Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިސްޓަރު ތޯރިގު

ގައުމަށް ވަންނަ ލާރިން އެކަނި މަސައްކަތް ކޮށްލަ ކޮށްލާ ތިބޭކަށް ބޭނުމެއް ނޫން: ތޯރިގް

1 އެޕްރީލު 2018 | އާދީއްތަ 10:06

ސަރުކާރުން ހިންގާ މަޝްރޫއުތަކުގައި ބޮޑެތި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް މީގެކުރިންވެސް ވަނީ ފެންމަތިވެފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 1 އެޕްރީލު 2018 | އާދީއްތަ 10:06
ތިން ރަށެއްގެ ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ބަޔަކާއި ހަވާލު ކުރަނީ

ތިން ރަށެއްގެ ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ބަޔަކާއި ހަވާލު ކުރަނީ

ދިވެހިރާއްޖެއަށް ވަންނަމުންދާ ފައިސާއިން އެކަނި މަސައްކަތް ކޮށްލަ ކޮށްލާ ތިބެން ބޭނުމެއް ނޫން ކަމަށާއި ބޭރުގެ އެހީތަކާއި ލޯނުތައް ނަގައިގެން ތަރައްގީގެ މަޝްރޫއުތައް ހިންގުމަކީ މިސަރުކާރުގެ އަމާޒު ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ތިން ރަށެއްގެ ނަރުދަމާގެ ލޭބަރ މަސައްކަތް ކުރުމުގެ މަޝްރޫގެ އެއްބަސްވުމުގައި ސޮއި ކުރުމަށް އާދިއްތަ ދުވަހު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގް ގެ އިތުރުން މިރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ވަނީ ތަކުރާރުކޮށް، ރައީސް ޔާމީންގެ ނަންފުޅު ވިދާޅުވެ ރައީސް ޔާމީންއަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

Advertisement - newsAdvertisement

މީގެއިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ފާޑު ވިދާޅުވެ، ރައީސް ޔާމީންގެ ސަރުކާރާއެކު ރައްޔިތުން ތިބުމަށާއި ދެވަނަ ދައުރަކަށް ރައީސް ޔާމީން އިންތިހާބު ކުރަންޖެހޭކަމަށް ވެސް މި ރަސްމިއްޔާތުގައި ބަރިވެރިވެވަޑައިގެންނެވި ސަރުކާރުގެ އިސްވެރިން ގޮވާލައްވައިފައިވެއެވެ.

"އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވާ މުހިއްމު އެއް ވާހަކައަކީ އަޅުގަނޑުމެން ހައިރާންވެޔޭ ކުރީގެ ރައީސް ނަޝީދު ކަންކުރައްވާގޮތުން. އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ވަރަށް ބޮޑު ބައެއް، އަޅުގަނޑުމެން ސަރުކާރުން ފައިސާ ހޯދައިގެން، ސަރުކާރުގެ ޕީއެސްއައިޕީގެ ބަޖެޓުންނާއި އަދި އަޅުގަނޑުމެންނަށް ލިބޭ އެހީއާއި އޭގެ އިތުރަށް ސަރުކާރުން ލޯނު ނަގައިގެން މިކުރަމުންދާ މަސައްކަތެއް. އެއްވެސް ސަރުކާރެއްގައި އަޅުގަނޑުމެން ބަލާލާކަމަށްވަންޏާމު، މީގެކުރިން ބައްލަވާ ރާއްޖޭގައި ލޯނު ނަގައިގެން ރައްޔިތުންނަށް ބޭނުންވާ މުހިއްމު މަސައްކަތް ކުރެވިފައި ހުރިތޯ، މިހާ ބޮޑު އަދަދަކަށް. އެހެންނަމަވެސް މިސަރުކާރުން، ރައީސް ޔާމީން މިކަންތައްތައް މިކޮށްދެއްވަނީ އަޅުގަނޑުމެން ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ މުހިއްމު މަސައްކަތްތައް ފުރިހަމަ ކޮށްދޭން ވެގެން. ކުރީގެ ސަރުކާރުތަކުން މިކަހަލަ އެއްވެސް މަސައްކަތެއް ކޮށްފައެއް ނެތް، އަމިއްލައަށް އެވަގުތަކު ގައުމަށް އެލިބޭ ލާރިން މަސައްކަތް ކޮށްލަ ކޮށްލާ ތިބެނީ. އެހެންވީމާ ރައްޔިތުން ތިބީ އެކަމުގައި ވަރަށް ބިކަ ހާލުގައި،" މިނިސްޓަރު ތޯރިގް ވިދާޅުވިއެވެ.

މީގެއިތުރުން ތޯރިގް ވިދާޅުވީ ރައްޔިތުންގެ ބޭނުންވާ މިފަދަ މަސައްކަތްތައް މިސަރުކާރުން ކުރަމުންދާއިރު ޖެއްސުން ކުރުމާއި މަސައްކަތަށް ދަތިވާ ގޮތަށް ކަންކަން ކުރަމުންދާ ކަމަށެވެ. ނަމަވެސް އެއީ އެބަޔަކު ޖެއްސުމަށް ކުރަނީ ކޮންކަމެއްތޯއާއި އެއީ ކޮންބައެއްކަން މިނިސްޓަރު ފާހަގަ ނުކުރެއްވިނަމަވެސް ރައީސް ނަޝީދު ކުރައްވާ ކަންކަމުން ރާއްޖޭއަށް ބޮޑެތި ގެއްލުންތަކެއް ވާކަމަށް ތޯރިގް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ލޯނު ނަގައިގެންނާއި ސަރުކާރަށް ލިބޭ އެހީގައާއި އަދި ޕީއެސްއައިޕީގެ ބަޖެޓުން މިމަސައްކަތް ކުރާއިރު، އަޅުގަނޑުމެން ހަމަ ދަންނަވާލަން ބޭނުންވަނީ ކުރީގެ ރައީސް ނަޝީދުއަށް އަނެއްކާވެސް އެމަނިކުފާނު ވާހަކަ ދައްކަވާ ބީދައިން ވާހަކަ ދައްކަވާނަމަ، އަޅުގަނޑުމެން މަސައްކަތް ކުރާއިރު ދަތިތައް ކުރިމަތި ކުރައްވަން އެމަނިކުފާނު ކުރައްވާ މަސައްކަތް އަޅުގަނޑު ހަމަ ފާހަގަކޮށްލަން،" މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ.

ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދްތަމްތަކަކީ ގާނޫނުއަސާސީން ސަރުކާރުން ރައްޔިތުންނަށް ކޮންމެހެން ކޮށްދެންޖޭހެ ކަންކަމަށްވާއިރު، ރައްޔިތުން ގެންދަނީ އެކަންކަން ކުރުމަށް ބޭންވާ ފައިސާ ވެސް ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަމުން ނެވެ. އެގޮތުން ރާއްޖެއަށް ޓެކްސްގެ ނިޒާމު ތައާރަފްކުރިފަހުން ދައުލަތަށް ލިބޭ އާމްދަނީ އެތައްތަނެއް މައްޗަށް ޖެހިފައިވާއިރު، ރައްޔިތުން ބުނަމުން ދަނީ ސާފު ބޯފެނާއި ކަރަންޓާއި ނަރުދަމާ ގާއިމު ކޮށްދޭން ޖެހޭ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ޖެއްސުން ކުރުމުގެ ކަންތައްތަކެއް ކުރާމަށް ސަރުކާރުން ތުހުމަތު ކުރިނަމަވެސް އެފަދަ މަސްރޫއުތައް ހިންގަމުންދާއިރު ޖެއްސުން ކުރުމުގެ ގޮތުން ނުވަތަ ސިޔާސީ ގޮތުން އެކަންކަން ހުއްޓުވޭނެ އެއްވެސް ކަމެއް އެއްވެސް ރަށެއްގައި ކުރާތަނެއް ނުފެނެއެވެ.

އެހެން ނަމަވެސް ސިޔާސީ ފަރާތްތަކުން ބުނަމުން ދަނީ ރައްޔިތުންގެ ނަމުގައި ބޮޑެތި ލޯނުތައް ނަގައިގެން ސަރުކާރުން މަޝްރޫއުތައް ހިންގަމުންދާއިރު، އެކަންކަމުގައި ބޮޑެތި އޮޅުވާލުންތަކާއި ކޮރަޕްޝަނާއި ދައުލަތުގެ ފައިސާއަށް ހިޔާނާތްވަމުންދާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓްގައި މިއަހަރު ނިމޭއިރު ދައުލަތުގެ ބަޖެޓް 49 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައި ވެއެވެ. ރައީސް ޔާމީންގެ ސަރުކާރާ ހަވާލުވެވަޑާއިގެންނެވި އިރު ދައުލަތުގެ ދަރަނި ހުރީ 29 ބިލިއަން ރުފިޔާގަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް