Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުރޯދަ މަސް

ރޯދަމަހު ވަރިކުރުން ފަލަސްތީނުގައި މަނާ ކޮށްފި

2015 ވަނަ އަހަރު ފަންސާސްހާސް ކައިވެނި ރަޖިސްޓަރީ ކުރެވިފައިވާއިރު އެ އަހަރުގެ ތެރޭގައި އަށްހާހަށްވުރެ ގިނަ ވަރި ރަޖިސްޓަރީ ކޮށްފައިވޭ

ރާއްޖެ އެމްވީ | 28 މެއި 2017 | އާދީއްތަ 22:22
ފަލަސްތީނުގައި ކައިވެންޏެއް ކުރަނީ - ފަލަސްތީނަކީވެސް ވަރި ގިނަ ކަމަށް ފާހަގަ ކުރެވޭ ތަނެއް

ފަލަސްތީނުގައި ކައިވެންޏެއް ކުރަނީ - ފަލަސްތީނަކީވެސް ވަރި ގިނަ ކަމަށް ފާހަގަ ކުރެވޭ ތަނެއް

ރޯދަ މަހު ވަރިކުރުމުގެ ކަންކަން ކޯޓުތަކުގައި ނުހިންގުމަށް ފަލަސްތީންގެ ފަނޑިޔާރުންނަށް ފަލަސްތީނުގެ އިސްލާމިކް ކޯޓުގެ އިސްފަނޑިޔާރު އަންގަވައިފިއެވެ.

ފަލަސްތީންގެ އިސްފަނޑިޔާރު މަހްމޫދު ހަބާޝް ނެރުއްވި ބަޔާނެއްގައި ވަނީ، ރޯދަ މަހުގެ ތެރޭގައި ނުކައި ނުބޮއި ތިބުމުގެ ސަބަބުން ބައެއް މީހުން ރުޅި ގަދަވެ، ދޫ އިތުރަށް ތޫނުވެގެންދާ ކަން ފާހަގަ ކުރެވޭ ކަމަށާއި، އަދި ވިސްނާ ނުލާ ބުނެވޭ އެއްޗަކުން އަނބި މީހާ ވަރިވުން ފަދަ ކަންކަން ކުރެވި، މުޅި އުމުރަށް އެކަމުގެ ހިތާމަ ކުރަން ޖެހޭ މީހުން އުޅޭކަން ފައިތުވެ ދިޔަ ތާނގައި ފާހަގަ ކުރެވިފައިވާތީ، މި އަމުރުގެ ސަބަބުން އެފަދަ ނޭދެވޭ ކަންކަމުން ދުރުކޮށްދޭނެ ކަމަށެވެ.

ބަނޑުހައި ކަމުގެ ސަބަބުން ރުޅި ގަދަވެ، ކުއްލި ނިންމުންތައް ނިންމާ، މައްސަލަތައް އުފައްދާ މީހުން އުޅޭ ކަމަށާއި، އަދި އެކަމުގެ ސަބަބުން ކައިވެނި ރޫޅިގެންދާތަން އަންނަ ކަމަށްވެސް އޭނާ ނެރުއްވި ބަޔާނުގައި ވެއެވެ.

ފަލަސްތީނުގެ ސަރުކާރުގެ ހިސާބުތަކަށް ބަލާއިރު 2015 ވަނަ އަހަރު ފަންސާސްހާސް ކައިވެނި ރަޖިސްޓަރީ ކުރެވިފައިވާއިރު އެ އަހަރުގެ ތެރޭގައި އަށްހާހަށްވުރެ ގިނަ ވަރި ރަޖިސްޓަރީ ކުރެވިފައިވެއެވެ.

އާއްމު ގޮތެއްގައި ފަލަސްތީނުގައި ވަރި އިތުރުވަނީ ވަޒީފާ ލިބުން ދަތިވުމާއި، ފަގީރު ކަމުގެ ސަބަބުން ކަމަށް ރިޕޯޓުތަކުގައިވެއެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ޓެޑްރީގެ ދެ ވަނަ ފިލްމް "ލަސްވިޔަސް"ގެ ޓީޒާ އާންމު ކޮށްފި

15 ފެބުރުއަރީ 2017
ޓެޑްރީގެ ދެ ވަނަ ފިލްމް "ލަސްވިޔަސް"ގެ ޓީޒާ އާންމު ކޮށްފި
13 ފެބުރުއަރީ 2017

އަކްޝޭ ކުމާރުގެ "ޖޯލީ އެލްއެލް ބީ 2" ޕާކިސްތާނުގައި ދެއްކުން މަނާ

13 ފެބުރުއަރީ 2017
އަކްޝޭ ކުމާރުގެ "ޖޯލީ އެލްއެލް ބީ 2" ޕާކިސްތާނުގައި ދެއްކުން މަނާ
10 ފެބުރުއަރީ 2017

ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި

10 ފެބުރުއަރީ 2017
ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި
05 ފެބުރުއަރީ 2017

"ޑަންގަލް" ގެ ކާމިޔާބީ ފާހަގަ ކޮށްފި

05 ފެބުރުއަރީ 2017
"ޑަންގަލް" ގެ ކާމިޔާބީ ފާހަގަ ކޮށްފި
30 ޖެނުއަރީ 2017

ޑެންޒެލް ވޮޝިންގޓަންގެ ފުރަތަމަ ސެގް އެވޯޑް ކާމިޔާބުކޮށްފި

30 ޖެނުއަރީ 2017
ޑެންޒެލް ވޮޝިންގޓަންގެ ފުރަތަމަ ސެގް އެވޯޑް ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު