Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކްލޯއީ ކާޑޭޝިއަން

ކްލޯއީ ކާޑޭޝިއަން ދަރުފުޅަށް ކީ 'ޓްރޫ ތޮމްޕްސަން'

17 އެޕްރީލު 2018 | އަންގާރަ 05:36

ކްލޯއީ ވިހާފައިވަނީ އޭޕްރިލް 12ގައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 17 އެޕްރީލު 2018 | އަންގާރަ 05:36
ކްލޯއީ އާއި ޓްރިސްޓަން ޑްޜީމް ކާޑޭޝިއަންއާ އެކު

ކްލޯއީ އާއި ޓްރިސްޓަން ޑްޜީމް ކާޑޭޝިއަންއާ އެކު

ކްލޯއީ ކާޑޭޝިއަންއާއި ޓްރިސްޓަން ތޮންމްޕްސަންގެ ދަރިފުޅަށް 'ޓްރޫ' ތޮމްޕްސަން ކިޔަން ނިންމައިފިއެވެ.

އެމެރިކާގެ މަޝްހޫރު ރިއަލިޓީ ތަރި ކްލޯއީއާއި ކްލީވްލޭންޑް ކެވެލިއަރސްއަށް ބާސްކެޓް ކުޅޭ ޓްރިސްޓަން އަންހެން ކުއްޖަކަށް މަރްހަަބާ ކިޔާފައިވަނީ އޭޕްރިލް 12ގައެވެ.

ކްލޯއީ ވިހޭ ގަޑީގައި ޓްރޫގެ ބައްޕަގެ އިތުރުން އޭނާގެ މަޝްހޫރު އާއިލާގެ މެމްބަރުން ވެސް ތިއްބެވެ. އޭގެ ތެރޭގައި މަންމަ ކްރިސް ޖެނަރއާއި ދައްތަމެން ކޯޓްނީއާއި ކިމް ހިމެނެއެވެ.

ދަރިފުޅަށް ޓްރޫ ކީކަން ކްލޯއީ ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. ޓްރޫގެ މާނައަކީ "ތެދު"އެވެ. ދަރިންނަށް މިފަދަ ތަފާތު ނަން ކިޔުމަކީ ހޮލީވުޑްގައި މިހާރު އާންމު ކަމެކެވެ. ކްލޯއީގެ އާއިލާ ތެރޭގައި ވެސް މެއެވެ. އޭނާގެ ދައްތަ ކިމްގެ ކުދިންނަށް ނޯތު، ސެއިންޓް އަދި ޝިކާގޯ ކިޔާފައިވާއިރު، ކޮއްކޮމެން ރޮބްއާއި ކައިލީ ޖެނަރގެ ކުދިންނަށް ކިޔާފައިވަނީ ޑްރީމް އާއި ސްޓޯމީއެވެ.

ކްލޯއީ ވިހޭ ފަހުން ކުރި ފުރަތަމަ އިންސްޓަގްރާމް ޕޯސްޓްގައި ބުނި ގޮތުގައި ޓްރޫ ވަނީ އެމީހުންގެ 'ހިތްތައް އަތުލާފަ'އެވެ. އަދި 'މަންމައާއި ބައްޕަ' ވަރަށް ލޯބިވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

Loading Instagram post...

ކްލޯއީ ވިހެއުމުގެ އެއް ދުވަސް ކުރިން ޓްރިސްޓަންގެ 'ވިޔާނުދާ' ވާހަކަތަކެއް މީޑިއާ މެދުވެރިކޮށް ފަޅާ އަރާފައިވާއިރު، އޭނާގެ މި ޕޯސްޓުން ގިނަ ބައެއް ގަބޫލު ކުރަނީ ކްލޯއީ ޓްރިސްޓަންއަށް މާފު ކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ކްލޯއީ، ޓްރިސްޓަން ނުވަތަ އާއިލާއިން މިކަމާ ގުޅިގެން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މިއީ ކްލޯއީގެ ފުރަތަމަ އަދި ޓްރިސްޓަންގެ ދެވަނަ ދަރިފުޅެވެ. މި ދެ މީހުން ރަށްޓެހިވި އިރު ޓްރިސްޓަންގެ ކުރީގެ ލޯބިވެރިޔާ އިނީ ދެ މީހުންގެ ދަރިއަކަށް ބަލިވެއެވެ.

އިތުރަށް ކިޔާލަން: ކްލޯއީ ކާޑޭޝިއަން ވިހޭއިރު ދިރިއުޅުން އެއްކޮށް ހަލާކުވެފައި؛ ވެގެންއުޅޭ ގޮތް 'ކީޕިންގ އަޕް'ގެ އަންނަ ސީޒަންގައި އިނގޭނޭ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2018

ކިމް ކާޑޭޝިއަން އަށް ތިންވަނަ ދަރިފުޅު ލިބިއްޖެ

17 ޖެނުއަރީ 2018
ކިމް ކާޑޭޝިއަން އަށް ތިންވަނަ ދަރިފުޅު ލިބިއްޖެ
17 ޖެނުއަރީ 2018

އަހަރެން ހީކުރީ ކްލޯއީ އަށް ދަރިއަކު ނުލިބޭނެ ކަމަށް: ކްރިސް ޖެނާ

17 ޖެނުއަރީ 2018
އަހަރެން ހީކުރީ ކްލޯއީ އަށް ދަރިއަކު ނުލިބޭނެ ކަމަށް: ކްރިސް ޖެނާ
04 ޖެނުއަރީ 2018

ކްލޯއީ ކާޑޭޝިއަންގެ ބަނޑަށް 6 މަސް، ހުރީ ވަރަށް އުފަލުން

04 ޖެނުއަރީ 2018
ކްލޯއީ ކާޑޭޝިއަންގެ ބަނޑަށް 6 މަސް، ހުރީ ވަރަށް އުފަލުން
04 ޖެނުއަރީ 2018

ކިމް ކާޑޭޝިއަން ދެން އަގުބޮޑު ގަހަނާތަކެއް ގޭގައި ނުބަހައްޓާނެ

04 ޖެނުއަރީ 2018
ކިމް ކާޑޭޝިއަން ދެން އަގުބޮޑު ގަހަނާތަކެއް ގޭގައި ނުބަހައްޓާނެ
03 ޖެނުއަރީ 2018

ދަރިފުޅު ބަލިވެ، ކިމް ކާޑޭޝިއަން 2017 ނިންމާލީ ހޮސްޕިޓަލުގައި

03 ޖެނުއަރީ 2018
ދަރިފުޅު ބަލިވެ، ކިމް ކާޑޭޝިއަން 2017 ނިންމާލީ ހޮސްޕިޓަލުގައި
21 ޑިސެމްބަރު 2017

ކްލޯއީ ކާޑޭޝިއަން ބަލިވެއިންކަން އޭނާ އަމިއްލައަށް ހާމަކޮށްފި

21 ޑިސެމްބަރު 2017
ކްލޯއީ ކާޑޭޝިއަން ބަލިވެއިންކަން އޭނާ އަމިއްލައަށް ހާމަކޮށްފި
19 އޮކްޓޯބަރު 2017

ޑެސްކްޓޮޕް ލައިޓްރޫމް ފާސްޓްކޮށް ލައިޓްރޫމް ކްލައުޑަށް

19 އޮކްޓޯބަރު 2017
ޑެސްކްޓޮޕް ލައިޓްރޫމް ފާސްޓްކޮށް ލައިޓްރޫމް ކްލައުޑަށް
28 ސެޕްޓެމްބަރު 2017

ކާޑޭޝިއަން އާއިލާ ބޮޑުވަނީ: އަންނަ އަހަރު ކިމް، ކްލޯއީ އަދި ކައިލީއަށް ކުދިން ލިބެނީ؟

28 ސެޕްޓެމްބަރު 2017
ކާޑޭޝިއަން އާއިލާ ބޮޑުވަނީ: އަންނަ އަހަރު ކިމް، ކްލޯއީ އަދި ކައިލީއަށް ކުދިން ލިބެނީ؟
20 މާރިޗު 2017

ހަމަލާ ދިން މީހުން ރޭޕް ކޮށްފާނެކަމުގެ ބިރު ގަތް، ސަލާމަތްވާނެ ގޮތެއް ނެތް: ކިމް ކާޑޭޝިއަން

20 މާރިޗު 2017
ހަމަލާ ދިން މީހުން ރޭޕް ކޮށްފާނެކަމުގެ ބިރު ގަތް، ސަލާމަތްވާނެ ގޮތެއް ނެތް: ކިމް ކާޑޭޝިއަން
07 ޖެނުއަރީ 2017

ކާޑޭޝިއަން އަނބުރާ ސޯޝަލް މީޑިއާއަށް!

07 ޖެނުއަރީ 2017
ކާޑޭޝިއަން އަނބުރާ ސޯޝަލް މީޑިއާއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް