Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕައުލް ޕޮގްބާ

ޔުނައިޓެޑްގެ އެންމެ މުހިންމު ކުޅުންތެރިޔާއަށް ޕޮގްބާ ވާންޖެހޭ

11 އެޕްރީލު 2018 | ބުދަ 12:39

ޕޮގްބާ ކުޅެނީ ޓީމުގެ އެންމެ މުހިންމު މަގާމަށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 11 އެޕްރީލު 2018 | ބުދަ 12:39
ޕައުލް ޕޮގްބާ

ޕައުލް ޕޮގްބާ

މެންޗެސްޓާ ޔުނައިޓެޑްގެ އެންމެ މުހިންމު ކުޅުންތެރިޔާއަށް ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ވާންޖެހޭ ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ސާބިއާގެ މިޑްފީލްޑަރު ނެމެންޔާ މަޓިޗް ބުނެފިއެވެ.

ޔުވެންޓަސް ދޫކޮށް 2016 ވަނަ އަހަރު އޭރުގެ ރެކޯޑު ފީއެއް ކަމަށްވާ 89 މިލިއަން ޕައުންޑަށް ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ޕޮގްބާއަށް ޔުނައިޓެޑްގައި އެންމެ އެދެވޭ ކުޅުން ދެއްކިފައެއް ނުވެއެވެ. އޭނާގެ ހުނަރާ މެދު މީހުން ސުވާލު ނުއުފެއްދި ނަމަވެސް އެއްވަރެއްގައި ކުޅުމުގެ ފެންވަރު އޭނާއަށް ނުހިފެހެއްޓުމާ އެކު އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ. އެހެން ނަމަވެސް ޔުނައިޓެޑް އެންމެ ފަހުން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ޕޮގްބާ ދެއްކި މޮޅު ކުޅުމާއެކު އޭނާއަށް އަންނަނީ ގިނަ ބައެއްގެ ތައުރީފް އޮހެމުންނެވެ.

ޔުނައިޓެޑްގެ ރަސްމީ ޓީވީ ޗެނަލާ ވާހަކަ ދައްކަމުން މަޓިޗް ބުނީ ޕޮގްބާ ކުޅެނީ ޓީމުގެ އެންމެ މުހިންމު މަގާމަށް ކަމަށާއި އެހެންކަމުން އޭނާއަކީ އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާއަށް ވާންޖެހޭ ކަމަށެވެ. ހަމައެހެންމެ އެ މަގާމުގެ ޒިންމާ އޭނާ ނަގަން ޖެހޭ ކަމަށާއި އެހެން ނަމަވެސް މި ސީޒަނުގައި އޭނާއަށް ދިމާވި އަނިޔާގެ މައްސަލަތަކުގެ ސަބަބުން އޭނާގެ ކުޅުން ވަރަށް ބޮޑަށް ދަށްވެގެންދިޔަކަން ގަބޫލުކުރަން ޖެހޭ ކަމަށް މަޓިޗް ބުނެފައިވެއެވެ.

މަޓިޗް ބުނީ ޔުނައިޓެޑަށް ކުޅޭ ކޮންމެ ކުޅުންތެރިއެއްގެ ފަރާތުން ވެސް އެންމެ މޮޅު ކުޅުން ފެންނަން އަބަދުވެސް މީހުން ބޭނުންވާ ކަމަށާއި ދުނިޔޭގެ އެންމެ މަޝްހޫރު ޓީމަކަށް ކުޅޭއިރު ކަންކަން ހިނގާނީ އެގޮތަށް ކަމަށެވެ. ޕޮގްބާއަކީ އަދިވެސް ޒުވާން ކުޅުންތެރިއެއް ކަމަށާއި އެހެންކަމުން އޭނާގެ ފަރާތުން މިހާރު ފެންނަމުންދާ ގޯސްތައް އޭނައަށް ރަނގަޅު ކުރެވޭނެ ކަމަށް މަޓިޗް ބުނެފައިވެއެވެ. އޭނާ ބުނީ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު 10 މިނެޓު ބެލި ކޮންމެ މީހަކަށް ވެސް ޕޮގްބާގެ ފެންވަރު ފެންނާނެ ކަމަށާއި ޓީމު މޮޅު ކުރުމަށް ޕޮގްބާ ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ.

ޕޮގްބާ އެ މެޗުގައި ޔުނައިޓެޑަށް ދެ ލަނޑު ޖަހައިދިން އިރު ފަހަތުން އަރައި ޔުނައިޓެޑުން އެ މެޗު ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. އެ މެޗު ސިޓީ އިން ކާމިޔާބުކުރި ނަމަ އެ ޓީމަށް ޕްރިމިއާ ލީގުގެ ތަށި ޔަގީންވެގެންދާނެއެވެ. އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެސް ލިބުނީ ޕޮގްބާ އަށެވެ. އެހެން ނަމަވެސް މަޓިޗް ވަނީ އެ ނިންމުމާ ދެކޮޅަށް ވާހަކަ ދައްކާފައެވެ.

މަޓިޗް ބުނީ އޭނާ ދެކޭ ގޮތުގައި އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވެން ޖެހޭނީ އެ މެޗުން ޔުނައިޓެޑް މޮޅުވި ލަނޑު ޖެހި ކްރިސް ސްމޯލިން ކަމަށެވެ. މަޓިޗް ބުނީ އެ މެޗަކީ ވަރަށް މުހިންމު މެޗެއް ކަމަށާއި ސަޕޯޓަރުންނަށް ދެވުނު ވަރަށް ބޮޑު ހަދިޔާއެއް ކަމަށެވެ. އޭނާ ބުނީ އެ މެޗުން ޔުނައިޓެޑަކީ ޝަރަފުވެރި ޓީމެއް ކަން އެންމެނަށް ވެސް ދައްކާލެވުނު ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

26 މާރިޗު 2017

އޮސްޓްރެލީއާގެ ތަރިންގެ ޓީމަކުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފި

26 މާރިޗު 2017
އޮސްޓްރެލީއާގެ ތަރިންގެ ޓީމަކުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފި
21 މާރިޗު 2017

ފާގަސަން އެނބުރި ޔުނައިޓެޑްގެ ބެންޗަށް!

21 މާރިޗު 2017
ފާގަސަން އެނބުރި ޔުނައިޓެޑްގެ ބެންޗަށް!
13 މާރިޗު 2017

މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ

13 މާރިޗު 2017
މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ
10 މާރިޗު 2017

މުހިންމު މެޗެއް މި ގެއްލުނީ، ޕްރެޝަރު އިތުރައް ބޮޑުވެއްޖެ: ސުޒެއިން

10 މާރިޗު 2017
މުހިންމު މެޗެއް މި ގެއްލުނީ، ޕްރެޝަރު އިތުރައް ބޮޑުވެއްޖެ: ސުޒެއިން
10 މާރިޗު 2017

ރޮސްޓޯވްއާ ޔުނައިޓެޑްގެ ފުރަތަމަ ކުރިމަތިލުން އެއްވަރު!

10 މާރިޗު 2017
ރޮސްޓޯވްއާ ޔުނައިޓެޑްގެ ފުރަތަމަ ކުރިމަތިލުން އެއްވަރު!
10 މާރިޗު 2017

މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް

10 މާރިޗު 2017
މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް
02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް