Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިމާރާތުން ވެއްޓުން

މަޑިފުށީގައި ހަދަމުންދާ އިމާރާތެއްގެ ތިން ވަނަ ބުރިން ދިވެއްސަކު ވެއްޓި ފައި ބިނދިއްޖެ

ހަދަމުން ދިޔަ ގެސްޓް ހައުސްއެއްގެ ތިންވަނަ ބުރިން ވެއްޓިފައިވަނީ ދިވެއްސަކާއި ބިދޭސީ މީހެއް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 1 އެޕްރީލު 2018 | އާދީއްތަ 07:49
އެ ދެމީހުން ވެއްޓުނު އިމާރާތް

އެ ދެމީހުން ވެއްޓުނު އިމާރާތް

ތ. މަޑިފުށީގައި ހަދަމުންދިޔަ އިމާރާތެއްގެ ތިންވަނަ ބުރިން ދިވެއްސަކު ވެއްޓި އޭނާގެ ފައި ބިންދައިގެން ހިނގެއްޖެ އެވެ.

މަޑިފުށީ ކައުންސިލްގެ މެންބަރު އަލީ ހަސީން ވިދާޅުވީ ހަތަރު ބުރިއަށް ހަދަމުން ގެސްޓް ހައުސްއެއްގެ ތިންވަނަ ބުރިން ވެއްޓިފައިވަނީ ދިވެއްސަކާއި ބިދޭސީއެއް ކަމަށެވެ. ނަމަވެސް ބިދޭސީ މީހާއަށް ގެއްލުމެއް ނުލިބެ އެވެ.

އެ ދެ މީހުން ވެއްޓުނީ ކިހިނެއް ވެގެންކަން އެނގިވަޑައި ނުގަންނަވާ ކަމަށް އަލީ ހަސީން ވިދާޅުވި އެވެ. ނަމަވެސް، ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އެ މީހުން ވެއްޓުނީ ފާރުގައި ސިމެންތި ޖެހުމަށް ތިން ވަނަ ބުރީގައި އަޅާފައި ހުރި އަށި މަތީގައި ހުއްޓައި އެ އަށި ވެއްޓިގެންނެވެ.

ބިދޭސީ މީހާ ވެއްޓުނީ މި ފޭރު ގަހުގެ މައްޗަށް

ބިދޭސީ މީހާ ވެއްޓި ޖެހުނީ އިމާރާތުގެ ކައިރީގައި ހުރި ފޭރު ގަހެއްގެ ތެރެއަށެވެ. ބިދޭސީ މީހާއަށް މާބޮޑު ގެއްލުމެއް ލިބިފައި ނެތަސް، ވެއްޓި ޖެހުމާއެކު ލިބުނު ޝޮކްގައި އޭނާ އަދި ވާހަކައެއް ނުދައްކަ އެވެ.

ވާތު ފައިގެ ފަލަމަސްގަނޑާ ދިމާލުން ފައި ބިންދައިގެން ދިޔަ މީހާ ވެއްޓި ޖެހުނީ ބިންމައްޗަށެވެ. އެ ދެ މދިމާލުން ވަނީ ބިންދައިގެން ގޮސްފައެވެ. މި ދެ މީހުންނަށް ވެސް މަޑިފުށީ ސިއްހީ މަރުކަށުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ފައި ބިންދައިގެން ދިޔަ މީހާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމަށް ވަނީ ހަމަޖައްސައިފަ އެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު