Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިސްޓިއާނޯ ރޮނާލްޑޯ

ޖަލު ގޮޅި އިހުތިޔާރުކޮށްފިނަމަ ރޮނާލްޑޯއަށް އަދަބު ލުއިކޮށް ދެނީ

6 އެޕްރީލު 2018 | ހުކުރު 13:59

ޝަރީއަތުން ބޭރުން މައްސަލަ ހައްލުކުރުމަށް ސްޕެއިންގެ ޓެކްސް އެޖެންސީ އޮތީ ތައްޔާރަށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 6 އެޕްރީލު 2018 | ހުކުރު 13:59
ރޮނާލްޑޯގެ މައްޗަށް ހަތަރު ދައުވާއެއް ވަނީ އުފުލާފައި

ރޮނާލްޑޯގެ މައްޗަށް ހަތަރު ދައުވާއެއް ވަނީ އުފުލާފައި

ޓެކްސްއަށް މަކަރު ހެދިކަމުގެ ތުހުމަތުގައި ރެއާލް މެޑްރިޑްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ މައްޗަށް އުފުލާފައިވާ ދައުވާގައި އޭނާ ޖަލު ގޮޅި އިހުތިޔާރު ކުރާނަމަ އަދަބު ލުއިކޮށްދިނުމަށް ސްޕެއިންގެ ޓެކްސް އޭޖެންސީއިން ވިސްނަމުންދާ ކަމަށް އެ ގައުމުގެ މީޑިއާއިން ބުނެފިއެވެ.

ސްޕެއިންގެ އެންމެ މަޝްހޫރު އެއް ނޫސްކަމަށްވާ އެލް މުންޑޯއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރޮނާލްޑޯގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފައިވެއެވެ. އެ ދައުވާތަކަށް އޭނާ އެއްބަސްވެ ޖަލު ހުކުމެއް ތަންފީޒުކުރުމަށްފަހު 10 މިލިއަން ޔޫރޯ ދެއްކުމާއެކު އޭގެތެރެއިން އެއް ދައުވާ އަނބުރާ ގެންދިޔުމަށް އެ އިދާރާއިން ވިސްނަމުންދާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ހަމައެހެންމެ މި ތިން ދައުވާ ވެސް ގަބޫލުކޮށް 6.25 މިލިއަން ޔޫރޯ ދެއްކުމާއެކު ވެސް ޝަރީއަތުން ބޭރުން މައްސަލަ ހައްލުކުރުމަށް ސްޕެއިންގެ ޓެކްސް އެޖެންސީ ތައްޔާރަށް އޮތް ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ. ހަމައެހެންމެ ޖޫރިމަނާގެ ގޮތުގައި އޭނާ 30 މިލިއަން ޔޫރޯ ދައްކަން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ޝަރީއަތުން ބޭރުން މައްސަލަ ހައްލުނުވެއްޖެނަމަ ހުކުމަކާ ހަމަޔަށް ރޮނާލްޑޯ ދާން ޖެހޭނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ރޮނާލްޑޯގެ މައްޗަށް ސްޕެއިންގެ ޓެކްސް އޭޖެންސީއިން ފެންމަތިކުރި ރިޕޯޓަކަށް ބިނާކޮށް ސްޕެއިންގެ ޕްރޮސެކިއުޓަރުން ދައުވާ އުފުލާފައިވަނީ 14.7 މިލިއަން ޔޫރޯ ހޯދުމަށެވެ. ޓެކްސްއަށް މަކަރު ހެދިކަމުގެ ވަކިވަކި ހަތަރު ދައުވާއެއް އޭނާގެ މައްޗަށް އުފުލާފައިވާއިރު އެ ކުށްތައް ސާބިތުވެއްޖެނަމަ ޖަލު ހުކުމެއް އޭނާ ތަންފީޒުކުރަން ޖެހޭނެއެވެ. ހަމައެހެންމެ ޖޫރިމަނާގެ ގޮތުގައި 100 މިލިއަން ޔޫރޯ ވެސް އޭނާ ދައްކަން ޖެހޭނެއެވެ. ރޮނާލްޑޯގެ މައްޗަށް ކުށް ސާބިތުނުވި ނަމަވެސް އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި އޭނާ 30 މިލިއަން ޔޫރޯ ދައްކަން ޖެހޭނެއެވެ.

ސްޕެއިންގެ ޓެކްސް އޭޖެންސީއިން ތުހުމަތުކުރާ ގޮތުގައި ރޮނާލްޑޯގެ އިމޭޖް ރައިޓސް ސިއްރުކުރުމުގެ ގޮތުން އޭނާ 2010 ވަނަ އަހަރު ކުންފުންޏެއް އުފައްދާފައިވެއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ރޮނާލްޑޯ ވަނީ ކޯޓަށް ހާޒިރުވެ މައްސަލައިގައި ޖަވާބުދާރީ ވެސް ވެފައެވެ. އޭނާ ވަނީ މި ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އޭނާ ބުނެފައިވަނީ އޭނާ ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކާފައިވާނެ ކަމަށާއި އަދި އޭނާ ކަންކަން ކުރަނީ އަބަދުވެސް އެންމެ ރަނގަޅު ގޮތަށް ކަމަށެވެ.

ރޮނާލްޑޯގެ މައްޗަށް ޓެކްސްއަށް މަކަރު ހެދުމުގެ ދައުވާ އުފުލާފައިވާއިރު އޭނާގެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު މާސެލޯގެ މައްޗަށް ވެސް ވަނީ އެ ކުށް ސާބިތުވެފައެވެ. މީގެ ކުރިން ސްޕެއިންގައި ޓެކްސް އަށް މަކަރު ހެދި ކަމުގެ ތުހުމަތު ކުރެވުނު ކުޅުންތެރިންގެ ތެރޭގައި ބާސެލޯނާ އަށް ކުޅޭ އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީ، އަދި ޑިފެންޑަރ ހާވިއޭ މަޝަރާނޯގެ އިތުރުން ބާސެލޯނާ އަށް ކުޅުނު ބްރެޒިލްގެ ފޯވާޑް ނޭމާ އަދި ރެއާލް މެޑްރިޑަށް ކުޅޭ ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނެ އެވެ.

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2017

ގޯލް 50 އެވޯޑު ރޮނާލްޑޯއަށް

14 ނޮވެމްބަރު 2017
ގޯލް 50 އެވޯޑު ރޮނާލްޑޯއަށް
23 އޮކްޓޯބަރު 2017

މިފަހަރުވެސް ފީފާގެ "ދަ ބެސްޓް" އެވޯޑް ރޮނާލްޑޯއަށް

23 އޮކްޓޯބަރު 2017
މިފަހަރުވެސް ފީފާގެ "ދަ ބެސްޓް" އެވޯޑް ރޮނާލްޑޯއަށް
04 އޮކްޓޯބަރު 2017

ނަސްލީ ތަފާތު ކުރުމުގެ މައްސަލާގައި ލާޒިއޯ އަށް އަދަބު ދީފި

04 އޮކްޓޯބަރު 2017
ނަސްލީ ތަފާތު ކުރުމުގެ މައްސަލާގައި ލާޒިއޯ އަށް އަދަބު ދީފި
08 ސެޕްޓެމްބަރު 2017

2017 ވަނަ އަހަރުގެ "ބެލޮންޑޯ" އެވޯޑް ލިބޭނީ ރޮނާލްޑޯއަށް: މައިކަލް ސަލްގާޑޯ

08 ސެޕްޓެމްބަރު 2017
2017 ވަނަ އަހަރުގެ "ބެލޮންޑޯ" އެވޯޑް ލިބޭނީ ރޮނާލްޑޯއަށް: މައިކަލް ސަލްގާޑޯ
23 އޯގަސްޓު 2017

ރޮނާލްޑޯގެ އަދަބު ލުއިކޮށްދެވޭކަށް ނެތް: ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަން

23 އޯގަސްޓު 2017
ރޮނާލްޑޯގެ އަދަބު ލުއިކޮށްދެވޭކަށް ނެތް: ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަން
17 އޯގަސްޓު 2017

ރޮނާލްޑޯއަށް ދިން އަދަބާ މެދު އޭނާ ނުރުހުން ފާޅުކޮށްފި

17 އޯގަސްޓު 2017
ރޮނާލްޑޯއަށް ދިން އަދަބާ މެދު އޭނާ ނުރުހުން ފާޅުކޮށްފި
15 އޯގަސްޓު 2017

ރޮނާލްޑޯއަށް ރަތްކާޑު ހައްގެއް ނޫން: ޒިދާން

15 އޯގަސްޓު 2017
ރޮނާލްޑޯއަށް ރަތްކާޑު ހައްގެއް ނޫން: ޒިދާން
21 ޖޫން 2017

ޖަލު ހުކުމުން ސަލާމަތްވުމަށް ޑިމަރިއާ އަށް 1.7 މިލިއަން ޕައުންޑުގެ ޖޫރިމައިނާއެއް

21 ޖޫން 2017
ޖަލު ހުކުމުން ސަލާމަތްވުމަށް ޑިމަރިއާ އަށް 1.7 މިލިއަން ޕައުންޑުގެ ޖޫރިމައިނާއެއް
18 މެއި 2017

ކުޅުންތެރިންނަށް ކަނޑައެޅިފައި ވަނީ ހައްގު އަދަބު: އެފްއޭއެމް

18 މެއި 2017
ކުޅުންތެރިންނަށް ކަނޑައެޅިފައި ވަނީ ހައްގު އަދަބު: އެފްއޭއެމް
17 މެއި 2017

ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ

17 މެއި 2017
 ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް