Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކޭންސް ފިލްމު ފެސްޓިވަލް

ކޭންސް ފިލްމު ފެސްޓިވަލް މެއި 8 އިން މެއި 19 އަށް

މިފަހަރު ކޭންސް ފިލްމު ފެސްޓިވަލް ބާއްވަނީ ފްރާންސްގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 3 އެޕްރީލު 2018 | އަންގާރަ 08:55
ކޭންސް ފިލްމު ފެސްޓިވަލް 2017 ގެ ތެރެއިން ބޮލީވުޑްގެ ތަރި އައިޝްވަރިޔާ ރާއި

ކޭންސް ފިލްމު ފެސްޓިވަލް 2017 ގެ ތެރެއިން ބޮލީވުޑްގެ ތަރި އައިޝްވަރިޔާ ރާއި

މިފަހަރުގެ ކޭންސް ފިލްމު ފެސްޓިވަލް މެއި މަހުގެ 8 އިން 19 ވަނަ ދުވަހާ ހަމައަށް ބާއްވާނެއެވެ.

ކޭންސް ފިލްމު ފެސްޓިވަލަކީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި ފެށުމަށް ހަމަޖައްސާ ފިލްމާއި ޑޮކިއުމެންޓްރީތައް އިއުލާންކުރުމަށް ބާއްވާ ފެސްޓިވަލެކެވެ. އަދި މި ފެސްޓިވަލްގައި އެކްޓަރުންގެ ހެދުންތައް ވެސް ދައްކާލައެވެ.

މިފަހަރުގެ ކޭންސް ފެސްޓިވަލްގައި ރެޑްކާޕެޓް މަތީގައި ސެލްފީ ނެގުން ވަނީ މަނާކޮށްފައެވެ. ކޭންސް ފިލްމު ފެސްޓިވަލްގެ ޑިރެކްޓަރު ތިއެރީ ފްރެމޯކްސް ބުނެފައި ވަނީ ރެޑްކާޕެޓްގައި ސެލްފީ ނެގުން މަނާ ކުރީ ވަގުތު ސަލާމަތްކުރުމަށް ކަމަށާއި އެހެން ހެދުމުން ވަގުތުތައް ސަލާމަތް ވާނެ ކަމަށެވެ. އަދި ސެލްފީ ނަގާއިރު ސެލްފީ ނަގަން މަޑުކޮށްގެން ތިބުމުން ފަހަތުން އަންނަ މީހުންނަށް ކުރިއަށްދާން އުނދަގޫވާ ކަމަށާއި އެހެން ކަމުން އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ބުންޏެވެ.

ކޭންސް ފެސްޓިވަލްގެ ނަމުގައި 1949 ވަނަ އަހަރު ފެށި ފިލްމު ފެސްޓިވަލް މުޅިދުނީޔޭގެ ފިލްމުތަކަށް ހުޅުވާލީ 2002 ވަނަ އަހަރުގައެވެ. އެ އަށް ފަހު ކޭންސް ފެސްޓިވަލްގެ ނަން ވަނީ ކޭންސް ފިލްމު ފެސްޓިވަލަށް ބަދަލުކޮށްފައެވެ. އޭގެ ފަހުން ކޮންމެ އަހަރަކު ވެސް ކުރިއަށް އޮތް އަހަރުގައި ހަދާނެ ފިލްމުތައް އިއުލާންކުރުމަށް ފްރާންސްގެ ކޭންސްގައި ކުލަގަދަ ހަފްލާތައް ބާއްވައެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

"ޖޮލީ އެލްއެލްބީ 2" އަކްޝޭގެ އެންމެ ކާމިޔާބް ފަސް ފިލްމުގެ ތެރޭގައި ހިމެނިއްޖެ

21 ފެބުރުއަރީ 2017
"ޖޮލީ އެލްއެލްބީ 2" އަކްޝޭގެ އެންމެ ކާމިޔާބް ފަސް ފިލްމުގެ ތެރޭގައި ހިމެނިއްޖެ
12 ފެބުރުއަރީ 2017

ބިރުވެރި ފިލްމު "މޯނާ ޑާރލިން" ނުބެލުމަށް މަހޭޝް ބަޓް އެދެފި

12 ފެބުރުއަރީ 2017
ބިރުވެރި ފިލްމު "މޯނާ ޑާރލިން" ނުބެލުމަށް މަހޭޝް ބަޓް އެދެފި
29 ޖެނުއަރީ 2017

އަމްޖޭގެ "ގޯލްޑަން ޖުބިލީ ފިލްމް ފެސްޓިވަލް "2017 ބާއްވަނީ

29 ޖެނުއަރީ 2017
އަމްޖޭގެ "ގޯލްޑަން ޖުބިލީ ފިލްމް ފެސްޓިވަލް "2017 ބާއްވަނީ
25 ޖެނުއަރީ 2017

ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

25 ޖެނުއަރީ 2017
ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ
24 ޖެނުއަރީ 2017

ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ

24 ޖެނުއަރީ 2017
 ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު