Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލަލީގާ

ސްޕެނިޝް ލަލީގާ: ބަލިނުވުމުގެ ރެކޯޑު ބާސާއިން މުގުރާލައިފި

15 އެޕްރީލު 2018 | އާދީއްތަ 03:15

ވެލެންސިއާ އާއި ދެކޮޅަށް ކުޅުނު މެޗު ބާސާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 15 އެޕްރީލު 2018 | އާދީއްތަ 03:15
ބާސާ އަދި ވެލެންސިއާ ކުޅުނު މެޗުގެ ތެރެއިން

ބާސާ އަދި ވެލެންސިއާ ކުޅުނު މެޗުގެ ތެރެއިން

ސްޕެނިޝް ލަލީގާގައި ވެލެންސިއާ އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ބާސެލޯނާއިން ރެއާލް ސޮސިއެޑާޑްގެ ރެކޯޑު މުގުރާލައިފިއެވެ.

އަމިއްލަ ދަނޑުގައި ވެލެންސިއާ އާއި ދެކޮޅަށް ކުޅުނު މެޗު ބާސާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިދިޔަ ހަފްތާގައި ރޯމާ އަތުން ބަލިވެ ޗެމްޕިއަންސް ލީގުން ކެޓި ބާސެލޯނާގެ ޓީމުން ދެ ބަދަލެއް ފެނިގެންދިޔައިރު އަނިޔާގެ ސަބަބުން އިވާން ރަކިޓިޗް މި މެޗުގައި ކުޅެފައެއް ނުވެއެވެ. ހަމައެހެންމެ ނެލްސަން ސެމޭޑޯވެސް މި މެޗުގައި ފެނިގެންނުދިޔައިރު އެ ކުޅުންތެރިންގެ ބަދަލުގައި މި މެޗުގައި ފެނިގެންދިޔައީ ފިލިޕޭ ކުޓީނިއޯ އަދި ޕައުލީނިއޯއެވެ. ހަމައެހެންމެ ވެލެންސިއާގެ ޓީމުން ވެސް ވަނީ ދެ ބަދަލެއް ފެނިގެންގޮސްފައެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ދެ ޓީމުން ވެސް ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބާސާއިންނެވެ. މި ލަނޑު މެޗުގެ 15 ވަނަ މިނެޓުގައި ފިލިޕޭ ކުޓީނިއޯ ދިން ބޯޅައަކުން އެ ޓީމަށް ލީޑު ނަގައިދިނީ ލުއިސް ސުއަރޭޒްއެވެ. މި ލަނޑަށްފަހު ބާސާއިން އެ ޓީމުގެ ކުޅުން ވަރުގަދަކުރިއިރު ވެލެންސިއާއިން ވަނީ ފަހަތަށް ޖެހި ޑިފެންސް ކުރުމަށް މަސައްކަތްތަކެއް ކޮށްފައެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ބާސާއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް ފުރަތަމަ ހާފެކޭ އެއްގޮތަށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ބާސާއިން އުފައްދަމުންދިޔަ ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން އެ ޓީމުން ވަނީ މެޗުގެ 51 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. ކުޓީނިއޯ ނަގައިދިން ކޯނަރަކުން އެ ޓީމަށް ލީޑު ފުޅާކޮށްދިނީ އެ ޓީމުގެ ޑިފެންޑަރު ސެމުއެލް އުމްޓީޓީއެވެ. މި ލަނޑަށްފަހު ވެލެންސިއާއިން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު އެ ޓީމަށް ވަނީ މެޗުގެ 85 ވަނަ މިނެޓުގައި ޕެނަލްޓީއެއް ލިބިފައެވެ. ޑެނީ ޕަރޭހޯ ވަނީ މި ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައިގެން ވެލެންސިއާއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

މި މެޗާއެކު ބާސާއިން ވަނީ ބަލިނުވެ 39 މެޗު ސްޕެނިޝް ލަލީގާގައި ހަމަކޮށްފައެވެ. އެ ޓީމާ އެއް އަދަދަކަށް އެހެން އެއްވެސް ޓީމަކަށް މި އަދަދަށް މެޗު ހަމަކުރެވިފައެއް ނުވެއެވެ. ހަމައެހެންމެ މި ސީޒަނުގައި ލަލީގާގައި ކުޅުނު އެއްވެސް މެޗަކުން ބާސާ ބަލިވެފައިނުވާއިރު އެ ޓީމުން ވަނީ 1980 ވަނަ އަހަރު ރެއާލް ސޮސިއެޑާޑްއިން ގާއިމުކޮށްފައިވާ ރެކޯޑާއި އަރާހަމަކޮށްފައެވެ.

ސްޕެނިޝް ލަލީގާގައި ކުޅުނު 32 މެޗުން ލިބުނު 82 ޕޮއިންޓާއެކު އެއްވަނައިގައި ބާސާ އޮތްއިރު 65 ޕޮއިންޓާއެކު ވެލެންސިއާ އޮތީ ތިންވަނައިގައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

13 މާރިޗު 2017

ސްޕެނިޝް ލީގުގައި ރެއާލަށް ދެ ޕޮއިންޓްގެ ލީޑެއް

13 މާރިޗު 2017
ސްޕެނިޝް ލީގުގައި ރެއާލަށް ދެ ޕޮއިންޓްގެ ލީޑެއް
07 މާރިޗު 2017

ރެކޯޑު އަދަދަކަށް ޓީމުތައް ހިމަނައިގެން އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް ފަށަނީ

07 މާރިޗު 2017
ރެކޯޑު އަދަދަކަށް ޓީމުތައް ހިމަނައިގެން އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް ފަށަނީ
05 މާރިޗު 2017

ސްޕެނިޝް ލަލީގާ: ބޮޑުތަފާތަކުން ބާސާ އަދި ރެއާލް މޮޅުވެ މަގާމު ދަމަހައްޓައިފި

05 މާރިޗު 2017
ސްޕެނިޝް ލަލީގާ: ބޮޑުތަފާތަކުން ބާސާ އަދި ރެއާލް މޮޅުވެ މަގާމު ދަމަހައްޓައިފި
02 މާރިޗު 2017

ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް

02 މާރިޗު 2017
ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް
23 ފެބުރުއަރީ 2017

ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

23 ފެބުރުއަރީ 2017
ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް
19 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި
12 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި
05 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
28 ޖެނުއަރީ 2017

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް