Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު "މޯނާ ޑާރލިން"

ބިރުވެރި ފިލްމު "މޯނާ ޑާރލިން" ނުބެލުމަށް މަހޭޝް ބަޓް އެދެފި

ފިލްމު ބެލުންތެރިންނާއި ހަމައަށް އަންނާނީ ފެބްރުއަރީ 24، 2017 ގައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 12 ފެބުރުއަރީ 2017 | އާދީއްތަ 21:13
މަޝްހޫރު ޑައިރެކްޓަރ މަހޭޝް ބަޓް

މަޝްހޫރު ޑައިރެކްޓަރ މަހޭޝް ބަޓް

މި ފެބްރުއަރީ މަހު ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ ބިރުވެރި ފިލްމު "މޯނާ ޑާރލިން" ނުބެލުމަށް މަޝްހޫރު ފިލްމު ޕްރޮޑިއުސަރ މަހޭޝް ބަޓް އެދެފި އެވެ.

އާންމު ގޮތެއްގައި އެއް ފިލްމު އަނެއް ފިލްމެއް ޕްރޮމޯޓް ކުރުމަށް ފިލްމު އިންޑަސްޓްރީގައި ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން އަދި ފިލްމު ސްޓާރުންވެސް މަސައްކަތް ކުރަމުންދާއިރު މަހޭޝް ބަޓް މިހެން ބުނުމަކީ ފިލްމު އިންޑަސްޓްރީގައި ވަރަށް މަދުން ނޫނީ ނުވާ ކަމެއް ކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ.

މަހޭޝް ބަޓް މޯނާ ޑާރލިން މިފިލްމު ނުބެލުމަށް ބެލުންތެރިންގެ ކިބައިން އެދިފައިވާއިރު އޭނާވެސް އަދި މިފިލްމު ބަލާފައެއް ނުވެއެވެ. އަދި މިފިލްމު ނުބެލުމަށް އެދުނީ ވަކި ކޮން ސަބަބަކާއި ހެދި ކަމަށް ހާމަކޮށްފައެއްވެސް ނުވެއެވެ.

މޯނާ ޑާރލިންގެ އެކްޓަރ އަންޝުމަން ޖަރ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މީގެ 26 އަހަރު ކުރިން ނިކުތް މަހޭޝް ބަޓްގެ ސަޑަކް ވެސް ނުބެލުމަށް އޭނާ އަމިއްލައަށް ބެލުންތެރިންގެ ކިބައިން އެދިފައިވާ ކަމަށާއި އެފިލްމު ބަލާނީ އެކަމަށް ކެރިގެން ކަމަށް ވަނީ ބުނެފައެވެ. ސަޑަކް ވަނީ ބޮލީވުޑުގައި ހިޓް ފިލްމުގެ ލިސްޓުގައި ހިމެނިގެންގޮސްފައެވެ.

މޯނާ ޑާރލިންގެ އެކް ތަލާޝްހޭ އަކީ ބިރުވެރިކަމުން ފުރިފައިވާ ލަވައެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެއެވެ.

އަންޝުމަން އިތުރަށް ބުނެފައިވަނީ މަހޭޝް ބަޓް ފިމްލު ނުބެލުމަށް އެދުމުން ވަރަށް ހައިރާންވެ އުފާވެސްވި ކަމަށެވެ. ހައިރާންވީ މޯނާ ޑާރލިން ނުބެލުމަށް އޭނާ ބުމުން ކަމަށާއި އުފާވީ މަހޭޝް އޭނާގެ ސަޑަކް ފިލްމާއި އެއްވަރުގެ ފިލްމެއް ކަމަށް މޯނާ ޑާރލިން ހެދުމުންނެއެވެ.

މޯނާ ޑާރލިން ފިލްމު ޑައިރެކްޓްކޮށް ވާހަކަ ލިޔެފައިވަނީ ސަޝީ ސުޑިގަލާ އެވެ.

ފިލްމުގައި ލީޑް އެކްޓަރ އަދި އެކްޓްރެސްއިން ގޮތުގައި ފެނިގެންދާނީ އަންޝުމަން ޖަރ އާއި ދިވްޔާ މެނޮން، ސުޒާނާ މުކަރްޖީ އަދި ސަންޖޭ ސޫރީ އެވެ.

ފިލްމު ބެލުންތެރިންނާއި ހަމައަށް އަންނާނީ ފެބްރުއަރީ 24، 2017 ގައެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރާއި ދެކޮޅަށް އިހްތިޖާޖްކުރި އިރާންގެ ފިލްމު ޑިރެކްޓަރަށް އޮސްކާ އެވޯޑް ލިބިއްޖެ

27 ފެބުރުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރާއި ދެކޮޅަށް އިހްތިޖާޖްކުރި އިރާންގެ ފިލްމު ޑިރެކްޓަރަށް އޮސްކާ އެވޯޑް ލިބިއްޖެ
27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
21 ފެބުރުއަރީ 2017

"ޖޮލީ އެލްއެލްބީ 2" އަކްޝޭގެ އެންމެ ކާމިޔާބް ފަސް ފިލްމުގެ ތެރޭގައި ހިމެނިއްޖެ

21 ފެބުރުއަރީ 2017
"ޖޮލީ އެލްއެލްބީ 2" އަކްޝޭގެ އެންމެ ކާމިޔާބް ފަސް ފިލްމުގެ ތެރޭގައި ހިމެނިއްޖެ
25 ޖެނުއަރީ 2017

ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

25 ޖެނުއަރީ 2017
ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ
24 ޖެނުއަރީ 2017

ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ

24 ޖެނުއަރީ 2017
 ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު