ ވެސް ކައުންސިލުން ހައްގުބަސް ބުނާނެ ކަމަށާއި، އެކައުންސިލް ސަސްޕެންޑް ކުރުމަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ލާމަރުކަޒީ ނިޒާމް ފުނޑާލުމަށް ކުރާ މަސައްކަތަށް އިތުރުކޮށްލި އާ ބޮޅެއް ކަމަށް ސޯދިގް ވިދާޅުވިއެވެ.

ސޯދިގް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލުން ތަކުން ވެސް، އެކައުންސިލުން ތަކުން ދެކޭ ގޮތް ހާމަކުރެވެންޖެހޭނެ ކަމަށެވެ. އަދި ސަސްޕެންޑް ކޮށްފާނެ ކަމުގެ ބިރުގައި ހައްގު ބަސް ބުނަން ފަސް ނުޖެހުމަށް އައްޑޫ ސިޓީގެ މޭޔަރު ސޯބެ ކައުންސިލް ތަކަށް ގޮވާލިއެވެ.

އެލްޖީއޭ އިން ބުނެފައިވާ ގޮތުގައި ކައުންސިލަރުން ސަސްޕެންޑު ކޮށްފައިވަނީ ލާމަރުކަޒީ ގާނޫނުގެ ބޭރުން ކައުންސިލަށް ލިބިފައިވާ އިޚްތިޔާރާއި ބާރުގެ ބޭރުން ނޫސް ބަޔާނެއް ނެރުމުގެ ސަބަބުންނެވެ.

ކައުންސިލަރުން ސަސްޕެންޑް ކުރި މައްސަލަ ބާތިލުކޮށްދިނުމަށް އެދި ހައިކޯޓަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފް ވަނީ ހުށައަޅާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް