Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސްކޭޓް ކުރާ ތުއްތު ޒާރާ

ސްކޭޓްބޯޑު ދުއްވައިގެން ރަންވަނަތަކެއް ހޯދާ ތުއްތު ތުއްތު ޒާރާ

30 ޖުލައި 2022 | ހޮނިހިރު 05:48

ޔޫއޭއީގައި ކުރިއަށް ގެންދިޔަ މުބާރާތްތަކެއްގައި 2 ފަހަރެއްގެ މަތިން އޭނާ ވަނީ މޯސްޓް ވެލުއަބަލް ޕްލޭޔާ (އެމްވީޕީ)ގެ ޓައިޓަލް ހޯދާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 30 ޖުލައި 2022 | ހޮނިހިރު 05:48
ސްކޭޓްބޯޑުގައި ޒާރާ ކުރަމުންދާ ދަތުރުގައި އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ އޭނާގެ މައިންބަފައިން

ސްކޭޓްބޯޑުގައި ޒާރާ ކުރަމުންދާ ދަތުރުގައި އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ އޭނާގެ މައިންބަފައިން

ޝާރްޖާގެ މާސިންގާ ރޭމްޕެއްގައި ތުއްތު ކުއްޖަކު، ސްކޭޓް ބޯޑެއްގައި ސްކޭޓް ކުރާތީ ފެނެއެވެ. ކަކޫ ލަންބާލައިގެން ބޯޑު މައްޗަށް ތިރިވެ އިނދެ ސްކޭޓް ކުރަމުން ދަނީ ނުވެއްޓި، ބެލަންސް ކުރުމަށާ އާ ހުނަރެއް ފައްކާ ކުރުމަށް ފިސާރި ސަމާލުކަން ދީ އިނދެކަން އެ މައުސޫމު މޫނުން ސާފުވެއެވެ.

އުމުރުން 6 އަހަރުގެ ޒާރާ އޭން ގްލޭޑިސް މަދަމްބީ އަށް ސްކޭޓްބޯޑް ތައާރަފުވީ މީގެ 2 އަހަރު ކުރިން، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-1)ގެ ބަލިމަޑުކަން އެންމެ ހައްސާސް ވެގެން ދިޔަ ދުވަސްވަރު، އޭނާގެ ރައްޓެހިންތަކެއް ކުޅެން އުޅުމުގެ ތެރޭގައެވެ.

ޒާރާއަށް އޭނާގެ އަމިއްލަ ސްކޭޓްބޯޑެއް ލިބުނު ހިސާބުން ކޮންމެ ދުވަހަކުވެސް އެތައް ގަޑިއިރެއް އޭނާ ހޭދަކުރަނީ ސްކޭޑްބޯޑު ދުއްވުމުގެ ހުނަރުތައް ފައްކާ ކުރުމުގެ މަސައްކަތުގައެވެ. އާ ހުނަރުތައް ދަސްކުރަނީ ޔޫޓިއުބް ވީޑިއޯތައް ބަލައިގެންނެވެ. ފެންނަ މަންޒަރުތައް އެންމެ ފުރިހަމަވަންދެން ފަރިތަ ކުރެއެވެ.

އުމުރުން ކިތަންމެ ހަގެއް ކަމަކު ވާދަ ކުރުމަށް ޒާރާ ލޯބި ކުރެއެވެ. އަދި ކުރިމަތިލާ ކޮންމެ ކަމަކުން ކަންތައްތަކެއް އުނގެނި، ފިލާވަޅުތަކެއް ދަސްކުރުމަށްވެސް އޭނާ ލޯބި ކުރެއެވެ. ސަބަބަކީ، ޕްރޮފެޝަނަލް ފެންވަރުގައި ސްކޭޓްކުރާ މީހަކަށް ވުމަށް އޭނާ ދެކެމުންދާ ފޮނި ހުވަފެންތައް ހަގީގަތަކަށް ވުމާ ގާތަށް އެ ފިޔަވަޅުތައް އޭނާ ގެންގޮސްދޭ ކަމެވެ.

މި ދިޔަ 2 އަހަރެއްހާ ދުވަހަށް ބަލާއިރު ޒާރާ ވަނީ އެކުވެރި އަރަބި އިމާރާތާއި، އިންޑިއާ އަދި ބުޑަޕެސްޓުގައި ކުރިއަށް ގެންދިޔަ ދޭސީ އަދި ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކޮށް، ރަން ވަނަތަކެއްވެސް ހާސިލު ކޮށްފައެވެ. އެގޮތުން ޔޫއޭއީގައި ކުރިއަށް ގެންދިޔަ މުބާރާތްތަކެއްގައި 2 ފަހަރެއްގެ މަތިން އޭނާ ވަނީ މޯސްޓް ވެލުއަބަލް ޕްލޭޔާ (އެމްވީޕީ)ގެ ޓައިޓަލް ހޯދާފައެވެ.

ސްކޭޓްބޯޑުގައި ޒާރާ ކުރަމުންދާ ދަތުރުގައި އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ އޭނާގެ މައިންބަފައިންނެވެ. ކޮންމެ ދުވަހަކު އޮންނަ ތަމްރީނު ސެޝަންތަކުގައި އޭނާގެ މައިންބަފައިން ބައިވެރިވެ، ހިތްވަރު ދެއެވެ. ޒާރާގެ ސްކޭޓް ކުރުމުގެ ދަތުރު، އިންސްޓަގްރާމް މެދުވެރިކޮށް މުޅި ދުނިޔެއަށް ހިއްސާކޮށްދެއެވެ. މިއަދު ޒާރާގެ އެކައުންޓް ފޮލޯ ކުރާ މީހުންގެ އަދަދު 29000 އަށް ވުރެ މައްޗަށް އަރައެވެ.

މި ދުވަސްވަރަކީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގައިވެސް ސްކޭޓްބޯޑު ދުއްވުމުގެ ފޯރި ގަދަވަމުން އަންނަ ދުވަސްވަރެކެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގައި ދިރިއުޅުމަށް އައި ބޮޑު ބަދަލުތަކާއެކު، ޅަ އުމުރުގެ ގިނަ ކުދިންތަކެއްގެ މެދުގައި ސްކޭޓްބޯޑު ކުރުމުގެ ޖޯޝް ދަނީ ގަދަވަމުންނެވެ. އަދި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ކުޅިވަރަކަށްވެސް އެކަން ދަނީ ބަދަލު ވަމުންނެވެ.

ސްކޭޓްބޯޑަރ ޒާރާ އޭން ގްލޭޑިސް މަދަމްބީސްކޭޓްޕާކް

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

4

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2024

ތާ އަބަދު ބަރިސްތާއިން ބަދަލުވެ ތަމްރީނު ދޭން ޖެހޭތީ އުނދަގޫވޭތަ؟ އެހެންވިއްޔާ އެޑަމް ހޯދާ!

11 ޖެނުއަރީ 2024
ތާ އަބަދު ބަރިސްތާއިން ބަދަލުވެ ތަމްރީނު ދޭން ޖެހޭތީ އުނދަގޫވޭތަ؟ އެހެންވިއްޔާ އެޑަމް ހޯދާ!
02 އޮކްޓޯބަރު 2023

މާލީ ތަނަވަސްކަން ނެތް ތުއްތު ކުދިންނަށް ޢިލްމު އުނގަންނައިދިނުމަށް ވަޒީފާވެސް ދޫކޮށްލި ހައިތަމްއަކީ ނަމޫނާއެއް!

02 އޮކްޓޯބަރު 2023
މާލީ ތަނަވަސްކަން ނެތް ތުއްތު ކުދިންނަށް ޢިލްމު އުނގަންނައިދިނުމަށް ވަޒީފާވެސް ދޫކޮށްލި ހައިތަމްއަކީ ނަމޫނާއެއް!
22 އޯގަސްޓު 2023

ތުއްތު ރުއިމުގެ އަޑުން ގުގުމަމުން ދިޔަ ގޭ ތެރެއިން ލަޔާލީ ގެނެސް ދެނީ މައިންނަށް ޚާއްޞަ އެޕްލިކޭޝަންއެއް!

22 އޯގަސްޓު 2023
ތުއްތު ރުއިމުގެ އަޑުން ގުގުމަމުން ދިޔަ ގޭ ތެރެއިން ލަޔާލީ ގެނެސް ދެނީ މައިންނަށް ޚާއްޞަ އެޕްލިކޭޝަންއެއް!
13 ނޮވެމްބަރު 2022

މެސީގެ މި ކުޑަކުޑަ ފޭން، ލޯފަން ސަޕޯޓަރުންނަށް ހޯދާދިނީ ހީވެސް ނުކުރާ ފަދަ އުޖާލާ ކަމެއް!

13 ނޮވެމްބަރު 2022
މެސީގެ މި ކުޑަކުޑަ ފޭން، ލޯފަން ސަޕޯޓަރުންނަށް ހޯދާދިނީ ހީވެސް ނުކުރާ ފަދަ އުޖާލާ ކަމެއް!
13 މެއި 2021

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް

13 މެއި 2021
ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް
10 މެއި 2021

އާރުލާ ލޯތްބެއް ބޭނުމިއްޔާ ތިބާއަށްވުރެ ދުވަސްވީ އަންހެނަކު ހޯދާ!

10 މެއި 2021
އާރުލާ ލޯތްބެއް ބޭނުމިއްޔާ ތިބާއަށްވުރެ ދުވަސްވީ އަންހެނަކު ހޯދާ!
18 ނޮވެމްބަރު 2019

ފިލްމް "ޖޯކަރ": ބޮކްސް އޮފީހުގައި ބިލިއަނެއް ހޯދާ ތާރީޚުގެތެރެއަށް!

18 ނޮވެމްބަރު 2019
ފިލްމް "ޖޯކަރ": ބޮކްސް އޮފީހުގައި ބިލިއަނެއް ހޯދާ ތާރީޚުގެތެރެއަށް!
25 އޯގަސްޓު 2018

ޝާހިދު ކަޕޫރުގެ ތުއްތު ދަރިފުޅު މޮޑެލްކުރުމާ މެދު ޝާހިދުގެ ޖަވާބަކީ މިއީ!

25 އޯގަސްޓު 2018
ޝާހިދު ކަޕޫރުގެ ތުއްތު ދަރިފުޅު މޮޑެލްކުރުމާ މެދު ޝާހިދުގެ ޖަވާބަކީ މިއީ!
09 ޖެނުއަރީ 2018

ފިލްމު ކުޅެނީ އެވޯޑް ހޯދާކަށް ނޫން: ސޯނަމް ކަޕޫރު

09 ޖެނުއަރީ 2018
ފިލްމު ކުޅެނީ އެވޯޑް ހޯދާކަށް ނޫން: ސޯނަމް ކަޕޫރު
17 ސެޕްޓެމްބަރު 2017

އެއް އަހަރުގެ ތުއްތު އަންހެން ކުއްޖަކު އޭނާގެ ބައްޕަ އަށް އެހީވަނިކޮށް ނަގާފައިވާ ވީޑިއޯއެއް ވައިރަލް ވެއްޖެ

17 ސެޕްޓެމްބަރު 2017
އެއް އަހަރުގެ ތުއްތު އަންހެން ކުއްޖަކު އޭނާގެ ބައްޕަ އަށް އެހީވަނިކޮށް ނަގާފައިވާ ވީޑިއޯއެއް ވައިރަލް ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް