Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ - އިންޑިއާ

އިންޑިއާއިން ޑޯނިއާ މަތިންދާބޯޓެއް ދޭން ހުށަހެޅި، ރައީސް ޔާމީންގެ ސަރުކާރުން ބަލައިނުގަތީ!

8 އެޕްރީލު 2018 | އާދީއްތަ 22:14

ލެޓަރ އޮފް އެކްސްޗޭންޖް ދިވެހި ސަރުކާރަށް 2016 ވަނަ އަހަރު ފޮނުވާފައިވޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 8 އެޕްރީލު 2018 | އާދީއްތަ 22:14
ރާއްޖެއަށް އިންޑިއާއިން ދީފައިވާ ހެލިކޮޕްޓަރެއް: ގިނައިން ބޭނުންކުރަނީ ބަލި މީހުން އުފުލަން

ރާއްޖެއަށް އިންޑިއާއިން ދީފައިވާ ހެލިކޮޕްޓަރެއް: ގިނައިން ބޭނުންކުރަނީ ބަލި މީހުން އުފުލަން

އިންޑިއާއިން ޑޯނިއާ މަތިންދާބޯޓެއް ދޭން ރާއްޖެއަށް ހުށަހެޅިކަމަށާއި، އެކަމަށް ބޭނުންވާ ލެޓަރ އޮފް އެކްސްޗޭންޖްގެ މަސައްކަތް ކުރިއަށް ނުގޮސްގެން އުޅެނީ ރައީސް ޔާމީންގެ ސަރުކާރުން އެކްސެޕްޓެންސް ލެޓަރ ނުފޮނުވައިގެންކަމަށް އިންޑިއާގެ ކެބިނެޓް އޮފީސް، ސައުތު ބްލޮކާއި ހަވާލާދީ ޓައިމްސް އޮފް އިންޑިއާއިން ބުނެފިއެވެ.

ޓައިމްސް އޮފް އިންޑިއާގައި ސައުތު ބްލޮކްގެ މަސްދަރަކާއި ހަވާލާދީ ބުނެފައިވަނީ ލެޓަރ އޮފް އެކްސްޗޭންޖް ދިވެހި ސަރުކާރަށް 2016 ވަނަ އަހަރު ފޮނުވާފައިވާކަމަށާއި، ޑޯނިއަރ އެއަރކްރާފްޓް މާލެ ގެންނަން ކުރަން ޖެހޭ މަސައްކަތްތައް ނުކުރެވި 2 އަހަރު ވެގެން ދިޔައީ ރައީސް ޔާމީންގެ ސަރުކާރުން އެކަން ކުރަން ބޭނުން ނުވެގެންކަމަށެވެ.

Advertisement - newsAdvertisement

ޑޯނިއަރ އެއަރކްރާފްޓްގެ މައްސަލަ ބޮޑުވެގެން މިދިޔައީ ދިވެހިރާއްޖެއަށް އިންޑިއާއިން ދީފައި އޮންނަ 2 ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު ފޮނުވާލަން ނިންމާފައިވާ މައްސަލައާއިއެކުގައެވެ. ދިވެހި ސަރުކާރުން ބުނީ އިންޑިއާގެ ކިބައިން އެދުނީ ޑޯނިއާ މަތިންދާބޯޓެއް ދިނުމަށްކަމަށާއި، އެހެންނަމަވެސް އެޤައުމުން ދިނީ ހެލިކޮޕްޓަރެއްކަމަށެވެ.

އިންޑިއާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މިއީ އިންޑިއާއިން ދީފައިވާ ހެލިކޮޕްޓަރުތައް ފޮނުވާލުމަށް ދިވެހި ސަރުކާރުން ދައްކާ ތާކުންތާކު ނުޖެހޭ ހުއްޖަތްތަކެކެވެ. އައްޑޫގައި އޮންނަ ހެލިކޮޕްޓަރުގެ އިތުރުން ލ ކައްދޫގައި ހުންނަ އިސްކަންދަރު ވައިގެ ބަނދަރުގައި އޮންނަ ހެލިކޮޕްޓަރުގެ ލެޓަރ އޮފް އެކްސްޗޭންޖްގެ މުއްދަތު އިތުރުކުރުމަށް އިންޑިއާއިން ކުރިއާލައި ދިވެހި ސަރުކާރަށް ހުށަހެޅިނަމަވެސް، އެއަށްވެސް ދިވެހި ސަރުކާރުން އިޖާބަ ދީފައެއް ނުވެއެވެ.

ޓައިމްސް އޮފް އިންޑިއާއިން އިންޑިއާގެ މަސްދަރުތަކާއި ހަވާލާދީ ބުނެފައިވަނީ ކައްދޫގައި އޮންނަ ހެލިކޮޕްޓަރުގެ ލެޓަރ އޮފް އެކްސްޗޭންޖްގެ މުއްދަތު މިމަހުގެ ނިޔަަލަށް ހަމަވާނެއެވެ. އަދި ލެޓަރ އޮފް އެކްސްޗޭންޖްގެ މުއްދަތު އިތުރުކުރުމަށް އިންޑިއާއިން ވަނީ މިދިޔަ މަހު ހުށަހަޅާފައެވެ.

އިންޑިއާގެ އޮފިޝަލުން ވިދާޅުވީ ދިވެހި ސަރުކާރުގެ ދެފުށް ނުފެންނަ ސިޔާސަތުގެ ސަބަބުންނާއި އިޚްލާސްތެރިކަމެއް ނެތުމުގެ ސަބަބުން ފާއިތުވި ފަންސާހަކަށް އަހަރުތެރޭ ދެޤައުމުގެ މެދުގައި ޤާއިމްކުރެވުނު ގާތް ގުޅުން މިހާރުވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

ދެކުނުގެ އަތޮޅުތަކުގައި އިންޑިއާއިން ދިން ހެލިކޮޕްޓަރުތައް ބަހައްޓާފައިވާއިރު، މިއީ ސްޓްރެޓީޖިކަލީ މުހިއްމު އަތޮޅުތަކަކަށްވެފައި، ފޯޅަވައްސާއި ގާތް އަތޮޅުތަކެއްކަން އިންޑިއާގެ އޮފިޝަލުން ފާހަގަކުރެއްވިއެވެ. އަދި އިންޑިއާގެ ހެލިކޮޕްޓަރުތައް ފޮނުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ޗައިނާގެ އަތެއް ވާކަމަށް ޓައިމްސް އޮފް އިންޑިއާ އާއި ވާހަކަ ދެއްކެވި އޮފިޝަލް ތުހުމަތުކުރެއްވިއެވެ.

ރާއްޖެއިން ޗައިނާއާއި ޕާކިސްތާނާއި ގާތް ގުޅުމެއް ބާއްވަމުންދާއިރު، މި ދެ ޤައުމަކީ އިންޑިއާގެ އެންމެ ބޮޑެތި ހަތުރުންނެވެ. އަދި ރާއްޖެއިން ދެކުނުގައި އޮންނަ ފޯޅަވަހީގެ ޑިއޭގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ބޭސްއެއް ޤާއިމްކޮށްފައިވާއިރު، ދެކުނުގެ ހިސާބުތަކަށް ޗައިނާގެ ނުފޫޒު ފޯރައިފިނަމަ އެކަމުގައި އެމެރިކާ ކަންބޮޑުވާ ކަންތައްތަކެއް ހުރެދާނެކަން މުހައްލިލުން ފާހަގަކުރެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް