Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުޚީ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

1 އެޕްރީލު 2018 | އާދީއްތަ 19:37

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީންސުރެ ވަކިބަޔަކާމެދު ގެންދަވަނީ ތަފާތު ކުރައްވަމުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 1 އެޕްރީލު 2018 | އާދީއްތަ 19:37
ފާތިމަތު ދިޔާނާ ސައީދު

ފާތިމަތު ދިޔާނާ ސައީދު

ބައިނަލްއަޤްވާމީ ކްރިމިނަލް ކޯޓަށް ރައީސް ޢަބްދުﷲ ޔާމީނާއި މިސަރުކާރުގެ ވެރިން ގެނދެވިދާނެ ފަދަ ކަންކަން ކޮށްފައިވާކަމަށް ސާކްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ބަންޑާރަ ނައިބުކަން ވެސް ކުރައްވާފައިވާ ޤާނޫނީ ވަކީލް ދިޔާނާ ސައީދު ، ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި އާދީއްތަ ދުވަހުގެ ރޭ ވިދާޅުވީ ދުނިޔޭގެ ކްރިމިނަލް ކޯޓަށް ގެންދެނީ ބޮޑެތި ޤަތްލު ޢާއްމު ތަކާއި އިންސާނިއްޔަތާ ޚިލާފް ވަރަށް ބޮޑެތި ޖަރީމާތައް ހިންގުމުން ކަމަށެވެ. ނަމަވެސް ރައްޔިތުންނާމެދު ބޮޑެތި ތަފާތު ކުރުންތައް ގެންގުޅެ ބަޔަކާމެދު ނާއިންސާފުން ކަންކުރާނަމަވެސް އެކޯޓަށް ހާޒިރު ކުރެވޭނެ ކަމަށް ދިޔާނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ދިޔާނާ ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީންސުރެ ވަކިބަޔަކާމެދު ގެންދަވަނީ ތަފާތު ކުރައްވަމުން ކަމަށާއި ވަކިބަޔަކަށް ކަނޑައެޅިގެން ފުރައްސާރަކުރުން ތަކުރާރު ކުރަމުން ކަމަށެވެ. އެއީ ރައީސް ޔާމީނާއި މިސަރުކާރު ދުނިޔޭގެ ކްރިމިނަލް ކޯޓަށް ގެންދެވިދާނެ ކަމެއް ކަމުގައި ދިޔާނާ ވިދާޅުވިއެވެ.

"އައިސީސީއަށް މިހާރު މިސަރުކާރު ގެންދެވިދާނެ. އެއީ ބަޔަކާމެދު ތަފާތުކުރުންތައް ބާއްވައިގެން ވަކިބަޔަކު ހެރެސް ކުރަމުންދާތާ މިހާރު ކިތައްމެ ދުވަހެއް. އެކަމަށް ބަލާއިރު ދުނިޔޭގެ ކޯޓަށް މިސަރުކާރު ގެންދެވޭނެ" ދިޔާނާ ވިދާޅުވިއެވެ.

ޤާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ވެސް އުޅުއްވި ދިޔާނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް ނެރުނީ އޮޅުވާލައިގެންނޭ ބުނެވޭނެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށާއި އެކަން އެހެން ނުކުރެވޭނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ކޮންމެ ފަނޑިޔާރަކަށްވެސް އެފަނޑިޔާރަކު ދެކޭ ގޮތް ނުވަތަ ތަފާތު ރައުޔު ވަކިން ލިޔެ ނެރުމުގެ ބާރު އޮންނާނެ ކަމަށާއި އަމުރު ނެރުނީ ތިންފަނޑިޔާރުންނަށް އޮޅުވާލައިގެންނޭ ބުނާނަމަ ދައުލަތަށް އެބުނެވެނީ ތިން ފަނޑިޔާރުން ފަނޑިޔާރު ކަމަށް ތަސައްރަފް ނުފުދެނީ ކަމަށް ކަމަށެވެ. އެއީ ދެއްކޭނެ ވާހަކައެއް ނޫން ކަމަށް ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ ވިދާޅުވީ އަމުރު ނެރުއްވި ފަސް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކަށް ތުހުމަތެއް ކުރެވުނަސް ފެބްރުއަރީ 1 ގެ އަމުރު ސައްޙަ ވާނެ ކަމަށާއި އެތުހުމަތު ސާބިތުވިއަސް އެހުކުމްގެ ސައްޙަ ކަމެއް ނުގެއްލޭނެ ކަމަށެވެ.

ދިޔާނާ ވިދާޅުވީ ފުރާޅު ނަގައިގެން ދަމާ ކޫއްތާފައި ގެންގޮސް އެފަނޑިޔާރުން މިހާރު ބައިތިއްބާފައި ތިބި ގޮތުން ސުޕްރީމް ކޯޓު އެއޮތީ ވަރަށް ބިރުވެރިކަމެއްގައި ކަމަށާއި މިހާރު އެކޯޓު އެއޮތީ މަޖްބޫރީ ހާލަތެއްގައި ކަމަށެވެ. މިނިވަންކަމާއެކު ކަމެއް ކުރުމަށް އެކޯޓަށް ބޭނުންވާ އުންސުރުތަކެއް މިހާރަކު ނެތް.ކަމަށް ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ ވިދާޅުވީ ހުކުމަށްފަހު ދެފަނޑިޔާރުން ހައްޔަރުކޮށް އަނެއް ތިންފަނޑިޔާރުން ލައްވާ އެހުކުމުގެ ބައިތަކެއް ނުހިފެހެއްޓޭނެ ކަމަށާއި އެއަމުރު ނެރުމާއި އެއަމުރު ނެރުނު ފަނޑިޔާރުން ހައްޔަރު ކުރުމާ ދެމެދު އެހެން ކަމެއް ހިނގާފައެއް ނުވުމަކީ އެފަދަ ހާލަތެއް ނައުން ކަމަށް ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުގެއްގެ ސަބަބުން ޤައުމީ ސަލާމަތައް ނުރައްކަލެއް ނުވާނެ ކަމަށާއި ސަރުކާރަށް ބަލައިގަނެވޭ އަމުރަކަށް އެ އަމުރު ނުވުމުމަކީ، ގާނޫނު އަސާސީއާ ހިލާފު ކަންތައްތަކެއް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ރައީސުލް ޖުމްހޫރިއްޔާއަށް ކަންބޮޑުވާވަރުގެ ކަމެއް ދިމާވުމަކީ ސުޕްރީމް ކޯޓުގެ ހުކުމެއް ގޯސްވާން ޖެހޭ ސަބަބެއް ނޫން ކަމަށާއި ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެޤައުމުގެ ރައީސުލް =ޖުމްހޫރިއްޔާ ހިތްހަމަ ނުޖެހޭވަރުގެ ހުކުމްތައް ނެރޭ ކަމަށެވެ. އެޤައުމުތަކުން މިގޮތަށް ޤާނޫން އަސާސީއާ ޚިލާފަށް އެސްއޯއީ އިއުލާންކޮށް ފަނޑިޔާރުން ހައްޔަރު ނުކުރާކަމަށް ދިޔާނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް