Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ އަރަބިއްޔާ

ފަލަސްތީނުގެ އަމިއްލަ ދައުލަތަކަށް ތާއީދު ކުރަން އަދި ފަލަސްތީނުގެ ރައްޔިތުންނަށް ލިބެން ޖެހޭ ހައްގުތައް ލިބިދޭން ޖެހޭ: ރަސްގެފާނު ސަލްމާން

4 އެޕްރީލު 2018 | ބުދަ 14:18

ސައުދީ ރަސްގެފާނު މިހެންވިދާޅުވިއރު ސައުދީގެ ވަލީއަހުދު ދާދިފަހުން ވިދާޅުވީ އިސްރާއީލުގެ ރައްޔިތުންނަށް ސުލްހަވެރިކަމާއެކު އެބައިމީހުންގެ ބިމުގައި ދިރިއުޅުމުގެ ހައްގު އޮންނާނެ ކަަމަށް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 4 އެޕްރީލު 2018 | ބުދަ 14:18
ރަސްގެފާނު ސަލްމާން

ރަސްގެފާނު ސަލްމާން

ފަލަސްތީނުގެ އަމިއްލަ ދައުލަތަކަށް ތާއީދު ކުރައްވާ ކަމަށާއި އަދި ފަލަސްތީނުގެ ރައްޔިތުންނަށް ލިބެން ޖެހޭ ހައްގުތައް ލިބިދޭން ޖެހޭ ކަަމަށް ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދު ކުރައްވާ މިމޭރުމުން ސައުދީގެ ރަސްގެފާނު ވާހަކަފުޅުދެއްކެވިއިރު ދާދިފަހުން ސައުދީގެ ވަލީއަހުދު އަދި ރަސްގެފާނުގެ ދަރިކަލުން އަދި ތަޚުތައް އަރާވަޑައިގަންނަވަން ތައްޔާރަށް ހުންނެވި މުހައްމަދު ބިން ސަލްމާން ވިދާޅުވީ އިސްރާއީލުގެ ރައްޔިތުންނަށް ސުލްހަވެރިކަމާއެކު އެބައިމީހުންގެ ބިމުގައި ދިރިއުޅުމުގެ ހައްގު އޮންނާނެ ކަަމަށެވެ. އެމެރިކާގެ މަޖައްލާއެއް ކަމަށްވާ "ދި އެޓްލާންޓިކް މެގަޒިން" އަށް އުމުރުން 32 އަހަރުގެ މުހައްމަދު ވިދާޅުވީ" ކޮންމެ ބަޔަކަށް ވެސް އެ ބަޔަކަށް ލިބިފައިވާ ގައުމެއްގައި ހަމަޖެހިގެން އުޅުމުގެ ހައްގު އޮންނަންވާނެ" ކަމަށެވެ. މީގެ އިތުރުން މުހައްމަދު ބިން ސަލްމާން ވިދާޅުވީ " ގުދުސްގައި ހުރި މުސްލިމުންގެ މުގައްދަސް މިސްކިތާއި އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއިމެދު ކަންބޮޑުވުން އެބަ އޮތް ކަމަށާއި އެކަމާމެދު ދެބަސްވުމެއް ނެތް" ކަމަށެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ސައުދީ ރަސްގެފާނު ކުރައްވާ ތާއިދު ހާމަކުރައްވަމުން، ސައުދީގެ ދައުލަތުގެ ރަސްމީ ނޫސް އެޖެންސީ އެސްޕީއޭ އިން އާންމުކުރި ސައުދީ ރަސްގެފާނުގެ ބަޔާނެއްގައި ބުނީ " ސައުދީ ރަސްގެފާނު ހުންނެވީ ދެގޮތެއް ނުވެ ފަލަސްތީނުގެ ރައްޔިތުންނާ އެކީ ކަމަށާއި އަދި ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއް ލިބެން ޖެހޭނެ ކަމަށާއި އަދި ފަލަސްތީނުގެ ވެރިރަށަކީ ޖެރޫސަލަމް އަށް ވާން ޖެހޭ ކަމަށެވެ."

މީގެ އިތުރުން ހޯމަ ދުވަހުގެ ރޭ ސައުދީ ރަސްގެފާނު ސަލްމާން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ ދެމެދު ކުރެވުނު ފޯން ކޯލް އެއްގައި ސައުދީ ރަސްގެފާނު ވަނީ ފަލަސްތީނު-އިސްރާއީލު މައްސަލައަށް ސުލްހަ ބޭނުންވާ ކަން ހާމަކުރައްވާފައެވެ. ދާދިފަހުން އިސްރާއީލު-ޣައްޒާ ބޯޑަރު ސަރައްދުގައި މުޒާހަރާ ކުރަމުން ދިޔަ ފަަލަސްތީނު ރައްޔިތުންނަށް އިސްރާއީލު ސިފައިން ވަނީ ހަމަލާ ދީ 17 މީހަކު މަރާލާފައެވެ. އަދި އެތައް ބަޔަކު ޒަޚަމްކޮށްލާފައެވެ.

ސައުދީ ރަސްގެފާނު ފަލަސްތީނުގެ ރައްޔިތުންނަށް ކުރެއްވި ތާއީދަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ އެގައުމުގެ ރަސްމީ ނޫސް އެޖެންސީ ކަމަށްވ"ވަފާ" މެދުވެރިކޮށް ޝުކުރު އަދާކުރައްވާފައެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި
18 އެޕްރީލު 2017

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

18 އެޕްރީލު 2017
އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ
31 މާރިޗު 2017

މޫސަލްގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަކީ އެންމެ މުހިންމު ކަންތައް: އެންޓޯނިއޯ ގުޓަރޭސް

31 މާރިޗު 2017
މޫސަލްގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަކީ އެންމެ މުހިންމު ކަންތައް: އެންޓޯނިއޯ ގުޓަރޭސް
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
02 މާރިޗު 2017

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ
16 ފެބުރުއަރީ 2017

ފްލިންގެ މައްސަލަ ބެލުމަށް ރިޕަބްލިކަން ޕާޓީގެ އިސްބޭފުޅުން ވެސް ތާއީދު

16 ފެބުރުއަރީ 2017
ފްލިންގެ މައްސަލަ ބެލުމަށް ރިޕަބްލިކަން ޕާޓީގެ އިސްބޭފުޅުން ވެސް ތާއީދު
10 ފެބުރުއަރީ 2017

"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ

10 ފެބުރުއަރީ 2017
"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް