Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސޫރިޔާ ކެމިކަލް ހަމަލާ

އެމެރިކާ އަދިވެސް އޮތީ ހަމަލާ ދޭން ތައްޔާރަށް: ޓްރަމްޕް

ހަމަލާތައް ކުށްވެރިކުރަން ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 15 އެޕްރީލު 2018 | އާދީއްތަ 10:53
ސޫރިޔާއަށް ހަމަލާދިނުމަށް ބޭނުންކުރި ހަނގުރާމަމަތީ ޖެޓެއް

ސޫރިޔާއަށް ހަމަލާދިނުމަށް ބޭނުންކުރި ހަނގުރާމަމަތީ ޖެޓެއް

ސޫރިޔާ ސަރުކާރުން ކެމިކަލް ހަތިޔާރު ބޭނުން ކޮށްގެން ހަމަލާއެއް ދީފިނަމަ އަނެއްކާ ވެސް ހަމަލާދޭން ތައްޔާރަށް އޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފިއެވެ.

ހުކުރު ދުވަހުގެ ރޭގަނޑު އެމެރިކާ އިސްވެ އޮވެ ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތް ގުޅިގެން ސޫރިޔާގެ 3 ސަރަހައްދަކަށް ދިން ހަމަލާތަކާއި ގުޅިގެން ރަޝިޔާގެ އެދުމަކަށް ހޮނިހިރު ދުވަހު ބޭއްވި އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކީ ހޭލީ ވިދާޅުވީ ސޫރިޔާ ސަރުކާރުން ވިހަ ގޭސް އަނެއްކާ ވެސް ބޭނުން ކޮށްފިއްޔާ ހަމަލާ ދިނުމަށް އެމެރިކާ އޮތީ ތައްޔާރީ ޙާލަތުގައި ކަމަށް ރައީސް ޓްރަމްޕް ވިދާޅުވި ކަމަށެވެ.

ހޭލީ ވިދާޅުވީ އެމެރިކާގެ ރައީސް ރަތް ރޮނގެއް ކުރެއްސެވިއްޔާ، އެ ރަތް ރޮނގު ހުރަސް ކުރުމުން އެކަމާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ޑިޕްލޮމެސީގެ ތެރެއިން ކަންކަން ހައްލުކުުރުމަށް އެމެރިކާ އާއި އެޤައުމުގެ ރަހުމަތްތެރިން ކިތަންމެ ފަހަރަކު މަސައްކަތްކުރި ކަމަށާއި، އެހެން ނަމަވެސް އެޤައުމުތަކުން ހުށަހަޅާ ޤަރާރުތައް ރަޝިޔާއިން ބްލޮކްކުރަމުންދާ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ހަމަތައް މުގުރާލުމަށް ރަޝިޔާއަށް ފުރުސަތު ދީގެން، ކެމިކަލް ހަމަލާތައް ދޭ މަންޒަރު ބަލަން ނުތިބެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމަލާތައް ކުށްވެރި ކުރުމަށް އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައިގެން ރަޝިޔާއިން ފާސްކުރަން އުޅުނު ޤަރާރު ފާސްވެފައެއް ނުވެއެވެ. ރަޝިޔާގެ ޤަރާރާއި އެއްކޮޅަށް ވޯޓު ދިނީ ހަމައެކަނި ޗައިނާ އާއި ބޮލީވިއާއެވެ. ސަލާމަތީ މަޖިލީހަކީ 15 މެމްބަރު ޤައުމުގެ މައްޗަށް އެކުލެވޭ، އދގެ އެންމެ ބާރުގަދަ ގުނަވަނެވެ.

ރަޝިޔާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވެސެލީ ނެބެންޒިއާ ވިދާޅުވީ ހުޅަނގުގެ ޤައުމުތަކުން ސޫރިޔާއަށް ހަމަލާދިނީ ހަމަހަޤީގަތުގައި ވެސް ކެމިކަލް ހަމަލާއެއް ދިންކަމުގެ ހެކި ނެތި ކަމަށާއި، ހަމަލާއެއް ދިންތޯ ތަހުލީލު ކުރާ ޓީމުތަކުން އެޓީމުގެ ނަތީޖާތައް ނުނެރެނީސް ކަމަށެވެ. އޯގަނައިޒޭޝަން ފޮރ ދަ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސްގެ އޮފިޝަލުން ދިމިޝްޤަށް ގޮސްފައިވާއިރު، ހަފްތާ ބަންދުގެ ތެރޭގައި ހަމަލާދިން ރަށް ކަމަށްވާ އިރުމަތީ ޣޫތާގެ ދޫމާއަށް އޮފިޝަލުން ދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރަޝިޔާއިން ތުހުމަތުކުރާ ގޮތުގައި އެމެރިކާ، ފަރަންސޭސީ ވިލާތް އަދި އިނގިރޭސިވިލާތުން ވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފުވެފައެވެ. ރަޝިޔާގެ ރައީސް ބައްޝާރުލް އައްސަދުގެ ސަރުކާރަށް މަދަދުވެރިޔާ ބައިނަލްއަޤްވާމީ ހަމައެކަނި ބައިވެރިއަކީ ރަޝިޔާއެވެ.

ސޫރިޔާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ބަޝާރް ޖާފަރީ ވިދާޅުވީ އެމެރިކާ، ފަރަންސޭސީ ވިލާތް އަދި އިނގިރޭސިވިލާތަކީ ދޮގު ހަދާ ޤައުމުތަކެއް ކަމަށާއި، އދގެ ތެރެއިން އެޤައުމުތައް މަސައްކަތް ކުރަނީ ސޫރިޔާގެ ދާޚިލީ ކަންކަމާއި ބެހި، އިސްތިއުމާރީ ބާރު ފަތުރަން ކަމަށެވެ.

ހޮނިހިރު ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ 'މިޝަން އެކޮމްޕްލިޝްޑް' ލިޔުއްވާފައި ޓްވީޓެއް ކުރައްވާފައެވެ. އެހެން ނަމަވެސް 2003ވަނަ އަހަރު އިރާޤަށް އެމެރިކާ ސިފައިން އެރިތާ 6 ހަފްތާ ފަހުން އޭރުގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް ވެސް ހަމަ އެހެން ވިދާޅުވި ނަމަވެސް، މިއަދާއި ހަމަޔަށް އައި އިރު ވެސް، އަދިވެސް އިރާޤު ހަނގުރާމަ އެއްކޮށް ނިމިފައިނުވާކަން ގިނަ މުހައްލިލުން ގެންދަވަނީ ފާހަގަ ކުރައްވަމުންނެވެ.

ސޫރިޔާ ސިފައިން މިހާރުވަނީ ކުރިން ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް އިރުމަތީ ޣޫތާ އެއްކޮށް ސަރުކާރު ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައެވެ. އަދި ކެމިކަލް ހަމަލާއެއް ދިންތޯ ބަލަން ތަޖުރިބާކާރުންނަށް މިހާރު ޣޫތާގެ ދޫމާއަށް ވަދެވޭނެ ފަދަ މާހައުލެއް ޤާއިމްކޮށްފައިވާ ކަމަށް ސޫރިޔާ ސަރުކާރުން ބުނެއެވެ.

ސޫރިޔާގެ ބޮޑުބައެއް ސަރުކާރު ސިފައިންގެ ބާރުގެ ދަށަށް ގެނެވިފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް، ހޮނިހިރު ދުވަހު ޙަލަބުގެ ދެކުނުގަޔާއި ފުރާތު ކޯރުގެ އައްސޭރީގައިވާ ދާއިރުއްޒޫރުގައި ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރެވުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު