Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖޫރީންގެ އިހުތިޖާޖު

އަގު ދެގުނަ ބޮޑުކުރުމަށް ފަހު މަޖޫރީންގެ އިހްތިޖާޖު ނިންމާލައިފި

2 އެޕްރީލު 2018 | ހޯމަ 20:17

20 ކޮންޓެއިނަރެއް ކަނޑައިދޭ އަގު 6000ރ. އަށް ވަނީ ބޮޑުކޮށްފައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 2 އެޕްރީލު 2018 | ހޯމަ 20:17
އެމްޕީއެލްގައި ސަރައްދުގައި މަސައްކަތްކުރާ މަޖޫރީން އިހްތިޖާޖުގައި: އެމީހުން މިހާރު ވަނީ އަލުން މަސައްކަތް ފަށާފައި

އެމްޕީއެލްގައި ސަރައްދުގައި މަސައްކަތްކުރާ މަޖޫރީން އިހްތިޖާޖުގައި: އެމީހުން މިހާރު ވަނީ އަލުން މަސައްކަތް ފަށާފައި

ދުވާލު ގަޑީގައި މާލޭގައި މުދާ ނުއުފުލޭ ގޮތަށް ހަމަޖެއްސުމުން އެކަމާ ހިތްހަމަ ނުޖެހި މަސައްކަތް ހުއްޓާލައިގެން ތިބި މަޖޫރީން އަލުން މަސައްކަތް ފަށައިފި އެވެ. އެމްޕީއެލް ސަރަހައްދުގައި މަސައްކަތްކުރާ މަޖޫރީން ހޯމަ ދުވަހުގެ ރޭ އަލުން މަސައްކަތް ފެށީ އެމީހުން ކުރަމުން އައި މަސައްކަތުގެ އަގު ދެ ގުނަ އަށް ބޮޑު ކުރުމަށްފަހު އެވެ.

އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރާ މަޖޫރީން ބުނި ގޮތުގައި 20 ފޫޓު ކޮންޓެއިނަރެއް ދެން ކަނޑައިދޭ އަގު 6،000ރ. އަށް ވަނީ ބޮޑުކޮށްފަ އެވެ. މީގެ ކުރިން އެ ސައިޒުގެ ކޮންޓެއިނަރއެއް ކަނޑައިދެމުން އައީ 2،500ރ. އަށެވެ. އަދި 40 ފޫޓު ކޮންޓެއިނަރެއް މިހާރު ކަނޑައިދޭނީ 12،000ރ. އަށް ކަމަށް ކަމަށްވާއިރު މީގެ ކުރިން އެ ސައިޒުގެ ކޮޓައިނަރެއް ކަނޑާދެމުން އައީ 5،000ރ. އަށެވެ.

Advertisement - newsAdvertisement

މާލެ ތެރޭގައި މުދާ އުފުލަން ވަކި ގަޑިތަކެއް ހަމަޖެއްސުމުން އެކަމާ ހިތްހަމަނުޖެހި މަޖޫރީން އާދިއްތަ ދުވަހު މަސައްކަތް ހުއްޓާލީ ދެ ސަބަބަކާއި ހުރެއެވެ. އެއް ސަބަބެއް ކަމަށް އެ މީހުން ބުނަނީ ހަމައެކަނި ރޭގަނޑު މުދާ ބޭރުކޮށް، ތަންތަނަށް ގެންގޮސްދޭ ގޮތަށް އޮވެއްޖެ ނަމަ އެ މީހުންނަށް ވަރަށް ބުރަވާނެ ކަމަށެވެ. އެހެންކަމުން އެ ގަޑި ބަދަލުކުރަން އެ މީހުން އެދެ އެވެ. ދެ ވަނަ ސަބަބަކީ، ގަޑި ބަދަލުނުކުރާ ނަމަ، މިހާރު ކޮންޓެއިނަރެއް ހުސްކުރަން ނަގާ އަގު ބޮޑުކުރުމެވެ. ނަމަވެސް އަގު ބޮޑުކުރާކަށް ވިޔަފާރިވެރިން ބޭނުމެއް ނުވެ އެވެ.

ރާއްޖެއެމްވީއާއި ވާހަކަ ދެއްކި ބައެއް މަޖޫރީން ބުނީ، މި ބަދަލާއި އެއްގޮތަށް މަޖޫރީންގެ މަސައްކަތުގެ ވަގުތުތައް ވެސް ކަނޑައަޅައި ރީތިކޮށް ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރެވެން އެބައޮތް ކަމަށް ދެކޭ ކަމަށެވެ. އެކަމަކު މިހާރު ކަން އޮތް ގޮތުން އަބަދުހެން އެމްޕީއެލް ސަރަހައްދުގައި މުދާ އުފުލުމަށް އެފަރާތްތަކުން 18 ގަޑިއިރެއްހާއިރު އުޅެން ޖެހިދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އާއިލާއާއި އެހެނިހެން ދިރިއުޅުމުގެ ކަންކަމަށް ބުރޫ އަރާނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

މަޖޫރީން މަސައްކަތް ހުއްޓާލައި އިހުތިޖާޖު ކުރުމުގެ ސަބަބުން މުދާ ކްލިއަރ ނުކުރެވިފައި ހުރި ވިޔަފާރިވެރިއަކު ބުނިގޮތުގައި އިހުތިޖާޖުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިދާނެއެވެ.އޭނާ ބުނީ އިއްޔެ ވެސް ބަނދަރުން ބޭރުކުރެވުނީ ވަރަށް މަދު ކޮންޓޭނަރެއްގެ މުދާ ކަމަށެވެ.

ކޮންޓެއިނަރުތައް ބޭރު ނުކުރެވި ތާށިވަމުންދާނަމަ ބާޒާރުގައި ވިއްކާ މުދާ މަދުވެ ތަކެއްޗަށް ޖެހުމަކީ ވެދާނެގޮތެއް ކަމަށް ބައެއް ވިޔަފާރިވެރިން ފާހަގަ ކުރިއެވެ.

އެގޮތުން ފިޔާ އަލުވި ކަހަލަ އެއްޗެހި މަދުވެއްޖެ ނަމަ އަގު ބޮޑުވެ، އާންމު ދިރިއުޅުމަށް ދަތިތައް ކުރިމަތިވުމަކީ ގާތް ކަމެކެވެ. އަދި ކުރިއަށް އޮތީ ރޯދަމަސް ކަމަށް ވުމާއިއެކު، މި މައްސަލައަށް އަވަސް ހައްލެއް ނުގެނެވިއްޖެނަމަ ވިޔަފާރި މުދާ ބާޒާރަށް ނެރުމުގައި ވަރަށް ބޮޑެތި ދަތިތަކަކާއި ކުރިމަތި ވުމަކީ ވެދާނެ ގޮތެކެވެ. އަދި މިހާރު އަލުން މަސައްކަތް އަގު ބޮޑުކޮން ކުރާން ފެށުމުން މުދަލުގެ އަގުތަކަށް ބަދަލު އަންނާނެ ކަމަށް ވެސް ބެލެވެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް