Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޫރިޔާ ކެމިކަލް ހަމަލާ

ސޫރިޔާއިން އެމެރިކާ ސިފައިން ނުބޭލުމަށް ޓްރަމްޕަށް ވިސްނަވައިދެއްވިން: މެކްރޯން

16 އެޕްރީލު 2018 | ހޯމަ 05:27

އެމެރިކާގެ 2 ހާހެއްހާ ސިފައިން މިހާރުވެސް ސޫރިޔާގައި ހަރަކާތްތެރިވޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 16 އެޕްރީލު 2018 | ހޯމަ 05:27
ފަރަންސޭސީވިލާތުގެ ރައީސް އެމަނުއަލް މެކްރޯން ޓީވީއަށް އިންޓަރވިއު ދެއްވަނީ

ފަރަންސޭސީވިލާތުގެ ރައީސް އެމަނުއަލް މެކްރޯން ޓީވީއަށް އިންޓަރވިއު ދެއްވަނީ

ސޫރިޔާގައި ހަރަކާތްތެރިވާ އެމެރިކާގެ ދެހާހެއްހާ ސިފައިން އެޤައުމުން ނުބޭލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވިސްނަވައިދެއްވިކަމަށް ފަރަންސޭސީވިލާތުގެ ރައީސް އެމަނުއަލް މެކްރޯން ވިދާޅުވެއްޖެއެވެ.

ސޫރިޔާގެ ރައީސް ބައްޝާރުލް އައްސަދުގެ ސަރުކާރުން ކެމިކަލް ހަތިޔާރު ރައްކާކުރާކަމަށް ތުހުމަތުކުރެވޭ މަރުކަޒުތަކަށް، ހަފްތާ ބަންދުގެ ތެރޭގައި އެމެރިކާއާއި އިނގިރޭސިވިލާތާއި ގުޅިގެން ފަރަންސޭސީވިލާތުން ވައިގެ ހަމަލާތައް ދިން ފަހުން ފުރަތަމަ ފަހަރަށް ދެއްވި ޓީވީ އިންޓަރވިއުގައި މެކްރޯން ވިދާޅުވީ ހަމަލާތައް ލިމިޓްކުރަންވެސް ޓްރަމްޕަށް ވިސްނަވައިދެއްވީ އޭނާކަމަށެވެ. އަދި އެހެން ހަދަން ޖެހުނީ ޓްވިޓަރ މެދުވެރިކޮށް ޓްރަމްޕް މާ ވަރުގަދަޔަށް ރަޝިޔާއަށާއި ސޫރިޔާއަށް އިންޒާރު ދެއްވަން ފެއްޓެވުމުންކަމަށް މެކްރޯން ވިދާޅުވިއެވެ.

އެމެރިކާ ސިފައިން ސޫރިޔާއިން ނުބޭލުމަށް ޓްރަމްޕަށް ދެންނެވިކަމަށް މެކްރޯން ވިދާޅުވެފައި މިވަނީ، އެމެރިކާ ސިފައިން ވަރަށް އަވަހަށް ސޫރިޔާއިން ފައިބާނެކަމަށް މިމަހުގެ ކުރީކޮޅު ޓްރަމްޕް ވިދާޅުވެފައިވަނިކޮށެވެ. އަދި ސޫރިޔާއަށް މިހަފްތާ ބަންދުގައި ދިން ހަމަލާތަކުގެ މައުލޫމާތު ހާމަކުރައްވަމުން ހުކުރު ދުވަހުގެ ރޭ ވެސް ޓްރަމްޕް ވަނީ އެމެރިކާ ސިފައިން ސޫރިޔާގައި ދާއިމަށް ނުތިބޭނެކަމަށް ވިދާޅުވެފައެވެ.

މެކްރޯންގެ ވާހަކަފުޅާއި ގުޅިގެން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ތަރުޖަމާނު ސާރާ ހަކަބީ ސެންޑަރސް ވިދާޅުވީ އެމެރިކާގެ މިޝަންއަށް ބަދަލެއް ނާންނަކަމަށާއި، ވީހާވެސް އަވަހަކަށް އެމެރިކާގެ ފައުޖުތައް އަނބުރާ ގެނައުމަކީ އެމެރިކާގެ ވިސްނުންކަމަށެވެ. އެހެންނަމަވެސް ސޫރިޔާގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިން އެއްކޮށް ނެތިކޮށްލުމަކީ އެމެރިކާގެ އަމާޒުކަމަށް ސާރާ ވިދާޅުވިއެވެ.

އެމެރިކާގެ ސިފައިން އިރުމަތީ ސޫރިޔާގައި ހަރަކާތްތެރިވަމުން ދަނީ އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިންނާއި ދެކޮޅަށް ހަނގުރާމަކުރަމުންދާ ސީރިއަން ޑިމޮކްރެޓިކް ފޯސަސްއަށް ތަމްރީނުދިނުމަށާއި، އެމީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ސީރިއަން ޑިމޮކްރެޓިކް ފޯސަސް އަކީ ކުރުދީ އަދި ޢަރަބި ހަނގުރާމަވެރިންގެ މައްޗަށް އެކުލެވޭ ހަނގުރާމަވެރި އިއްތިޙާދެކެވެ.

ހަމަލާތަކުގެ ކުރިން ވަރަށް ގިނަ ފަހަރަށް ޓްރަމްޕާއި މެކްރޯން ފޯނުން ވާހަކަ ދެއްކެވިއިރު، މެކްރޯން އަކީ ހުޅަނގު ޔޫރަޕްގެ ވެރިންގެ ތެރެއިން ޓްރަމްޕާއި އެންމެ ގާތް ލީޑަރެވެ. އަދި ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއަށް "ސްޓޭޓް ވިޒިޓެއް" ކުރައްވާ ފުރަތަމަ ލީޑަރަށް މެކްރޯން މިމަހު ވެވަޑައިގަންނަވާނެއެވެ. ޓްރަމްޕް ވަނީ މިދިޔަ އަހަރު ފަރަންސޭސީވިލާތުގެ ޤައުމީ ދުވަހުގެ ޕެރޭޑްގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

އާދިއްތަ ދުވަހު ފަރަންސޭސީ ރައީސް އެމަނުއަލް މެކްރޯން ބީ.އެފް.އެމް.ޓީ.ވީ އަށް ދެއްވި އިންޓަރވިއު 3 ގަޑިއިރަށް ދިގުދެމިގެން ދިޔައެވެ. އަދި އިންޓަރވިއު އާއި ގުޅޭ ހޭޝް ޓެގްތައް ޓްވިޓަރގައި އާދިއްތަ ދުވަހު ވައިރަލްވިއެވެ.

އަނެއްކޮޅުން ހޯމަ ދުވަހު ސޫރިޔާގެ ރައީސް ބައްޝާރުލް އައްސަދުގެ ސަރުކާރާއި ގުޅުން އޮންނަ ރަޝިޔާގެ ކުންފުނިތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމަށް އެމެރިކާއިން އދ އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ނިކީ ހޭލީ އާދިއްތަ ދުވަހު ވަނީ ވިދާޅުވެފައެވެ. އަދި ބައްޝާރުލް އައްސަދާއިއެކު ސީދާ ވާހަކަތައް ނުބާއްވާނެކަމަށް އެކަަމަނާ ވިދާޅުވިއެވެ.

ސޫރިޔާއިން އިތުރު ކެމިކަލް ހަމަލާއެއް ދީފިނަމަ އަނެއްކާވެސް ހަމަލާދޭން އެމެރިކާ ތައްޔާރަށް އޮތްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށް، މިވަގުތު އިތުރު ހަމަލާއެއް ނުދޭނެކަމަށާއި، އެހެން ނަމަވެސް ސޫރިޔާއިން އިތުރު ކެމިކަލް ހަމަލާއެއް ދީފިނަމަ ރައްދު ހަމަލާ ދޭނެކަމަށް އިނގިރޭސި ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަންވެސް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
23 ޖެނުއަރީ 2017

ތާލިބާނުން ޑޮަނަލްޑް ޓްރަމްޕަށް އިންޒާރު ދީފި

23 ޖެނުއަރީ 2017
ތާލިބާނުން ޑޮަނަލްޑް ޓްރަމްޕަށް އިންޒާރު ދީފި
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް