Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންގެ ހިދުމަތް

މިއަދު ފުލުހުންގެ މައިއިދާރާއަން މައްސަލައެއް ހުށަ ނޭޅޭނެ ކަމަށް ބުނެފި!

17 އެޕްރީލު 2018 | އަންގާރަ 08:51

ހުއްޓުވި އެސްއޯ ފުލުހުން ބުނީ މިއަދު ފުލުހުންގެ މައި އިދާރާއަށް މައްސަލަ ހުށަނޭޅޭ ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 17 އެޕްރީލު 2018 | އަންގާރަ 08:51
ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގ

ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގ

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކޮށްދިނުމަށް މިވަގުތު ފުލުހުންގެ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒުއާ ބައްދަލު ކުރެއްވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގ އަށް ވަޑައިގެންނެވުމުން ފުލުހުން ހުރަސް އަޅައިފި އެވެ.

އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފް އާއި އެޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒުއާއި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަލީ ހުސައިންގެ އިތުރުން އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ފުލުސް އޮފީހަށް ވަޑައިގެންނެވުމުން ފުލުސް އޮފީސް ކައިރިން ހުރަސް އެޅި ފުލުހުން ބުނެފައިވަނީ މިއަދު (އަންގާރަ ދުވަހު) މައްސަލަ ހުށަހެޅުން އޮތީ ގަލޮޅު ޕޮލިސް ސްޓޭޝަނަށް ކަމަށެވެ.

Advertisement - newsAdvertisement

"އަޅުގަނޑުމެންގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކޮށްލުމަށް ފަސްވަރަކަށް މީހުން މިދިއައީ، އެހެންނަމަވެސް ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ނެރެ އެކި ހިސާބުތަކުން އަޅުގަނޑުމެން ހުއްޓުވި. އެންމެ ކުޑަމިނުން އެބޭފުޅުންނަށް ވެސް ކިޔޭ ނުކިޔޭއެއް ނޭނގޭ ހިސާބަށް، އަޅުގަނޑުމެންނަށް ދޭނެ ޖަވާބެއް ނޭނގި އޮޅުން އަރައިގެން ދިޔަތަން އަޅުގަނޑުމެންނަށް ފެނުނީ. އަޅުގަނޑުމެންނާ އެންމެ ފުރަތަމަ ބައްދަލުވި ފުލުހުން ސުވާލު ކުރީ ތިދަނީ މައްސަލައެއް ހުށަހަޅަން ތޯއޭ. އާއެކޭ ބުނީމައި އެބޭފުޅުން އަޅުގަނޑުމެން ދޫކޮށްލި. ދެން އެއަށް ވުރެ ބޮޑު ވަފުދެއް (އެސްއޯ) އަނެއްކާ ދިމާވި، މައްސަލަ ހުށަހަޅަން ތޯއޭ ސުވާލު ކުރުމުން އާއެކޭ ބުނުމުން މިފަހަރު ބުނީ މިއަދު މައްސަލަ ހުށަހަޅާ ގޮތަށް އޮތީ ގަލޮޅު ފުލުހަށޭ،" އަދާލަތު ޕާޓީގެ ނައިބު ރަޢީސް އަލީ ޒާހިރު ވިދާޅުވި އެވެ.

ފުލުހުންގެ މައި އިދާރާއަން މިއަދު މައްސަލަ ހުށަނޭޅޭ ކަމަށް ބުނާތީ، މިކަމާ ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާނުއަށް ގުޅުމުން ސީދާ ޖަވާބު ދެއްވުމުގެ ބަދަލުގައި ވިދާޅުވީ "އެ ފުލުހުން އެގޮތަށް ބުނެފައި އެވަނީ އެ ފުލުހުންނަށް އެގޮތަށް އަންގާފައިވާތީ" ކަމަށެވެ. ފުލުހުންގެ މައި އިދާރާއަށް މިއަދު މައްސަލަ ހުށަނޭޅޭތޯ ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ސާފު ޖަވާބެއް ޝިފާނު ނުދެއްވި އެވެ.

ހަސަން ލަތީފް ވިދާޅުވީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރަންޖެހޭ ކަމަށާޢި އެކްޓިންގ ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ނަވާޒު އެކަން ކުރަން ބޭނުންނުވާނަމަ އެ އަމުރު ތަންފީޒު ކުރަން ބޭނުންވާ ފުލުހުންނަށް އެ ފުރުސަތު ދެއްވުމަށް ދަންނަވާ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ އެކުމް ތައްފީޒު ކޮށްދިނުމަށް ނަވާޒު އަރިހުގައި ދަންނަވަން ބޭނުންވެގެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިއައީ. އަޅުގަނޑުމެން ކުރިން ނޭދެން މިބައްދަލުވުމަކަށް. ކުރިން ނޭންގީ ސަބަބަކީ އެޕޮއިންޓް މަންޓަކަށް އެދޭ ހިސާބުން ރައީސް ޔާމީން ނަވާޒު ހައްޔަރުކޮށްފާނެ ކަމަށް ގަބޫލު ކުރެވޭތީ،" ހަސަން ލަތީފް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ކޯޓަކުން ކުރާ ހުކުމެއް އަދި ހާއްސަކޮށް ސުޕްރީމް ކޯޓުން އަމުރެއް ކުރީމައި ފުލުހުން އެއަމުރު ތަންފީޒު ކުރުމަށް ދެކޮޅު ހެދިތަނެއް މީގެކުރިން ނުފެންނަ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ އެއަމުރު ތަންފީޒު ކުރުމަށް ދެކޮޅު ހަދަނީ ނަވާޒު ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭތީ އަޅުގަނޑުމެން މިދިޔައީ ނަވާޒުއާ ބައްދަލުކުރަން. ނަވާޒު އޮފީހުގައި އިންނަވަނިކޮށް ފުލުހުން އަޅުގަނޑުމެން ފޮނުވާލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް،" އަލީ ހުސައިން ވިދާޅުވި އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް