Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-ފަލަސްތީނު

ޣައްޒާ ބޯޑަރު ސަރަހައްދުގައި އިސްރާއީލު ސިފައިން ދިން ހަމަލާ އެއްގައި ފަލަސްތީނުގެ ރައްޔިތަކު މަރާލައިފި

ނިމިދިޔަ މާޗް 30 ވަނަ ދުވަހުން ފެށިގެން ޣައްޒާ-އިސްރާއީލު ބޯޑަރު ސަރަހައްދުގައި ފަލަސްތީނު ރައްޔިތުން ދަނީ އިސްރާއީލާ ދެކޮޅަށް މުޒާހަރާ ކުރަމުން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 5 އެޕްރީލު 2018 | ބުރާސްފަތި 17:53
އިސްރާއީލް ސިފައިންގެ ހަމަލާތަކުގައި ޒަޚަމްވި މީހަކަށް ފަރުވާ ދިނުމަށް ގެންދިޔުމަށް އެމްބިއުލާންސްއަކަށް އަރުވަނީ

އިސްރާއީލް ސިފައިންގެ ހަމަލާތަކުގައި ޒަޚަމްވި މީހަކަށް ފަރުވާ ދިނުމަށް ގެންދިޔުމަށް އެމްބިއުލާންސްއަކަށް އަރުވަނީ

އިސްރާއީލް-ޣައްޒާ ބޯޑަރު ސަރައްދުގައި ފަލަސްތީނު ރައްޔިތުން އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ކުރަމުންދާ މުޒާހަރާ އަށް އިސްރާއީލު ސިފައިން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނު ރައްޔިތަކު ބުރާސްފަތި ދުވަހު މަރުވެއްޖެއެވެ.

މީގެ އިތުުރުން އިސްރާއީލުން ޣައްޒާ ބޯޑަރު ސަރަހައްދުގައި ދާދި ފަހުން ހަމަލާދީ ޒަޚަމްކޮށްލައިފައިވާ ފަލަސްތީނުގެ ރައްޔިތަކު ވެސް މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލު-ޣައްޒާ ބޯޑަރު ސަރައްދުގައި ކުރަމުންދާ މުޒާހަރާ ނުހުއްޓި ކުރިއަށްދާއިރު މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން މަރުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު ވަނީ 21 އަށް އަރާފައެވެ. ފަލަސްތީނު ރައްޔިތުން ކޮންމެ އަހަރެއްގެ މަރޗް 30 ވަނަ ދުވަހު ފާހަގަކުރާ "ލޭންޑް ޑޭ" ދުވަސް ނުވަތަ އިސްރާއީލުން ފަލަސްތީނު ރައްޔިތުންގެ ބިން 1976 ވަނަ އަހަރުގެ މާޗް މަހު ފޭރިގަތް ދުވަސް ފާހަގަކުރުމާ ދިމާކޮށް ނިމިދިޔަ މަރޗް 30 ވަނަ ދުވަހުން ފެށިގެން ފަލަސްތީނު ރައްޔިތުން އިސްރާއީލާ ދެކޮޅަށް ދަނީ މުޒާހަރާ ކުރަމުންނެވެ.

އިސްްރާއީލު-ޣައްޒާގެ ބޯޑަރު ސަރައްދުގައި ފަލަސްތީނުގެ ރައްޔިތުން ފޭލިގެ ޖަހައި، ފަލަސްތީނު އެތައް ހާސް ރައްޔިތުން ނިމިދިޔަ މާޗް 30 ވަނަ ދުވަހު މުޒާހަރާ ފަށާފައިވާއިރު، "ގްރޭޓް މަރޗް އޮފް ރިޓާން"ގެ ނަމުގައި ހަ ހަފުތާގެ މުއްދަތަށް ފަލަސްތީނު ރައްޔިތުން ފެށި މުޒާހަރާގައި، ފަލަސްތީނު މީހުން ޑިމާންޑް ކުރަމުން ދަނީ އިސްރާއީލުގައި މިހާރު ދިރިއުޅޭ ފަލަސްތީނުގެ ރެފިއުޖީން އެ މީހުންގެ ގެދޮރަށް އަނބުރާ ގެނައުމަށެވެ. އިހްތިޖާޖް ނިންމަން ހަމަޖައްސާފައި ވަނީ މެއި 15 ވަނަ ދުވަހު ކަމަށްވާއިރު އެއީ ފަލަސްތީނުން ކިޔާ ގޮތުން ނަކްބާ ނުވަތަ ހަލާކުގެ ދުވަހެވެ. ނުވަތަ 1948 ވަނަ އަހަރު އިސްރާއީލް އުފެދުނު ދުވަހެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު