Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކޭންސް ފިލްމް ފެސްޓިވަލް

ކޭންސް ފިލްމު ފެސްޓިވަލްގައި އެންމެ ރީތީ އައިޝްވަރިޔާގެ ހެދުން

މިއަހަރުގެ ކޭންސްފިލްމު ފެސްޓިވަލް ކުރިއަށްދާނީ މިމަހުގެ 17 އިން 28 އަށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 21 މެއި 2017 | އާދީއްތަ 15:10
ކޭންސް ފިލްމު ފެސްޓިވަލްގައި އައިޝްވަރިޔާ ބޭނުންކުރި ހެދުން

ކޭންސް ފިލްމު ފެސްޓިވަލްގައި އައިޝްވަރިޔާ ބޭނުންކުރި ހެދުން

މިއަހަރުގެ ކޭންސް ފިލްމު ފެސްޓިވަލްގެ އެންމެ ރީތި ހެދުމަކީ އައިޝްވަރިޔާ ރާއީ ލައިގެން ހުރި ހެދުން ކަމަށް ބުނެ ގިނަ ބަޔަކު ތައުރީފު ކޮށްފިއެވެ.

މިހާރު ފްރާންސްގެ ކޭންސް ގައި ކުރިއަށްދާ ކޭންސް ފިލްމު ފެސްޓިވަލަކީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި ފެށުމަށް ހަމަޖައްސާ ފިލްމާއި ޑޮކިއުމެންޓްރީތައް އިއުލާންކުރުމަށް ބާއްވާ ފެސްޓިވަލެކެވެ. އަދި މި ފެސްޓިވަލްގައި އެކްޓަރުންގެ ހެދުންތައް ވެސް ދައްކާލައެވެ. ކޭންސް ފިލްމު ފެސްޓިވަލްގައި އައިޝްވަރިޔާ ރާއީ މިފަހަރު ލައިގެން ހުރީ ނޫކުލައިގެ ގައުންއެކެވެ. ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި މި ހެދުމަކީ "ޑިޒްނީ ޕްރިންސެސް" ކަހަލަ ހެދުމެކެވެ. ހަތްދިހަވަނަ ކޭންސް ފިލްމު ފެސްޓިވަލްގައި އައިޝްވަރިޔާ ބައިވެރިވެފައިވަނީ ލޯރިއަލް ބްރޭންޑްގެ އެމްބެސެޑަރގެ ހައިސިއްޔަތުންނެވެ. އައިޝްވާރްޔާ އެންމެ ފުރަތަމަ ކޭންސް ފިލްމު ފެސްޓިވަލް ގައި ބައިވެރިވެފައި ވަނީ 2002 ގައެވެ. އެފަހަރު އޭނާ ބައިވެރިވީ ފިލްމް ދޭވްދާސްގެ ތަރިއެއްގެ ހައިސިއްޔަތުންނެވެ.

މިފަހަރުގެ ކޭންސް ފިލްމު ފެސްޓިވަލްވެސް ބާއްވަނީ ފްރާންސްގެ ކޭންސް ގައެވެ.

1949 ވަނަ އަހަރު ކޭންސް ފެސްޓިވަލްގެ ނަމަުގައި ފެށި ފިލްމު ފެސްޓިވަލް މުޅިދުނީޔޭގެ ފިލްމުތަކަށް ހުޅުވާލީ 2002 ވަނަ އަހަރުގައެވެ. އެއަށްފަހު ކޭންސް ފެސްޓިވަލްގެ ނަން ވަނީ ކޭންސް ފިލްމު ފެސްޓިވަލަށް ބަދަލުކޮށްފައެވެ.

2002 ވަނަ އަހަރު ފެށިގެން ކޮންމެ އަހަރަކުވެސް ކުރިއަށްއޮތް އަހަރުގައި ހަދާނެ ފިލްމުތައް އިއުލާންކުރުމަށް ފްރާންސްގެ ކޭންސްގައި ކުލަގަދަ ހަފްލާތައް ބާއްވައެވެ. މިދިޔަ އަހަރު ބާއްވާފައިވާ ކޭންސް ފިލްމު ފެސްޓިވަލް ބާއްވާފައިވަނީމެއި މަހުގެ 11 އިން 22 އަށެވެ.އަދި މިއަހަރުގެ ކޭންސްފިލްމު ފެސްޓިވަލް ކުރިއަށްދާނީ މިމަހުގެ 17 އިން 28 އަށެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
21 ފެބުރުއަރީ 2017

"ޖޮލީ އެލްއެލްބީ 2" އަކްޝޭގެ އެންމެ ކާމިޔާބް ފަސް ފިލްމުގެ ތެރޭގައި ހިމެނިއްޖެ

21 ފެބުރުއަރީ 2017
"ޖޮލީ އެލްއެލްބީ 2" އަކްޝޭގެ އެންމެ ކާމިޔާބް ފަސް ފިލްމުގެ ތެރޭގައި ހިމެނިއްޖެ
12 ފެބުރުއަރީ 2017

ބިރުވެރި ފިލްމު "މޯނާ ޑާރލިން" ނުބެލުމަށް މަހޭޝް ބަޓް އެދެފި

12 ފެބުރުއަރީ 2017
ބިރުވެރި ފިލްމު "މޯނާ ޑާރލިން" ނުބެލުމަށް މަހޭޝް ބަޓް އެދެފި
25 ޖެނުއަރީ 2017

ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

25 ޖެނުއަރީ 2017
ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ
24 ޖެނުއަރީ 2017

ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ

24 ޖެނުއަރީ 2017
 ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު