Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނަރވް އެޖެންޓް ހަމަލާ

ނަރވް އެޖެންޓް ހަމަލާ: ރަޝިއާގެ އެހީތެރިކަން ޔޫލިއާ ބޭނުމެއް ނުވި

ޔޫލިއާ ހޮސްޕިޓަލުން ދޫކޮށްލާފައި ވަނީ ހޯމަދުވަހު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 12 އެޕްރީލު 2018 | ބުރާސްފަތި 09:43
ނަރވް އެޖެންޓް ހަމަލާ ދިނީ މާޗް މަހުގެ 4 ވަނަ ދުވަހު

ނަރވް އެޖެންޓް ހަމަލާ ދިނީ މާޗް މަހުގެ 4 ވަނަ ދުވަހު

އިނގިރޭސިވިލާތުގެ ސެލިސްބަރީގައި މިދިޔަ މާޗް މަހު ބަޔަކު ނަރވް އެޖެންޓް ބޭނުންކޮށްގެން ޙަމަލާ ދިން ރަޝިޔާގެ ޖާސޫސީ އިދާރާގެ ކުރީގެ އޮފިޝަލެއް ކަމަށްވާ ސަރްގޭ ސްކްރިޕާލްގެ ދަރިފުޅު ޔޫލިއާ ސްކްރިޕާލް ރަޝީއާގެ އެހީތެރިކަން "މިވަގުތައް" ބޭނުން ނޫން ކަމަށް އޭނާ ބުނެފިއެވެ.

އުމުރުން 33 އަހަރުގެ ޔޫލިއާ ހޮސްޕިޓަލުން ދޫކޮށްލާފައި ވަނީ ހޯމަދުވަހުއެވެ. އޭނާގެ ބައްޕަ އަދިވެސް "ވަރަށް ބަލި" ކަމަށް އޭނާ ބުންޏެވެ.

ފުލުހުން މެދުވެރިކޮށް ނެރެފައިވާ ބަޔާނެއްގައި އޭނާ ބުނީ މީޑިއާ އިންޓަވިއުއެއް ދެވޭ ވަރަށް ވުރެ އޭނާ މިވަގުތު ބަލި ކަމަށާއި ނަމަވެސް "އޭނާއަށްޓަކައި ނުވަތަ އޭނާގެ ބައްޕައަށްޓަކައި އެއްވެސް މީހަކު ވާހަކަ ނުދައްކާ" ކަމަށެވެ.

ރަޝިއާ އެމްބަސީން ވަނީ އެއީ ޔޫލިއާ ނެރެފައިވާ ބަޔާނެއް ކަމާ މެދު ސުވާލު އުފައްދާފައެވެ.

މާޗު މަހުގެ 4 ވަނަ ދުވަހު އެ ދެ މީހުން ބެންޗެއްގެ މަތީގައި ހޭނެތިފައި ތިއްބާ ފެނުމާ އެކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިއިރު، އެމީހުންނަށް ހަމަލާދީފައި ވަނީ ނޮވިޗޮކް ކިޔާ ނަރވް އެޖެންޓެއް ބޭނުންކޮށްގެންނެވެ.

ސްކްރިޕާލްއަކީ ރަޝިޔާގެ ޖާސޫސީ އިދާރާގައި ކުރިން މަސައްކަތްކުރި އިސް މުވައްޒަފެކެވެ. އެހެން ނަމަވެސް އިނގިރޭސިވިލާތަށް ޖާސޫސުކޮށްދިންކަމުގެ ތުހުމަތުކުގައި އޭނާ ރަޝިޔާގައި ޖަލަށް ލެވުނެވެ. އަދި ޖަލުން މިނިވަންވުމާ އެކު އޭނާ ދިރިއުޅެމުން ދިޔައީ އިނގިރޭސިވިލާތުގައެވެ

މިޙަމަލާގެ ފަހަތުގައި ވަނީ ރަޝިޔާގެ ސަރުކާރު ކަމަށް އިނގިރޭސި ސަރުކާރުން ތުހުމަތުކުރި ނަމަވެސް، މޮސްކޯ އިން އެކަން ދޮގުކުރެއެވެ.

ޔޫލިއާގެ ބަޔާނުގައި އޭނާ ބުނެފައި ވަނީ އޭނާއަށް އޭނާގެ ނަފްސު މިހާރު ފެންނަނީ މީގެ މަހެއް ކުރިން ފެނުނު ގޮތާ ތަފާތުކޮށް ކަމަށެވެ.

"އަހަންށް އެބަތިބި ޚާއްސަ ތަމްރީނު ލިބިފައިވާ އޮފިސަރުން ދީފައި، އެމީހުންދަނީ އަހަންނަށް އަޅާލައި ތަހުގީގު ކުރިޔަށްދާ ގޮތް ކިޔައިދެމުން،" މިހާރު ރައްކާތެރި ތަނަކަށް ބަދަލު ކުރެވިފައިވާ ޔޫލިއާގެ ބަޔާނުގައި ބުނެފައި ވެއެވެ.

އޭނާ ބުނެފައި ވަނީ އާއިލާ އާއީ ރައްޓެހިންނާ ވެސް ބައްދަލު ކުރެވޭ ކަމަށެވެ. އަދި ރަޝިއާ އެމްބަސީގެ ފަރާތުން އޭނާއާ ބައްދަލުކޮށް އޭނާއަށް އެހީތެރިކަން ހުށަހެޅި މީހާ އެނގޭ ކަމަށް ވެސް ބުނެފައިވެއެވެ.

"މިވަގުތު އެމީހުންގެ ޚިދުމަތަކަށް ބޭނުމެއް ނޫން، އެކަމަކު އަހަރެންގެ ވިސްނުން ބަދަލުވެއްޖެ ނަމަ އެމީހުންނާ ގުޅޭނެ ގޮތް އެނގޭ"

ރަޝި އާއިން ބުނީ އެ ބަޔާނުން އެނގިގެންދަނީ ރަޝިއާގެ ރައްޔިތަކު ގަދަކަމުން އެކަހެރިކޮށްފައި ހުރުން ކަމަށެވެ. އަދި ރަޝިއާ އިން ވަނީ ޔޫލިއާ ހުރީ އޭނާގެ ފުރިހަމަ މިނިވަންކަމުގައި ކަމުގެ ހެކި ވަގުތުން ދެއްކުމަށް ގޮވާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު