Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޗެނިންގ ޓޭޓަމްއާއި ޖެނާ ޑުވާން

ޗެނިންގ ޓޭޓާމްއާއި ޖެނާ ޑުވާންގެ ވަރި: އަދިވެސް ވަރަށް ލޯބިވޭ، އެކަމަކު މި ވަގުތު ލޯބި ގެންދަނީ ދެ ދިމާލަކަށް

ޗެނިންގއާއި ޖެނާ ދިމާވެފައިވަނީ "ސެޓެޕް އަޕް" ފިލްމްގެ ޝޫޓިންގ ތެރެއިން

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 4 އެޕްރީލު 2018 | ބުދަ 07:59
ޗެނިންގ ޓޭޓަމްއާއި ޖެނާ ޑުވާން

ޗެނިންގ ޓޭޓަމްއާއި ޖެނާ ޑުވާން

ހޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމުގައިވާ ޗެނިންގ ޓޭޓަމްއާއި އޭނާގެ އަންހެނުން ޖެނާ ޑުވާން ވަރިވާން ނިންމައިފިއެވެ.

"މެޖިކް މައިކް" ފަދަ މަޝްހޫރު ފިލްމްތަކުގެ ލީޑް ރޯލުން ފެނިގެންދާ ޗެނިންގއާއި ޖެނާ ދިމާވެފައިވަނީ "ސްޓެޕް އަޕް" ފިލްމްގެ ޝޫޓިންގގެ ތެރެއިންނެވެ. މަޝްހޫރު "ސްޓެޕް އަޕް" ފިލްމް ފްރެންޗައިޒްގެ އެންމެ ފުރަތަމަ އަދި އެންމެ ކާމިޔާބު ފިލްމްގެ ލީޑް ރޯލުން ފެނިގެންދަނީ މި ދެތަރިންނެވެ. ދެ މީހުންނަކީވެސް ނެށުމުގެ ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ދެ މީހުންނެވެ.

ޗެނިންގއާއި ޖެނާ ކައިވެނިކޮށްފައިވަނީ 2009 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އަދި އެމީހުންގެ ފުރަތަމަ އަދި ހަމަ އެކަނި ދަރިފުޅު، އެވަރލީ ޓޭޓަމް ކިޔާ އަންހެން ކުއްޖެއް، ލިބިފައިވަނީ 31 މޭ 2013 ގައެވެ.

13 އަހަރު އެކުގައި އުޅުމަށްފަހު ވަކިވާން ނިންމިކަން ޗެނިންގއާއި ޖެނާ އިއުލާންކޮށްފައިވަނީ އަންގާރަ ދުވަހު، ސޯޝަލް މީޑިއާ މެދުވެރިކޮށެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކޮށްފައިވާ މެސެޖްގައިވާ ގޮތުން، ވަކިވާން ނިންމިއަސް ދެ މީހުން އެކަކު އަނެކަކު ދެކެވާ ލޯތްބަކަށް "އެއްވެސް ބަދަލެއް ނާދެ"އެވެ.

"މީގެ އެތައް އަހަރެއް ކުރިން ދިމާވެގެން ދެ މީހުން އެކަކު އަނެކަކު ދެކެ ލޯބިވީ. އެކަކު އަނެކަކު ދެކެ ވާ ލޯތްބަށް އެއްވެސް ބަދަލެއް ނާދޭ، އެކަމަކު ލޯތްބަކީ ރީތި އެޑްވެންޗަރއެއް، އަދި މިވަގުތު އަހަރެމެން މި ގެންދަނީ ދެ ދިމާލަކަށް،" ޗެނިންގއާއި ޖެނަރގެ މެސެޖްގައި ބުނެފައިވެއެވެ.

މި ނިންމުމުގައި އެއްވެސް ސިއްރެއް ނެތްކަމަށާއި، ދެ ގާތް އެކުވެރިން އެކަކު އަނެކަކަށް އެންމެ އުފާވެރި ދިރިއުޅުމެއް އުޅުމަށް ފުރުސަތު ދެނީކަމަށް އެ މެސެޖްގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، މިފަދަ ވާހަކައެއް އެންމެނާ ހިއްސާ ކުރަން އުނދަގޫކަމަށާއި، ނަމަވެސް ހިއްސާ ކުރަން ނިންމީ "މިއީ އަހަރަމެން ދިރިއުޅެން ނިންމި ގޮތުގެ ނަތީޖާ"އެއް ކަމުން ކަމަށާއި، ހުރިހާ ފޭނުންނާ "ތެދު" ހިއްސާ ކުރަން ބޭނުންވީކަމަށް އެ މީހުން ބުންޏެވެ.

އަދި، މިކަމާ ގުޅޭ ގޮތުން ދެ މީހުން އިތުރަށް ކޮމެންޓް ނުކުރާނެކަމަށް މެސެޖްގައި ފާހަގަކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

13 ނޮވެމްބަރު 2017

ބަންސާލީގެ އާ ފިލްމުގައި އައިޝްވަރިޔާ!

13 ނޮވެމްބަރު 2017
ބަންސާލީގެ އާ ފިލްމުގައި އައިޝްވަރިޔާ!
28 މެއި 2017

ރޯދަމަހު ވަރިކުރުން ފަލަސްތީނުގައި މަނާ ކޮށްފި

28 މެއި 2017
ރޯދަމަހު ވަރިކުރުން ފަލަސްތީނުގައި މަނާ ކޮށްފި
21 މެއި 2017

ކޭންސް ފިލްމު ފެސްޓިވަލްގައި އެންމެ ރީތީ އައިޝްވަރިޔާގެ ހެދުން

21 މެއި 2017
ކޭންސް ފިލްމު ފެސްޓިވަލްގައި އެންމެ ރީތީ އައިޝްވަރިޔާގެ ހެދުން
18 މެއި 2017

އައިޝްވަރިޔާ އާއި އަބީޝެކް "ގުލާބު ޖާމުން" ދޫކޮށްލައިފި

18 މެއި 2017
އައިޝްވަރިޔާ އާއި އަބީޝެކް "ގުލާބު ޖާމުން" ދޫކޮށްލައިފި
13 މެއި 2017

އަރްބާޒާއި މަލައިކާ ވަރިވެއްޖެ

13 މެއި 2017
އަރްބާޒާއި މަލައިކާ ވަރިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު