Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

އުމްޓީޓީ އަދި އިނިއެސްޓާ ބާސާގައި މަޑުކުރާނެ ކަމަށް ވަލްވާޑޭ އުއްމީދުކުރޭ

އެ ދެ ކުޅުންތެރިން ވެސް ބާސާ ދޫކޮށްލަން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 4 އެޕްރީލު 2018 | ބުދަ 14:53
އިނިއެސްޓާ އަދި އުމްޓީޓީ

އިނިއެސްޓާ އަދި އުމްޓީޓީ

ބާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ސެމުއެލް އުމްޓީޓީ އަދި އެ ޓީމުގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ ވެސް އެ ޓީމުގެ މަޑުކުރާނެ ކަމަށް އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފިއެވެ.

އުމުރުން 24 އަހަރުގެ ޑިފެންޑަރު ހޯދުމަށް ޔޫރަޕުގެ އެންމެ ބޮޑު ޓީމުތަކުން މަސައްކަތްކުރަމުން އަންނައިރު އޭނާ ވެސް ވަނީ އެހެން ކްލަބްތަކުން ހުށަހެޅުންތައް އަންނަމުންދާ ކަމަށް ބުނެފައެވެ. އޭނާ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑް އިން ކަމަށްވާއިރު އޭނާ ހޯދުމަށް އެ ޓީމުން ބާސާއަށް 60 މިލިއަން ޔޫރޯގެ ފީއެއް ދައްކަންޖެހެއެވެ. އުމްޓީޓީގެ ރިލީސް ފީއަކީ 60 މިލިއަން ޔޫރޯއަށްވުމާއެކު އޭނާގެ ސޮއި ހޯދުމަކީ އެއްވެސް ޓީމަކަށް އުނދަގޫވާނެ ކަމެއް ނޫނެވެ. އެހެން ނަމަވެސް އާ ކޮންޓްރެކްޓަކާއެކު އޭނާގެ ރިލީސް ފީ މަތިކުރުމަށް ބާސާއިން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ވަލްވާޑޭ ބުނީ އުމްޓީޓީގެ އެއްވެސް ވާހަކައެއް އަޑުއިވިފައި ނުވާ ކަމަށާއި ހަމައެކަނި އެނގޭ ކަމަކީ އޭނާ ހުރީ ޓީމުގައި ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ. އަދި ޓީމުގެ އެންމެން ވެސް އުމްޓީޓީގެ ފަރާތުން ފެންނަމުންދާ ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ވަލްވާޑޭ ބުނެފައިވެއެވެ. އޭނާ ބުނީ އުއްމީދަކީ ކޮންޓްރެކްޓްގެ މަޝްވަރާތައް ރަނގަޅަށް ދިޔުން ކަމަށާއި އޭނާ އެ ޓީމުގައި ދިގު މުއްދަތެއް ވަންދެން މަޑުކުރުން ކަމަށެވެ.

ބާސާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ ވެސް އެ ޓީމު ދޫކޮށްލަން އުޅޭ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. އެގޮތުން އޭނާ ހޯދުމަށް ޗައިނީޒް ސުޕާ ލީގުގެ ޓީމުތަކުން ބޮޑެތި އަދަދުތައް ހުށަހަޅަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އިނިއެސްޓާ ބުނެފައިވަނީ އޭނާގެ ކުރިމަގާއި ބެހޭގޮތުން އެޕްރީލް މަސް ނިމުމުގެ ކުރިން ގޮތެއް ނިންމާނެ ކަމަށެވެ.

އިނިއެސްޓާއާ ގުޅޭގޮތުން ވަލްވާޑޭ ބުނީ އިނިއެސްޓާ ޓީމުގައި މަޑުކުރުވާނެ ގޮތަކާމެދު ވިސްނާފައިނުވާ ކަމަށާއި އެކަމުގެ އެއްވެސް ބާރެއް އޭނާގެ އަތްމަތީގައި ނެތް ކަމަށެވެ. ވަލްވާޑޭ ބުނީ އިނިއެސްޓާ ބޭނުންވާ ކަންކަން އެނގޭނީ އިނިއެސްޓާއަށް ކަމަށާއި މިއީ އޭނާގެ އަމިއްލަ ނިންމުމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

ބާސާގެ ޑިފެންސްގައި އުމްޓީޓީ ވަނީ ފާއިތުވެދިޔަ ދެ ސީޒަނުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ހަމައެހެންމެ އިނިއެސްޓާއަކީ އެ ޓީމުގެ ކާމިޔާބުގެ މައިގަނޑު އެއް ސަބަބު ކަމަށްވާއިރު މި ދެ ކުޅުންތެރިން ޓީމުގައި މަޑުކުރުވުމަށް ބާސާގެ މެނޭޖްމަންޓުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. ސްޕެނިޝް ލަލީގާގެ އެއްވަނައިގައި ބާސާ އޮތްއިރު މި ސީޒަނުގެ ސްޕެނިޝް ކޮޕާ ޑެލްރޭ އަދި ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް އެ ޓީމަށް އެބައޮތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެސީ އަދި އިނިއެސްޓާ ވިއްކާލަން އުޅޭކަމަށް ފެތުރޭ އަޑުތައް ބާސާ އިން ދޮގުކޮށްފި

މެސީ އަދި އިނިއެސްޓާ ވިއްކާލަން އުޅޭކަމަށް ފެތުރޭ އަޑުތައް ބާސާ އިން ދޮގުކޮށްފި

29 އޯގަސްޓު 2017
ޑެމްބެލޭއަކީ މިވަގުތު ބާސާއަށް ބޭނުންވާ އެންމެ މުހިންމު ކުޅުންތެރިޔާ: ވަލްވާޑޭ

ޑެމްބެލޭއަކީ މިވަގުތު ބާސާއަށް ބޭނުންވާ އެންމެ މުހިންމު ކުޅުންތެރިޔާ: ވަލްވާޑޭ

26 އޯގަސްޓު 2017
އުއްމީދަކީ މެސީ ބާސާގައި މަޑުކުރުން: ގާޑިއޯލާ

އުއްމީދަކީ މެސީ ބާސާގައި މަޑުކުރުން: ގާޑިއޯލާ

26 އޯގަސްޓު 2017
ރެއާލްއާއި ދެކޮޅަށް އިނިއެސްޓާ ނުކުޅޭނެ!

ރެއާލްއާއި ދެކޮޅަށް އިނިއެސްޓާ ނުކުޅޭނެ!

16 އޯގަސްޓު 2017
ދިގު މުއްދަތަކަށް ބާސާގައި ނޭމާ މަޑުކުރާނެ ކަމަށް އުންމީދުކުރަން: އިނިއެސްޓާ

ދިގު މުއްދަތަކަށް ބާސާގައި ނޭމާ މަޑުކުރާނެ ކަމަށް އުންމީދުކުރަން: އިނިއެސްޓާ

29 ޖުލައި 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު