Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބޮޓްސްވާނާ

ބޮޓްސްވާނާގެ އައު ރައީސް މަސީސީ މަގާމުގެ ހުވާ ކުރައްވައިފި

މަސީސީ އެމަގާމަށް އައްޔަން ކޮށްފައިވަނީ ކުރީގެ ރައީސް ޚާމާގެ ރިޔާސީ ދެ ދައުރު ފުރިހަމަ ވުމާއި ގުޅިގެން

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 1 އެޕްރީލު 2018 | އާދީއްތަ 14:47
ބޮޓްސްވާނާގެ އަައު ރައީސް މޮގްވީޓްސީ މަސީސީ އަދި އަނބިކަނބަލުން ނިއޯ މަސީސީ

ބޮޓްސްވާނާގެ އަައު ރައީސް މޮގްވީޓްސީ މަސީސީ އަދި އަނބިކަނބަލުން ނިއޯ މަސީސީ

ވަޒީފާ ނެތް މީހުންގެ އަދަދު މަދު ކުރައްވާނެ ކަމުގެ ވައުދާއެކު، ބޮޓްސްވާނާގެ އައު ރައީސް މޮގްވީޓްސީ މަސީސީ މަގާމުގެ ހުވާ ކުރައްވައިފި އެވެ.

ބޮޓްސްވާނާގެ ރައީސްގެ މަގާމަށް މަސީސީ އައްޔަން ކޮށްފައިވަނީ، 5 އަހަރުގެ ރިޔާސީ ދެ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު ކުރީގެ ރައީސް އިއާން ޚާމާ މަގާމުން ވަކިވެވަޑައިގަތުމާއި ގުޅިގެންނެވެ.

ބޮޓްސްވާނާގެ ގާނޫނު އަސާސީގެ ދަށުން އެގައުމުގައި އެކަކަށް ވެރިކަން ކުރެވޭނެ އެންމެ ދިގު މުއްދަތަކީ 10 އަހަރެވެ.

ކުރީގެ ރައީސް ޚާމާގެ ދައުރު ހަމަވުމާއެކު، ކުރިން ނައިބު ރައީސްގެ މަގާމުގައި ހުންނެވި މަސީސީ އޮޓޮމެޓިކުން ރައީސް ކަމުގެ މަގާމަށް އައްޔަން ކޮށްފައިވާއިރު، އަންނަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެގައުމުގެ އާއްމު އިންތިޚާބު ކާމިޔާބު ކުރައްވާ، އެގައުމުގައި ވެރިކަން ކުރާ ބޮޓްސްވާނާ ޑިމޮކްރެޓިކް ޕާޓީ (ބީޑީޕީ) އަށް އިތުރު ފަސް އަހަރުގެ ދައުރެއް ހޯއްދަވާނެ ކަމަށް ބެލެވެއެވެ.

އެފްރިކާ ބައްރުގެ އެންމެ ސުލްހަވެރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ބޮޓްސްވާނާ އަކީ، އެ އެސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ހެޔޮ ވެރިކަމާއި ގާނޫނުގެ ވެރިކަން ނެގެހެއްޓުމުގައި ނަމޫނާ ގައުމެކެވެ. އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެގައުމުގެ އާއްމު އިންތިޚާބުގެ 18 މަސް ކުރިން، އެގައުމުގެ ވެރިކަން ބަދަލުވުމުގެ ކަންކަން ހިނގާ ގޮސްފައިވަނީ އަމާން އޮމާން ކަމާއެކުގައެވެ.

ބޮޓްސްވާނާ އަކީ އެފްރިކާ ގައުމުތަކުގެ ތެރެއިން ކޮރަޕްޝަން އެންމެ މަދު ގައުމުގެ ގޮތުގައި ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން ކޮންމެ އަހަރަކު ނެރޭ ދުނިޔޭގެ ކޮރަޕްޝަން އިންޑެކްސްގައި ލިސްޓު ކޮށްފައިވާ ގައުމެކެވެ.

ވަޒީފާ ނެތް މީހުންގެ ނިސްބަތް އިތުރުވުމާއި، އެއިޑްސްގެ ބަލިމަޑުކަން ފެތުރޭ ނިސްބަތް އިތުރުވުމަކީ އެގައުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.

ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ދެއްވި ރިޔާސީ ޚިތާބުގައި ރައީސް މަސީސީ ވިދާޅުވީ، ބޮޓްސްވާނާގެ ކާމިޔާބީގެ ސިއްރަކީ ކުރީގެ ވެރިން ދަމަހައްޓަމުން އައި ސުލްހަވެރިކަމާއި އަމާންކަން ކަމަށެވެ.

އަދި ރިޔާސީ ދައުރުގައި އެންމެ އިސްކަމެއް ދެއްވާނީ ޒުވާނުންގެ މެދުގައި ވަޒީފާ ނެތް މީހުންގެ މިންވަރު ކުޑަ ކުރުން ކަމަށް މަސީސީ ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވަނީ، އެގައުމުގައި އެއިޑްސް ފެތުރުން ހުއްޓުވުމާއި، އެޗްއައިވީ އަށް ދޭ ފަރުވާގެ ފެންވަރު ރަނގަޅު ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

އުމުރުފުޅުން 55 އަހަރުގެ މަސީސީ އަކީ ކުރީގެ ރައީސް ޚާމާގެ އަރިސް ބޭފުޅެކެވެ.

އެމެރިކާ އިން ތައުލީމް ހާސިލް ކުރައވާފައިވާ ކުރީގެ ޓީޗަރެއް ކަމަށްވާ މަސީސީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް އެންމެ ފުރަތަމަ އިންތިޚާބު ވެވަޑައިގެންފައި ވަނީ 2009 ވަނަ އަހަރު އެވެ. 2011 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް އެގައުމުގެ މިނިސްޓަރ އޮފް ޕްރެޒިޑެންޝަލް އެފެއަރޒް އެންޑް ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ މަގާމު އަދާ ކުރައްވާފައިވާ މަސީސީ އަކީ 2014 ވަނަ އަހަރުން ފެށިގެން އެގައުމުގެ އެޑިއުކޭޝަން މިނިސްޓަރެވެ. އެގައުމުގެ ނައިބު ރައީސްގެ މަގާމަށް މަސީސީ އައްޔަން ކުރައްވާފައި ވަނީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ބޮޓްސްވާނާގެ އާއްމު އިންތިޚާބު 2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެގައުމުގެ އިދިކޮޅު ހަތަރު ޕާޓީ އަކުން ވަނީ އިންތިޚާބުގައި އިދިކޮޅު ޕާޓީތަކުން އިއްތިހާދެއްގެ ގޮތުގައި މަސައް ކުރާނެކަން ހާމަކޮށްފައެވެ. އިނގިރޭސިންގެ އަތްދަށުން 1966 ވަނަ އަހަރު ބޮޓްސްވާނާ މިނިވަންވި ފަހުން އެގައުމުގައި ވެރިކަން ކުރަމުން ދަނީ ބޮޓްސްވާނާ ޑިމޮކްރެޓިކް ޕާޓީ (ބީޑީޕީ) އިންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!

ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!

03 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު