Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިދިކޮޅު ހަރަކާތް

ތޮއްޑޫ ރައްޔިތުން ދިން ސަޔާއެކު އިދިކޮޅު ހަރަކާތް 'ކައްކުވާލައިފި'

ރައީސް ޔާމިނަށް ތޮއްޑޫ ދާއިރާއަކު ތާއީދެެއް ނެތް ކަމަށް ދާއިރާ މެމްބަރު ވިދާޅުވި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 13 އެޕްރީލު 2018 | ހުކުރު 14:20
މިއަދުގެ އެއްވުމުގެ ތެރެއަށް ތޮއްޑޫގެރައްޔިތުންގެ ބަޔަކު ހަދިޔާ ހިފައިގެން އައިސް ގުޅޭނީ

މިއަދުގެ އެއްވުމުގެ ތެރެއަށް ތޮއްޑޫގެރައްޔިތުންގެ ބަޔަކު ހަދިޔާ ހިފައިގެން އައިސް ގުޅޭނީ

އއ.ތޮއްޑޫ ރައްޔިތުންގެ ފަރާތުން ގެނައި ހަވީރުގެ ސަޔާއެކު އިދިކޮޅު ފަރާތްތަކުން މިއަދު( ހުކުރު) ދުވަހު ބޭއްވި އެއްވުމަށް ފޯރިގެނުވައި އެއްވުމުގެ ބައިވެރިން ކައްކުވާލައިފި އެވެ.

ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު އެމްޑީޕީ ހަރުގެ ކުރިމަތީ ބާއްވާ އެއްވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއިދުކުރާ ތޮއްޑޫގެ ރައްޔިތުންގެ ބަޔަކު ހަދިޔާ ފޮށިގަނޑުތަކާއެކު އެ ސަރައްދަށް ދިއުމުން އެމީހުންނަށް މަރުހަބާ ކިޔާފައިވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ.

Advertisement - newsAdvertisement

މި އެއްވުމުގައި ވާހަކަ ދެއްކެވި ތޮއްޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް ހުސެއިން ވަނީ ތޮއްޑޫ ރައްޔިތުން ދައްކަދިން ނަމޫނާއަށް ޝުކުރު އަދާކުރައްވައި، އެހެން ރަށްތަކުންވެސް އެ ފޯރި ގެނައުމަށް އެދިވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ ތޮއްޑޫ ދާއިރާގައި ރައީސް ޔާމިނަކަށް ތާއީދެއް ނެތް ކަމަށާއި އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެ ދާއިރާ އޮތީ ކެތްމަދުވެފައި ކަމަށެވެ. އޭގެ އިތުރުންވެސް ރައީސް އަބްދުﷲ ޔާމިންގެ ވެރިކަން ނިމުމަކަށް ގެންނެވޭނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫން ކަމަށާއި އަދި އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ކަންކަމުގެ އަދަބަކީ ޖަލު ކަމަށް އޭނާ ވިދާޅުވި އެވެ.

ތޮއްޑޫއިން ގެނައި ހަދިޔާފޮށިތައް ކައިިރި ހަސަން ލަތީފު މަޑުކޮށްލައިގެން

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ ތޮއްޑޫގެ ރައްޔިތުން ގެނައި ސަޔަށް ޝުކުރު އަދާކުރާ ކަމަށާއި މާލެ ނައިނަމަވެސް އެހެން ރަށްތަކުގައިވެސް ސައިގެ ހަރަކާތްތައް ކުރިއަށް ގެންގޮސް އިދިކޮޅު ފަރާތްތަކާއެކު ތިބިކަން ދައްކަދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. ކުރިއަށް އޮތް ރޯދަމަހު އަޅުކަންތަކަށް އިސްކަންދިނުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ. ހަމަ އެހެންމެ އެކި ހަރަކާތްތައް ކުރިއަށް އޮތްތަނުގައިވެސް ރާވަމުންދާނެ ކަމަށާއި ރިޔާސީ އިންތިހާބާ ހިސާބަށް އަންނައިރު ރައީސް އަބްދުﷲ ޔާމިނަށް އެެ އިންތިހާބުގައި ބައިވެރިނުވޭނެ ގޮތަށް އިންތިހާބު ބޭއްވޭނެ ކަމަށްވެސް ހަސަން ލަތީފު ވިދާޅުވި އެވެ.

މި އެއްވުމުގައި ވާހަކަ ދެއްކެވި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ސަމީރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަން މިނިވަންކޮށް ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރު ބަދަލުކުރުމަށްފަހު މެނުވީ އިންތިހާބު ނުބާއްވާނެ ކަމަށާއި އެ މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ފަރާތުން ރިޔާސީ ކެނޑިޑޭޓެއް ހުރީ ނިކުންނަވަން ތައްޔާރަށް ކަމަށާއި އެކަމާމެދު ހިލާފެއް ނެތް ކަމަށް ސަމީރު ވިދާޅުވިއެވެ.

މި ހަދިޔާ ގެނައި ތޮއްޑޫގެ ރައްޔިތުން ބުނީ މިއީ އިދިކޮޅުފަރާތްތަކާއެކު ތޮއްޑޫގެ ރައްޔިތުން ތިބިކަން ސާބިތުކޮށްދިނުމަށް ދިން ހަދިޔާއެއް ކަމަށާއި އެއީ ވަރަށް ގިނަ ބައެއްގެ ބައިވެރިވުމާއެކު ތައްޔާރުކުރި އެއްޗެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު