Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޭސީސީ

ވެމްކޯ ކުރީގެ މެނޭޖިންގ ޑިރެކްޓަރުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފި

މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކޮށް ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ޢަމަލު ކޮށްފައިވާކަން މި ތަހުގީގުގައި ފާހަގަ ކޮށްފައިވޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 11 އެޕްރީލު 2018 | ބުދަ 09:07
ވެމްކޯގެ ކުރީގެ އެމްޑީ އިބްރާހިމް ފުއާދު

ވެމްކޯގެ ކުރީގެ އެމްޑީ އިބްރާހިމް ފުއާދު

ކޮރަޕްޝަންގެ މައްސަލައެއްގައި ވެމްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފުއާދުގެ މައްޗަށްދައުވާ ކުރުމަށް އޭސީސީން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

ވެމްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ފުއާދުގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ލޭންޑިންގ ކްރާފްޓެއް ގަތުމަށް ސިންގަޕޫރުގެ ޕްރައިވެޓް ކުންފުންޏަކަށް ދިވެހިރާއްޖޭގެ ކުންފުންޏެއް ލޯކަލް އެޖެންޓުގެ ގޮތުގައި މެދުވެރިކޮށް، އެ ފަރާތުގެ ނަމުގައި އަގުގެ (850000.00 ޑޮލަރު) %30 ކަމުގައިވާ 255000.00 ޑޮލަރު ވެމްކޯގެ ޕްރޮކިއުމަންޓް ޕޮލިސީއާ ޚިލާފަށް ދައްކާފައިވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން ތަހުގީގުކުރުމަށްފަހުއެވެ.

އޭސީސީން މި މައްސަލަ ތަހުގީގު ކުރުމަށްފަހު ބުނެފައިވަނީ،ޕްރައިވެޓް ކުންފުންޏަކުން ވެމްކޯ އަށް ލޭންޑިން ކްރާފްޓެއް ފޯރުކޮށްދިނުމުގެ ޝައުޤުވެރިކަން ފާޅުކޮށް އެ ކުންފުނިން 12 ފެބްރުއަރީ 2017 ގައި ވެމްކޯގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ އަށް އެޑްރެސްކޮށް ފޮނުވާފައިވާ ޕްރޮޕޯސަލްއަކީ އޭރުގެ މެނޭޖިންގ ޑިރެކްޓަރ އެދިގެން ފޮނުވާފައިވާ ޕްރޮޕޯސަލްއެއް ކަމާއި މި ޕްރޮޕޯސަލްއާއި ސިޓީގައިވެސް ވެމްކޯގެ އެންޓްރީ ތައްގަނޑު ޖަހާފައިނުވާކަމާއި ރަސްމީއެއްވެސް ސިފައެއްގައި އެ ޕްރޮޕޯސަލް ވެމްކޯއަށް ލިބިފައިނުވާކަން ތަޙްޤީޤަށް އެނގޭކަމަށެވެ.

ވެމްކޯއަށް ލޭންޑިންގ ކްރާފްޓެއް ގަތުމަށް ޕްރައިވެޓް ކުންފުންޏަކުން ޕްރޮޕޯސަލް ހޯދާފައިވަނީ ވެމްކޯގެ ޕްރޮކިއުމަންޓް ޕޮލިސީއާއި ޕްރޮކިއުމަންޓް މެނުއަލްއާ ޚިލާފަށް ވެމްކޯގެ އެއްވެސް ޑިޕާޓްމަންޓެއްގެ ރިކުއެސްޓެއްނެތި އަދި އެ ލޭންޑިންގ ކްރާފްޓަކީ ކުންފުންޏަށް ބޭނުންވާ ލޭންޑިންގ ކްރާފްޓެއްކަން ނިންމައިގެންނޫންކަން އެނގޭކަމަށްވެސް އޭސީސީން ބުނެއެވެ.

ލޭންޑިން ކްރާފްޓެއް ގަންނަން ބޭނުންވެއްޖަނަމަ، އެކަމަށް އެދި ބޯޑަށް ހުށަހަޅަންޖެހެނީ ލޭންޑިންގ ކްރާފްޓް ބޭނުންވާ ޑިޕާޓްމަންޓުން ނުވަތަ އެ ލޭންޑިންގ ކްރާފްޓް ގަތުމަށްއެދި ލޮޖިސްޓިކްސް އެންޑް މެއިންޓަނަންސް ޑިޕާޓްމަންޓަށް ހުށަހެޅުމުން އެ ޑިޕާޓްމަންޓުންކަން މި މައްސަލައިގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުން އެނގޭއިރު، ވެމްކޯގެ ގައި ބޭއްވި ބޯޑު ބައްދަލުވުމަށް ޕްރައިވެޓް ކުންފުނީގެ ޕްރޮޕޯސަލްގައި ވިއްކުމަށް ހުށަހަޅާފައިވާ ލޭންޑިންގ ކްރާފްޓް ގަތުމަށް ހުށަހެޅީ ވެމްކޯގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރު ކަން ބޯޑު ބައްދަލުވުމުގެ އޯޑިއޯ ރެކޯޑިންގ އެނާލިސިސްއިންނާއި މި މައްސަލައިގެ ތަޙްޤީޤަށް ލިބިފައިވާ މައުލޫމާތުން އެނގެން އޮންނަކަމަށްވެސް އޭސީސީން ހާމަކުރެއެވެ.

ލޭންޑިންގ ކްރާފްޓް ގަތުމަށް ވެމްކޯގެ ބޯޑު ބައްދަލުވުމަށް، އޭރުގެ މެނޭޖިންގ ޑިރެކްޓަރ ހުށަހަޅާފައިވާ ޕްރޮޕޯސަލްއަކީ ވާދަވެރި ބިޑަކަށް ނުގޮސް އަދި އިމަޖެންސީ ރިކުއިޒިޝަނެއްވެސްނެތި އަދި ޙާއްސަ ޕްރެޖެކްޓެއްގެ ގޮތުގައިވެސް ކަނޑަނާޅައި، ވެމްކޯގެ ޕްރޮކިއުމަންޓް ޕޮލިސީއާއި ޕްރޮކިއުމަންޓް މެނުއަލްއާ ޚިލާފަށް ހޯދާފައިވާ ޕްރޮޕޯސަލްއެއްކަން އެނގެން އޮވެއެވެ.

އެ ލޭންޑިންގ ކްރާފްޓް ގަތުމަށް ވެމްކޯގެ ބޯޑު ބައްދަލުވުމުގައި ނިންމާފައިވާކަމާއި އެ ލޭންޑިންގ ކްރާފްޓް ގަތުމަށް ޕްރައިވެޓް ކުންފުންޏާއެކު ވެމްކޯއިން އެއްބަސްވުމެއް ވެފައިވާކަމާއި އެ އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކޮށްފައިވަނީ އޭރުގެ މެނޭޖިންގ ޑިރެކްޓަރު ފުއާދުކަން ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުންނާއި ސޮއި އެނާލިސިސް ރިޕޯޓުން އެނގެން އޮންނަކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ލޭންޑިންގ ކްރާފްޓް ގަތުމުގެ ކުރިން ސާރވޭ ރިޕޯޓެއް ތައްޔާރުކޮށްފައިވާ ކަމާއި ސާރވޭ ރިޕޯޓުގައި، ލޭންޑިންގ ކްރާފްޓްގެ ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވާއިރު، ރިޕޯޓުގައި ހުރި ކަންކަމާ ގުޅޭ ގޮތުން ވެމްކޯގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ ވެމްކޯގެ ބޯޑު މެންބަރުންގެ މަޝްވަރާ ހޯދާފައިނުވާ ކަމާއި، އޭރުގެ މެނޭޖިންގ ޑިރެކްޓަރ އެ ލޭންޑިންގ ކްރާފްޓް ގަތުމަށް އެއްބަސްވެ އެގްރީމަންޓުގައި ސޮއިކޮށްވަނީ އެ ލޭންޑިންގ ކްރާފްޓުގެ ހާލަތު ރަނގަޅަށް އެނގިހުރެކަން މި ތަޙްގީގުގައި ފާހަގަކޮށްފައިވެއެވެ.

ޓެކްނިކަލް އިވްލުއޭޝަނަށްފަހު އިވަލުއޭޝަން ރިޕޯޓް ވެމްކޯގެ ބޯޑަށް ހުށަހެޅުމަށްފަހު ލޭންޑިންގ ކްރާފްޓް ގަންނަން ވެމްކޯގެ ބޯޑުން ފާސްކޮސްގެންނޫނީ ލޭންޑިންގ ކްރާފްޓް ނުގަނެވޭނެކަން މައްސަލައިގެ ތަޙްޤީޤަށް ލިބިފައިވާ މައުލޫމާތުން އެނގެން އޮވެއެވެ. މީގެއިތުރުން، ލޭންޑިންގ ކްރާފްޓު ސަޕްލައި ކުރުމަށް ވެމްކޯ އިން ސޮއިކޮށްފައިވާ މި އެއްބަސްވުން އޭގެފަހުން އުވާލާފައިވާކަންވެސް ކޮމިޝަންގެ ތަޙްޤީޤަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގެން އޮވެއެވެ.

އެ ލޭންޑިންގ ކްރާފްޓުގެ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ޖުމުލަ އަގުގެ %30 (ތިރީސް އިންސައްތަ) އަށްވާ 3,932,100.00 (ތިން މިލިއަން ނުވަލައްކަ ބައްތިރީސްހާސް ސަތޭކަ) ރުފިޔާ އެއްބަސްވުމުގައިވާ ގޮތަށް ޕްރޮޕޯޒަލް ހުށަހަޅާފައިވާ ޕްރައިވެޓް ކުންފުނީގެ ލޯކަލް އެޖެންޓަށް ދީފައިވަނީ ވެމްކޯގެ ޕްރޮކިއުމަންޓު ޕޮލިސީއާ ޚިލާފަށެވެ. އަދި އެ ޕްރައިވެޓް ކުންފުނިން ވެމްކޯއަށް ހުށަހަޅާފައިވާ އެ ކުންފުނީގެ އިންވޮއިސްގައި، %30 (ތިރީސް އިންސައްތް) އެޑްވާންސް ޕޭމަންޓް އެޕްރޫވްކުރުމަށް އަތުލިޔުމުންލިޔެ ސޮއިކޮށްފައިވަނީ، އޭރުގެ މެނޭޖިންގ ޑިރެކްޓަރު ފުއާދު ކަން ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުންނާއި އޭރުގެ މެނޭޖިންގ ޑިރެކްޓަރގެ ސޮއިގެ އެނާލިސިސް ރިޕޯޓުން އެނގޭކަމަށް އޭސީސީގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

ޕްރައިވެޓް ކުންފުންޏަކުން ވެމްކޯ އަށް ލޭންޑިންގ ކްރާފްޓެއްގަތުމުގައި ވެމްކޯގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ވެމްކޯގެ ޕްރޮކިއުމަންޓް ޕޮލިސީއާ ޚިލާފަށް ޢަމަލުކޮށްފައިވާތީ އާއި އެ ޕްރައިވެޓް ކުންފުނިން ވެމްކޯއަށް ލޭންޑިންގ ކްރާފްޓެއް ގަތުމުގައި އޭރުގެ މެނޭޖިންގ ޑިރެކްޓަރ އިބުރާހިމް ފުއާދު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނަޖާއިޒު ފައިދާއެއް ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާކަން މި މައްސަލައިގެ ތަޙްޤީޤުން އެނގޭތީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު ނަންބަރު 13/2008 () ގެ 25 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން މިމައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު، ނަންބަރު 2/2000 () ގެ 12ވަނަ މާއްދާގެ (ހ) ދަށުން، ވެމްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމުގެކުށުގެ ދަޢުވާ ކުރުމަށާއި އެ ލޭންޑިންގ ކްރާފްޓުގެ އެޑްވާސް ޕޭމަންޓްގެ ގޮތުގައި ދީފައިވާ 3,932,100.00 (ތިން މިލިއަން ނުވަލައްކަ ބައްތިރީސްހާސް ސަތޭކަ) ރުފިޔާ، ވެމްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރގެ އަތުން ދައުލަތަށް އަނބުރާ ހޯދުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

މި މައްސަލައިގެ ތަޙްޤީޤަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ވެމްކޯގެ ކެޕިޓަލް އެކްސްޕެންޑިޗަރ ރިކުއިޒިޝަން ފޯމަކީ ވެމްކޯގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ ބުނެގެން ތައްޔާރުކޮށްފައިވާ ފޯމެއްކަމާއި އެހެންކަމުން އެ ފޯމަކީ، އެއްވެސް ޑިޕާޓްމަންޓެއްގެ ރިކުއެސްޓެއްނެތި ވެމްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރއަށް ލިބިފައިވާ ޕްރޮޕޯސަލްއެއް މެނޭޖިންގ ޑިރެކްޓަރ ވެމްކޯގެ ބޯޑަށް ހުށަހަޅައިގެން ގަންނަން ފާސްކޮށް އަދި އެ ލޭންޑިންގ ކްރާފްޓް ސާވޭކުރި ފަހުން ތައްޔާރުކޮށްފައިވާ ފޯމަކަށްވާތީ އެ ފޯމަކީ، ހަވާލާދީފައިވާ ލޭންޑިންގ ކްރާފްޓަކީ ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތަށް ގަންނަން ނިންމާފައިވާ ލޭންޑިންގ ކްރާފްޓެއްކަން ދެއްކުމަށް ތައްޔާރުކޮށްފައިވާ ފޯމެއްކަމަށް ތަޙްޤީޤަށް ބެލެވޭތީ، އެ ފޯމަކީ ފޯޖުކޮށްފައިވާ ލިޔުމެއްކަމަށް ބެލެވޭތީ، އެ މައްސަލަ ތަޙްޤީޤްކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ވަނީ ފޮނުވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު