Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަލަ ސުރުޚީ

އިތުރު ވާހަކައެއް ނެތް، ރައީސް ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ: ޝާހިދު

އެއީ މުޅި ދައުލަތަށް އެންގި އެންގުމެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 18 އެޕްރީލު 2018 | ބުދަ 01:06
ޝާހިދު (މ) ޕެނަލް ޑިސްކަޝަންގައި

ޝާހިދު (މ) ޕެނަލް ޑިސްކަޝަންގައި

ސަރުކާރުން އިތުރު ވާހަކަ ތަކެއް ދައްކަވާނެ ކަމެއް ނެތް ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި ރައީސް ނަޝީދުގެ ނަންފުޅު އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ގެނެސްދިން "ރައީސް ނަޝީދުގެ މައްސަލައިގައި އދގެ ނިންމުން" ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ޝާހިދު ވިދާޅުވީ ރައީސް ނަޝީދަށް އިންތިޚާބުގައި ކުރިމަތި ލެވެން ޖެހޭނެ ކަމަށް އދ ހިއުމަން ރައިޓްސް ކޮމެޓީން ބުނި ބުނުމަށް އެހާއަވަހަށް ސަރުކާރުން އެއްޗެއް ބުނީ ރައީސް ނަޝީދު ކުރިމަތިލެއްވޭނެ ކަމަށް އދ އިން ނިންމަވާނެ ކަމަށް މާކުރިން އެނގޭތީ ކަމަށާއި އެހެން ނަމަވެސް ސަރުކާރުން އެއްޗެއް ބުނެފައިވަނީ އެބަޔާން ބަލާވެސް ނުލާ ކަމަށެވެ.

Advertisement - newsAdvertisement

ޝާހިދު ވިދާޅުވީ އެނިންމުމަކީ ހަމަ އެކަނި ދިވެހި ސަރުކާރަށް އެންގި އެންގުމެއް ނޫން ކަމަށާއި އެއީ މުޅި ދައުލަތައް އެންގި އެންގުމެއް ކަމަށެވެ. އަދި އެނިންމުމަކީ ސަރުކާރުން ބޮލާލާ ޖެހޭނެ ނިންމުމެއް ނޫން ކަމަށާއި ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުން އެނޫން ގޮތެއް ނޯންނާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ދިވެހި ދައުލަތައް ކޮށްފައި އޮތް ހުކުމެއް މިއީ. އަޅުގަނޑުމެން ބައިވެރިވެފައިހުރި މުއާހަދާތަކެއްގެ ދަށުން އަޅުގަނޑުމެންގެ މައްޗަށް ލާޒިމް ކުރާ ކަންކަތައްތަކެއް ކުރުމަށް ދިވެހި ދައުލަތައް އަންގާފައި އޮތް އެންގުމެއް މިއީ." ޝާހިދު ވިދާޅުވިއެވެ.

މިހާރު މިފެންނަނީ ސަރުކާރުން ބޭނުން ނުވާ ބަހެއް ބުނާ ކޮންމެ ބައެއް ބޮލާލާ ޖަހާތަން ކަމަށާއި، ބަސް ބުނީ އެއީ ސުޕްރީމް ކޯޓުން ވިއަސް އަދި އދ އިން ވިޔަސް ސަރުކާރުން ކަންކުރާ ގޮތް ކަމަށެވެ. ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވެސް އޮތީ މިވާހަކަތައް ކަމަށާއި އެކަމަކު ސުޕްރީމް ކޯޓުން އެއަމުރު ނެރުނީމާވެސް އެކަން ނުކޮށް ފަނޑިޔާރުން ހައްޔަރުކުރީ ކަމަށެވެ.

ޝާހިދު ވިދާޅުވީ މިފެންނަނީ ބޭނުން ނުވާ ކަންކަން ނުކުރަން އުޅޭތަން ކަމަށާއި އެކަމަކު އެއީކީ ވާނެ ކަމެއް ނޫންކަމަށެވެ.

އދ ގެ ނިންމެވުމާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓަށް އިޝާރާތް ކުރައްވާ ޝާހިދު ވިދާޅުވީ ރައީސް ނަޝީދުވެސް އެނިންމުމާ ގުޅިގެން ޓްވީޓް ކުރެއްވީ އެއާއެއްގޮތައް ވާހަކަ ދައްކަން ގޮވާލައްވާފައި ކަމަށާއި ރައީސުލް ޖުމްހޫރިއްޔާކަމުގައި ޔާމީން ހުންނަވާނަމަ މި ނިންމެވުމަށް ބޯ ލަންބަވަން ޖެހޭނެ ކަމަށެވެ. ނޫންނަމަ އެވިދާޅުވެވެނީ ރައީސް ކަމުގައި ޔާމީން ނެތްކަމަށް ކަމުގައި ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މުޢަހަދާ ތަކުގައި ބައިވެރިވެފައިވަނީ އެކަންކަން ނުކޮށް ނުތިބެވޭނެ ގޮތައް ކަމަށާއި އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ވާދަ ކުރާއިރު މިފެންނަނީ ރާއްޖެއަކީ ހިތުހުރި ގޮތަކަށް ކަންކުރާ ޤައުމެއްގެ ގޮތުގައި ދައްކާފައި ވާ ތަން ކަމަށެވެ. އަދި ޚާރިޖީ ސިޔާސަތަކީ ވަކި ޤައުމުތަކަކުން ބުނާގޮތައް ހަދާ ގޮނޑިކޮއްކޮއަކަށް ވެފައިވާ ކަމަށާއި މިއީކީ ކުރާވަރުގެ ކަމެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ.

އަދިވެސް ރަނގަޅު ކުރެވެން އެބައޮތް ކަމަށާއި ކަންކުރަންވީ ގޮތަކީ ޤާނޫނަށް ބޯލަނބައި މުއައްސަސާތަކުން އަތްޕުޅު ނަންގަވަންވީ ކަމަށް ޝާހިދު ވިދާޅުވިއެވެ. މީގެ އިތުރުން ކުރެއްވިފައިހުރި ކަންކަމުން ސަލާމަތް ނުވެވޭނެ ކަމަށް ހީކޮށް ކަންކަން ރަނގަޅު ނުކޮށް ނުހުރެވޭނެ ކަމަށާއި ދެންވެސް އޮތީ ކަންކަން އިސްލާހުކޮށް ރަނގަޅު ކުރުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިއީ މުޅި ރާއްޖެއަށް ލިބުނު ކާމިޔާބީއެއް ކަމަށާއި އިސްލާހީ މަސައްކަތުގައި އުޅޭ ހުރިހާ ފަރާތްތަކަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ފަށާފައިވާ މަސައްކަތް ނިމެން ކައިރިވެއްޖެ ކަމުގެ އަލާމާތެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު