Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ޖަލްސާ ނުބާއްވާތާނގައި، މައުލޫމާތު ލިބޭނެ ގޮތެއް ވެސް ނެތް!

3 އެޕްރީލު 2018 | އަންގާރަ 08:51

އެންމެފަހުން ޖަލްސާއެއް ބާއްވާފައި ވަނީ މާރޗް މަހުގެ 14 ވަނަ ދުވަހު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 3 އެޕްރީލު 2018 | އަންގާރަ 08:51
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު، ޖަލްސާއެއް ރިޔާސަތުގައި

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު، ޖަލްސާއެއް ރިޔާސަތުގައި

މަޖިލީހުގެ ޖަލްސާތައް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، މަޖިލީހާ ގުޅޭ މައުލޫމާތު ލިބޭނެ ގޮތެއް ވެސް ނެތި، މަޖިލީހުގެ އިދާރާ އިސް މުވައްޒަފުންގެ ފޯނެއް ވެސް ނުނަންގަވައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބާއްވާތާ ގިނަ ދުވަސް ވެފައިވާތީ އާއި ދެން ޖަލްސާއެއް ބާއްވާނެ ދުވަހެއް އޮޅުން ފިލުވުމަށް މަޖިލީހުގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ނިއުޝާ ފާތިމަތަށާއި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދަށް ތަކުރާރުކޮށް އެކި ދުވަސްތަކުގެ މަތިން ގުޅުމުން ވެސް ފޯނަށް ޖަވާބެއް ދެއްވާފައެއް ނުވެއެވެ. އެހެންކަމުން މަޖިލީހާ ގުޅޭ މައުލޫމާތު އޮޅުން ފުލުމުގައި ވަނީ ދަތިތަކެއް ކުރިމަތި ވެފައެވެ.

Advertisement - newsAdvertisement

އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ވަނީ މާރޗް މަހުގެ 14 ވަނަ ދުވަހުއެވެ. އެއީ މިއަހަރުގެ ފުރަތަމަ ދައުރުގެ 10 ވަނަ ޖަލްސާއެވެ. ފުރަތަމަ ދައުރު މި އޭޕްރީލް މަހުގެ ނިޔަލަށް ނިމި، ޖެހިގެން އަންނަ މެއި މަހަކީ މަޖިލިސް ރަސްމީ ޗުއްޓީއަށް ދާ މަހެވެ.

މިއަހަރު ޖަލީހުގެ ޖަލްސާތައް ފަށާފައި ވަނީ ވެސް ދައުރުން ބޭރުން ކަމަށް ބުނެ ދެ ޖަލްސާއެއް ބޭއްވުމަށް ފަހުގައެވެ. އެއީ މިދިއަ ފެބްރުއަރީ މަހު 19 އަދި 20 ވަނަ ދުވަހު ބޭއްވި ހާއްސަ ދެ ޖަލްސާއެވެ. އެ ދެ ޖަލްސާއަކީ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ދެ ޖަލްސާއެވެ. ފެބްރުއަރީ 20 ވަނަ ދުވަހު ބޭއްވި ހާއްސަ ޖަލްސާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށާއި މުއްދަތު އިތުރު ކުރުމަށް މަޖިލީހުން ވަނީ ރުހުންދީފައެވެ.

ނަމަވެސް މަޖިލީހުގެ މެޖޯރިޓީ މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސުންގެ އިތުރުން ކުރީގައި ރާއްޖޭގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނާއި ގާނޫނީ މާހިރުން ވިދާޅުވަނީ ކުއްލި ނުރައްކަލުގެ ހާލުތުގެ މުއްދަތު އިތުރުކުރީ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް ކަމަށެވެ.

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ފެށިފައިވީ ނަމަވެސް އަދި މިއަހަރުގެ ފުރަތަމަ ޖަލްސާ ފެބަރުއަރީ މަހުގައި ފުރަތަމަ އަންނަ ހޯމަ ނުވަތަ ބުރާސްފަތި ދުވަހު ބާއްވަންޖެހޭއިރު މަޖިލީހުން އެކަން ކޮށްފައެއް ނުވެއެވެ. އަދި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާފައި ވަނީ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރޭ އެވެ. އެ ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ރިޔާސީ ބަޔާން އިއްވައި ދެއްވާފައެވެ. އެ ޖަލްސާ ބާއްވާފައި ވަނީ ދަރުބާރު ގޭގައެވެ.

މިއަހަރުގެ އެއްވެސް ޖަލްސާއަކަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ވަޑައިގެންފައެއް ނުވެއެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ޖަލްސާތައް ބޮއިކޮޓްކޮށްފައި ވަނީ މަޖިލީހުގެ ރައީސް ކަމުގެ މަގާމާއި ޖަލްސާތަކުގެ ރިޔާސަތުގައި މަސީހު އިންނަވާތީ ކަމަށް ބުނެއެވެ. މަޖިލީހުގެ މެޖޯރިޓީއަށް ވުރެ ވެސް ގިނަ މެމްބަރުން ސޮއި ކުރައްވައި މަސީހުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހެޅިފަހުން މަސީހު އިންނެވީ މިލިޓަރީ ބޭނުން ކުރައްވައިގެން މަޖިލިސް "ހިސޯރު" ކުރައްވައިގެން ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެއެވެ. މަޖިލީހުގެ މެޖޯރިޓީ މިވަގުތު އޮތީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އަތްމަތީގައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް