Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއަލީ ސީޒަން

ފިލްމު ހަދަން ބޭނުންކުރާ އިކިއުޕްމަންޓްތަކަކީ ފެންވަރު ރަނގަޅު ތަކެއްޗަށް ވާންޖެހޭ: ސީޒަން

ފިލްމީ ދާއިރާ ކުރިއަރާނީ ހަރުދަނާ ގާނޫނެއް ހެދިގެން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 2 ޖުލައި 2017 | އާދީއްތަ 03:49
އަލީ ސީޒަން

އަލީ ސީޒަން

ރާއްޖޭގައި މިހާރު ފިލްމު ހަދަން ބޭނުންކުރާ އިކިއުޕްމަންޓް ތަކަކީ ފެންވަރު ރަނގަޅު ތަކެއްޗަށް ވާންޖެހޭ ކަމަށް ފިލްމީ ތަރި އަލީ ސީޒަން ބުނެފިއެވެ.

ރާއްޖެޓީވީގެ ކުލަ ސްކްރީން ޕްރޮގްރާމުގައި ސީޒަން ބުނީ ރާއްޖޭގައި މިހާރު ބޭނުންކުރާ ސާމާނުތަކުން ސްކްރީން ފިލްމެއް ހެދި ނަމަވެސް، އެންމެ ފުރިހަމަ އަށް ރީތިކަމެއް ނާންނާނެ ކަމަށެވެ. ބޭރު ގައުމުތަކުގައި ފިލްމު އިންޑަސްޓްރީގައި ބޭނުންކުރާ ސާމާނުތަކުން ސްކްރީން ފިލްމުތަކުގެ ރީތިކަން ފެނިގެންދާނެ ކަމަށް ވެސް ސީޒަން ބުންޏެވެ.

އެއީ ރާއްޖޭގެ ފިލްމުތަކާއި ބޭރު ފިލްމުތަކުގެ ތަފާތު ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރު ލިބެން މިހުރި އެއްޗިއްސަކީ މީކީއެއް ފިލްމެއް، ސްކްރީން ފިލްމެއް ބޭރު ގައުމުތަކުގައި ހެދީމަ މި އިންނަ ލުކް އެއެއްޗެއް އަޅުގަނޑުމެންނަކަށް ނުލިބޭނެ،" ސީޒަން ބުންޏެވެ.

ފިލްމު "ނޯޓީ40" ގެ އެންމެ ފަހުގެ ޝޫޓިން ނިންމާލުމަށް މާލެ އައިސްފައިވާ ސީޒަން ބުނީ ރާއްޖޭގެ ފިލްމީ ދާއިރާ ކުރިއަރާނީ ހަރުދަނާ ގާނޫނެއް ހެދިގެން ކަމަށެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ފިލްމީ ދާއިރާގައި މަސައްކަތް ކުރަން ތިބި މީހުންނަށް މަސައްކަތް ކުރާނެ މަގު ތަނަވަސްކޮށްދެވިގެން ކަމަށް ސީޒަން ބުންޏެވެ.

ސީޒަންގެ ޑައިރެކްޝަންގައި ލަންކާ ފިލްމެއްވެސް މިހާރު ވަނީ ސިނަމާތަކަށް އައުމުގެ މަގުމަތީގައެވެ. ސީޒަން ބުނީ ފިލްމުގެ ބާކީ ހުރީ އެޑިޓިން މަސައްކަތާއި ޑަބިން އަދި ލަވައިގެ މަސައްކަތް ކަމަށެވެ. އެހެން ނަމަވެސް ފިލްމު ސިނަމާތަކަށް އަންނާނެ ތާރީޚެއް އަދި ނުނިންމާ ކަމަށް އޭނާ ބުންޏެވެ.

"ވީހާވެސް އަވަހަކަށް އެޑިޓިން ނިންމާފަ ޑަބިންއާ ދެން ލަވައިގެ މަސައްކަތަށް ދާންވީ. ދެން އެހެން ނަމަވެސް ހުރިހާ ކަމެއް އެބަ އާދޭ އެޑިޓިންގަ ވެސް ދިވެހި ފިލްމަކާ ލަންކާ ފިލްމަކާ ހުރި ތަފާތު. އެއީ ވަރަށް ގިނަ ފަހަރަށް އެޑިޓްކުރުމަށް މެޓީރިއަލްވެސް ބަލަން އެބަޖެހޭ. ޝޫޓް ކުރާއިރު އެސިސްޓެންޓް ޑައިރެކްޓަރުންގެ ތެރޭގައިވެސް އެބަހިމެނޭ 2 މީހުން. އެދެ މީހުން ނެތިއްޔާ އެބައާދޭ ބައެއްފަހަރު ކުދި ކުދި އުނދަގޫތަކެއްވެސް. ވަރަށް ޓައިމް ނަގައިގެން ކޮންމެ މަސައްކަތެއްވެސް ކުރަން މިޖެހެނީ. "ސީޒަން ބުންޏެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

"ޖޮލީ އެލްއެލްބީ 2" އަކްޝޭގެ އެންމެ ކާމިޔާބް ފަސް ފިލްމުގެ ތެރޭގައި ހިމެނިއްޖެ

21 ފެބުރުއަރީ 2017
"ޖޮލީ އެލްއެލްބީ 2" އަކްޝޭގެ އެންމެ ކާމިޔާބް ފަސް ފިލްމުގެ ތެރޭގައި ހިމެނިއްޖެ
12 ފެބުރުއަރީ 2017

ބިރުވެރި ފިލްމު "މޯނާ ޑާރލިން" ނުބެލުމަށް މަހޭޝް ބަޓް އެދެފި

12 ފެބުރުއަރީ 2017
ބިރުވެރި ފިލްމު "މޯނާ ޑާރލިން" ނުބެލުމަށް މަހޭޝް ބަޓް އެދެފި
26 ޖެނުއަރީ 2017

ދުންފަތުގެ އިސްތިޢުމާލު ކުރުމާއި މަސްތުވާތަކެތި ބޭނުންކުރާ ސީންތަކެއް ނުދެއްކޭނެ: ސެންސަރު ބޯޑް

26 ޖެނުއަރީ 2017
ދުންފަތުގެ އިސްތިޢުމާލު ކުރުމާއި މަސްތުވާތަކެތި ބޭނުންކުރާ ސީންތަކެއް ނުދެއްކޭނެ: ސެންސަރު ބޯޑް
25 ޖެނުއަރީ 2017

ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

25 ޖެނުއަރީ 2017
ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ
24 ޖެނުއަރީ 2017

ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ

24 ޖެނުއަރީ 2017
 ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު