Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެންހަލް ޑިމަރިއާ

ޖަލު ހުކުމުން ސަލާމަތްވުމަށް ޑިމަރިއާ އަށް 1.7 މިލިއަން ޕައުންޑުގެ ޖޫރިމައިނާއެއް

21 ޖޫން 2017 | ބުދަ 15:05

ޑިމަރިއާ އަށް ވަނީ ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި

ލީވާން އަލީ
ލީވާން އަލީ | 21 ޖޫން 2017 | ބުދަ 15:05
ޕީއެސްޖީއަށް ކުޅެމުން އަންނަ އެންހަލް ޑިމަރިއާ

ޕީއެސްޖީއަށް ކުޅެމުން އަންނަ އެންހަލް ޑިމަރިއާ

ޓެކްސް އަށް މަކަރު ހެދިކަމަށް އެއްބަސްވެފައިވާ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ އެޓޭކިން މިޑްފިލްޑަރު ޖަލުހުކުމުން ސަލާމަތްވުމަށް 1.7 މިލިއަން ޕައުންޑުގެ ޖޫރިމައިނާއެއް ދައްކަން ޖެހިއްޖެ އެވެ.

ޑިމަރިއާއަށް ހަ މަސްދުވަހުގެ ޖަލު ހުކުމެއް އައިސްފައިވާއިރު، އޭނާ ވަނީ ރެއާލް މެޑްރިޑްގައި ހޭދަކުރި ދުވަސްކޮޅު ސްޕެއިންގެ ސަރުކާރަށް ދައްކަންޖެހޭ 1.14 މިލިއަން ޕައުންޑުގެ ޓެކްސް އަށް މަކަރުހަދާފައެވެ.

ފާއިތުވެދިޔަ ދުވަސްކޮޅު މަޝްހޫރު ގިނަ ފުޓުބޯޅަ ކުޅުންތެރިންނަށް ވަނީ ޓެކްސް އަށް މަކަރު ހެދިކަމަށް ތުހުމަތުކޮށްފައެވެ. އަދި ބައެއް ކުޅުންތެރިންނަށް ވަނީ އަދަބުވެސް ދެވިފައެވެ.

ޓެކްސްއަށް މަކަރު ހެދިކަން ސާބިތުވި ކުޅުންތެރިން ތެރޭގައި ބާސާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީވެސް ހިމެނެއެވެ. އެގޮތުން އޭނާ 21 މަސްދުވަހަށް ޖަލަށް ލުމަށްވެސް ސްޕެއިންގެ ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މެސީ ވަނީ އޭނާ ޓެކްސް އަށް މަކަރު ނަހަދާކަމަށް ބުނެފައެވެ.

މީގެއިތުރުން ޓެކްސް އަށް މަކަރު ހެދިކަމުގެ ތުހުމަތު ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯއަށްވެސް ކުރެވިފައިވެއެވެ. ރޮނާލްޑޯއަށް ކުރެވޭ ތުހުމަތުގައި އޭނާ 14.7 މިލިއަން ޔޫރޯގެ ޓެކްސް ފައިސާއަށް މަކަރު ހެދިކަމަށްވެއެވެ. އެހެންނަމަވެސް އޭނާވެސް މިކަމާ ދެކޮޅު ހަދައެވެ.

އިތުރަށް ކިޔާލަން

12 މެއި 2017

މޮރާޓާ ހޯދުމަށް އާސެނަލް އިން 50 މިލިއަންގެ ބިޑެއް ހުށަހަޅަނީ!

12 މެއި 2017
މޮރާޓާ ހޯދުމަށް އާސެނަލް އިން 50 މިލިއަންގެ ބިޑެއް ހުށަހަޅަނީ!
04 މެއި 2017

ކުޓީނިއޯ ހޯދުމަށް ބާސާ އިން 51 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅަނީ

04 މެއި 2017
ކުޓީނިއޯ ހޯދުމަށް ބާސާ އިން 51 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅަނީ
22 އެޕްރީލު 2017

ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ

22 އެޕްރީލު 2017
ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ
17 އެޕްރީލު 2017

ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

17 އެޕްރީލު 2017
ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް
30 މާރިޗު 2017

މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި

30 މާރިޗު 2017
މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި
29 މާރިޗު 2017

ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން

29 މާރިޗު 2017
ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން
25 ފެބުރުއަރީ 2017

ދަރަނި ދެއްކުމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސާ އެފްއޭއެމް ބަޖެޓް ފާސްކޮށްފި

25 ފެބުރުއަރީ 2017
ދަރަނި ދެއްކުމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސާ އެފްއޭއެމް ބަޖެޓް ފާސްކޮށްފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް