Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއާނޯލްޑް

އާނޯލްޑްގެ ހާލު ރަނގަޅު

2 އެޕްރީލު 2018 | ހޯމަ 05:34

އާނޯލްޑް ވަނީ މީގެ ކުރިން ވެސް ހިތުގެ އޮޕަރޭޝަނެއް ކޮށްފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 2 އެޕްރީލު 2018 | ހޯމަ 05:34
އާނޯލްޑް

އާނޯލްޑް

މަޝްހޫރު އެކްޓަރ އާނޯލްޑް ޝްވާޓްޒްނިގާ ހިތުގެ އޮޕަރޭޝަނެއް ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

އެމެރިކާގެ ކެލެފޯނިއާގައި 2003 އިން 2011 ވަނަ އަހަރާ ހަމައަށް ގަވަރނަރުކަން ވެސް ކުރި އާނޯލްޑް ހިތުގެ އޮޕަރޭޝަނެއްކޮށްފައި ވަނީ އޭނާގެ ހިތަށް މީގެ ކުރިން ލައްވާފައިވާ "ވަލްވް" ޑިވައިސް ބަދަލުކުރުމަށެވެ.

އުމުރުން މިހާރު 70 އަހަރުގެ އާނޯލްޑްގެ ހިތަށް ވަލްވް ލައްވާފައި ވަނީ 1997 ވަނަ އަހަރު މެކްސިކޯގައެވެ. އާނޯލްޑް ނެރެފައިވާ ސްޓޭޓްމަންޓެއްގައި ބުނެފައި ވަނީ އޭނާ މިހާރު "ސްޓޭބަލް" ކަމަށެވެ.

"އަހަންނަށް ފީލް ވަނީ މީގެ 20 އަހަރު ކުރިން ހެދި ސާޖަރީ ގޮތަށް މާ ބޮޑު ތަފާތެއް ނެތް. އަހަރެން މިހާރު ސްޓޭބަލް" އަނޯލްޑްގެ ސްޓޭޓްމަންޓުގައި ބުނެފައިވެއެވެ.

އާނޯލްޑް ބުނެފައި ވަނީ އޭނާ މިހާރު ކުރިއެކޭ އެއްގޮތަށް ކަސްރަތުކޮށް ޖިމްއަށް ދާ ކަމަށެވެ.

" ކޮންމެ ދުވަހަކު ވެސް ފަތިހު 5 ޖަހާއިރު އަހަރެން ހޭލަން. ހޭލައިގެން ބައިސްކަލުގައި ދަނީ ޖިމްއަށް. ކޮންމެ ދުވަހަކު ވެސް އެއް ގަޑިއިރަށް ޖިމްއަށް ގޮސް ހިނގަން. ހެނދުނުގެ ސައި ބޮނީ އެއަށް ފަހު،" އާނޯލްޑް ޓީއެމްޒެޑްއަށް ދީފައިވާ އިންޓަވިއުއެއްގައި އޭނާ ބުނެފައި ވެއެވެ.

އޮސްޓްރިޔާއަށް އުފަން އާނޯލްޑްއަށް ވަނީ އޭނާގެ އުމުރުން 20 އަހަރުގައި މިސްޓަރ ޔުނިވާސްގެ މަގާމު ލިބިފައެވެ. މީގެ އިތުރުން މިދިޔަ މޭ މަހު ފްރާންސްގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ މީހުނަށްދޭ އެންމެ ޝަރަފުވެރި މެޑަލް ވެސް އޭނާއަށް ވަނީ ލިބިފައެވެ. ހޮލީވޫޑްގައި އޭނާ ވަނީ މަޝްހޫރު ގިނަ ފިލްމަތަކެއް ކުޅެފައެވެ. އަދި ގަވަރުނަރުކަމާ ހަވާލުވުމަށް ފަހު ދުވަސްތަކެއްގެ މެދުކެނޑުމެއް ދިޔަ ނަމަވެސް އޭނާ ވަނީ އަލުން އެނބުރި އައިސް ފިލްމް ކުޅެން ފަށާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2017

ތޫފާނުގައި ހާލުގައި ޖެހުނު މީހުންނަށް ޖެނިފާ އެނިސްޓަން އެއް މިލިއަން ޑޮލަރު ހަދިޔާ ކޮށްފި

15 އޮކްޓޯބަރު 2017
ތޫފާނުގައި ހާލުގައި ޖެހުނު މީހުންނަށް ޖެނިފާ އެނިސްޓަން އެއް މިލިއަން ޑޮލަރު ހަދިޔާ ކޮށްފި
04 އޮކްޓޯބަރު 2017

ތޫފާނު އިރްމާގައި ހާލުގައި ޖެހުނު މީހުންނަށް ލޭޑީ ގާގާ އެއް މިލިއަން ޑޮލަރު ހަދިޔާކުރަނީ

04 އޮކްޓޯބަރު 2017
ތޫފާނު އިރްމާގައި ހާލުގައި ޖެހުނު މީހުންނަށް ލޭޑީ ގާގާ އެއް މިލިއަން ޑޮލަރު ހަދިޔާކުރަނީ
23 އޯގަސްޓު 2017

އެކްޓުގެ ހުނަރު ރަނގަޅުވެއްޖެ ނަމަ ކޮންމެ ފިލްމެއްވެސް ހިނގާނެ: އާރު މާދަވަން

23 އޯގަސްޓު 2017
އެކްޓުގެ ހުނަރު ރަނގަޅުވެއްޖެ ނަމަ ކޮންމެ ފިލްމެއްވެސް ހިނގާނެ: އާރު މާދަވަން
06 އޯގަސްޓު 2017

"ޖަބް ހެރީ މެޓް ސޭޖަލް" ފެށުން ރަނގަޅުކޮށްފި

06 އޯގަސްޓު 2017
"ޖަބް ހެރީ މެޓް ސޭޖަލް" ފެށުން ރަނގަޅުކޮށްފި
30 ޖުލައި 2017

ފެންބޮޑުވުމުގެ ހާދިސާގައި ހާލުގައި ޖެހިފައި ތިބި މީހުނަށް އެހީވުމަށް އާމިރު ގޮވާލައިފި

30 ޖުލައި 2017
ފެންބޮޑުވުމުގެ ހާދިސާގައި ހާލުގައި ޖެހިފައި ތިބި މީހުނަށް އެހީވުމަށް އާމިރު ގޮވާލައިފި
02 ޖުލައި 2017

ފިލްމު ހަދަން ބޭނުންކުރާ އިކިއުޕްމަންޓްތަކަކީ ފެންވަރު ރަނގަޅު ތަކެއްޗަށް ވާންޖެހޭ: ސީޒަން

02 ޖުލައި 2017
ފިލްމު ހަދަން ބޭނުންކުރާ އިކިއުޕްމަންޓްތަކަކީ ފެންވަރު ރަނގަޅު ތަކެއްޗަށް ވާންޖެހޭ: ސީޒަން
10 މެއި 2017

ރަނގަޅު ސްކްރިޕްޓެއް ނެތި "އާޝިގީ3" ނެރެވޭކަށް ނެތް: މޯހިތު

10 މެއި 2017
ރަނގަޅު ސްކްރިޕްޓެއް ނެތި "އާޝިގީ3" ނެރެވޭކަށް ނެތް: މޯހިތު
10 އެޕްރީލު 2017

ބައްޕަގެ ހާލު މިހާރު ރަނގަޅު:އަކްޝޭ ކަންނާ

10 އެޕްރީލު 2017
ބައްޕަގެ ހާލު މިހާރު ރަނގަޅު:އަކްޝޭ ކަންނާ
10 މާރިޗު 2017

އައިޝްވަރިޔާގެ ބައްޕަގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެނީ

10 މާރިޗު 2017
އައިޝްވަރިޔާގެ ބައްޕަގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެނީ
22 ފެބުރުއަރީ 2017

"ގާޒީ" ފެށުން ރަނގަޅުކޮށް ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދައިފި

22 ފެބުރުއަރީ 2017
"ގާޒީ" ފެށުން ރަނގަޅުކޮށް ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް