Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދޮށީ އުމުރުގެ މީހުން

ދޮށީ އުމުރުގެ މީހުންނާއި ގުޅޭ ގައުމީ ސިޔާސަތެއް ފުރަތަމަ ފަހަރަށް އެކުލަވާލައިފި

5 އެޕްރީލު 2018 | ބުރާސްފަތި 13:23

މި ސިޔާސަތުގެ ދަށުން އިސްކަން ދެވޭނެ މުހިއްމު ކަންކަމާއި އަދި ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް ވަނީ ބަޔާންކޮށްފައި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 5 އެޕްރީލު 2018 | ބުރާސްފަތި 13:23
ޖެންޑާ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ އިސް ރައްވެއްސަކާ އެކު

ޖެންޑާ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ އިސް ރައްވެއްސަކާ އެކު | ޖެންޑާ މިނިސްޓްރީ

ދޮށީ އުމުރުގެ މީހުންނާ ގުޅޭ ގައުމީ ސިޔާސަތެއް ފުރަތަމަ ފަހަރަށް އެކުލަވާލައި އާއްމުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީން އެކުލަވާލި މި ސިޔާސަތުގައި، ދޮށީ އުމުރުގެ މީހުންގެ ހައްގުތަކާއި، މި ސިޔާސަތުގެ ދަށުން އިސްކަން ދެވޭނެ މުހިއްމު ކަންކަމާއި އަދި ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް ވަނީ ބަޔާންކޮށްފައެވެ.

Advertisement - newsAdvertisement

މިނިސްޓްރީން ބުނީ މި ސިޔާސަތުގެ މަގްސަދަކީ، ދޮށީ އުމުރުގެ މީހުންނަށް އިޖުތިމާއިީ ގޮތުންނާއި، އިގްތިސާދީ ގޮތުން ދިމާވާ ގޮންޖެހުންތައް ދެނެގަތުމާއި، ރައްކާތެރިކަން ހޯދައި ދިނުމާއި، މުޖުތަމައުގައި އެފަރާތުގެ ބައިވެރިވުން އިތުރު ކުރެވޭނެ ގޮތްތައް ހޯދައިދީ، އާއިލާގެ ތެރޭގައްޔާއި މުޖުތަމައުގައި ޒިންމާދާރު ބައެއްގެ ގޮތުގައި ފާގަތި އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ގޮތްތަކަށް މަގުތައް ތަނަވަސްކޮސްދިނުން ކަމަށެެވެ.

ރާއްޖޭގައި ދޮށީ އުމުރުގެ އާބާދީ އިތުރުވަމުން އަންނަ އިރު އެފަރާތްތަކަށް އެކި ކަހަަލަ ގޮންޖެހުންތައް ކުރިމަތި ވާކަން ޖެންޑާ އިން ވަނީ ފާހަގަކޮށްފައެވެ. އަދި މުޖުތަމައުގައި އެފަރާތްތަކާ މެދު ތަފާތުކުރުންތައް ގެންގުޅޭކަން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މި ސިޔާސަތުގެ ދަށުން ދޮށީ އުމުރުގެ ފަރާތްތަކަށް އަބުރުވެރި ދިރިއުޅުމުގެ ހައްގާއި، ސިއްހީ ޚިދުމަތުގެ ހައްގާއި، މަސައްކަތް ކުރުމާއި، މުދަލާއި މިލްކިއްޔާތުގެ ހައްގު، އިޖުތިމާއީ ރައްކާތެރިކަމުގެ ހައްގުގެ އިތުރުން އެކި ބާވަތުގެ އަނިޔާއިން ރައްކާތެރިކަން ލިބުމުގެ ހައްގު ހޯދައި ދިނުމަކީ މި ސިޔާސަތުގައި ހިމެނޭ މައިގަނޑު ކަންކަމެވެ.

މި ސިޔާސަތު ބިނާވެފައިވަނީ، ދޮށީ އުމުރުގެ މީހުންނަށް ޚާއްސަކޮށްގެން އދ. އިން އެކުލަވާލާފައިވާ "ޔޫއެން ޕްރިންސިޕަލްސް ފޮރ އޯލްޑަރ ޕާސަންސް 1991" ގައި ދުނިޔޭގެ ސިއްހައްތު ޖަމިއްޔާއިން އެކުލަވާލާފައިވާ "ޑަބުލިއުއެޗްއޯ ގްލޯބަލް ސްޓްރެޓަޖީ އެންޑް ޕްލޭން އޮފް އެކްޝަން އޮން އޭޖިންގ އެންޑް ހެލްތް 2016-2020" އަދި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑި ތައް (އެސްޑީޖީ) 2015-2030 ގެ މައްޗަށްކަމަށް ޖެންޑާއިން ހާމަކުރެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބުލިއުއެޗްއޯގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2015 ވަނަ އަހަރު ދުނިޔޭގައި ތިބޭނެ ކަމަށް ލަފާކުރާ 60 އަހަރުން މަތީގެ އާބާދީގެ ޖުމްލައަކީ 900 މިލިއަނެވެ. އަދި މި އަދަދު 2050 ގައި މިއަދަދު 2 ބިލިއަނަށް ގާތްކުރާނެކަމަށް ލާފާކުރެއެވެ. ދިވެހިރާއްޖޭގެ 2014 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2045 ވަނަ އަހަރު އުމުރުން 45 އަހަރުން މަތީގެ އާބާދީ، އެއަށްވުރެ ދަށުގެ އުމުރުފުރާގެ އާބާދީއާ އަޅާބަލާއިރު، އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ކުރިއަށް އޮތް 25 އަހަރުގެތެރޭގައި އުމުރުން 65 އަހަރުން މަތީގެ އާބާދީ 65،000 އަށް އަރާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ޖެންޑާއިން ބުނީ، ދޮށީ އުމުރުގެ މީހުންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމުގައި ރިއާޔަތްކުރާނީ މި ސިޔާސަތުގައި ހިމެނޭ ކަން ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް