Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަހްލޫފް ހައްޔަރުކުރުން

މަހްލޫފުގެ ބަންދަށް ފަސް ދުވަސް އިތުރުކޮށްފި

މަހްލޫފުގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 30 މާރިޗު 2018 | ހުކުރު 12:55
ބަންދުގެ މުއްދަތު އިތުރުކުރުމަށް ފަހު މަހްލޫފް އަނބުރާ ދޫނިދުއަށް ގެންދިއުމަށް ލޯންޗަށް އަރުވަނީ: ފޮޓޯ-ރާއްޖެއެމްވީ

ބަންދުގެ މުއްދަތު އިތުރުކުރުމަށް ފަހު މަހްލޫފް އަނބުރާ ދޫނިދުއަށް ގެންދިއުމަށް ލޯންޗަށް އަރުވަނީ: ފޮޓޯ-ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފުގެ ބަންދަށް ފަސް ދުވަސް އިތުރުކޮށްފި އެވެ.

ހުކުރު ދުވަހުގެ މެންދުރު ފަހު ކޯޓަށް ހާޒިރުކޮށް މަހްލޫފުގެ ބަންދުގެ މުއްދަތު އިތުރު މިކުރީ، މުޒާހަރާ ތެރެއިން މާސްކުތަކެއް އާންމުނަށް ބެހި ކަމަށް ބުނެ އުފުލާފައިވާ ދައުވާއާ ގުޅިގެންނެވެ.

Advertisement - newsAdvertisement

މަހްލޫފު އެންމެ ފަހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭގަ އެވެ. އޭނާ ހައްޔަރުކުރީ އޭރު އިއުލާންކޮށްފައި ހުރި ކުއްލި ހާލަތުގެ ދަށުން ކަމަށްބުނެ އެވެ. ނަމަވެސް މުޒާހަރާތެރެއިން މާސްކް ބެހި ކަމަށް ބުނެ ކުރާ ތުހްމަތުގައި އޭނާގެ ބަންދަށް އޭރު 13 ދުވަސް ކޯޓުން އިތުރުކޮށްދީފައިވެ އެވެ. އަދި މުއްދަތު ފަސް ދުވަސް އިތުރުކޮށްފައިވަނީ އެ މުއްދަތު ހަމަވާން ކައިރިވުމުންނެވެ.

މަހްލޫފު ކޯޓަށް ހާޒިރުކުރި ވަގުތު މަހްލޫފުގެ އަނބިކަނބަލުންނާއި މަޖިލިސް މެމްބަރު ރޮޒައިނާ ކްރިމިނަލް ކޯޓު ކައިރީގައި

މަހްލޫފުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ނޫރުއްސަލާމް ވިދާޅުވީ މާސްކުތަކެއް ބެހި ކަމަށް ބުނެ ކޮށްފައިވާ ދައުވާއާ ގުޅިގެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައި ވާއިރު މިހާރުވެސް އޭނާ ވަނީ އެކުށް ސާބިތުވެއްޖެ ނަމަ އަންނާނެ ހުކުމުގެ ހަތަރު ބައި ކުޅަ އެއްބަޔަށް ވުރެ ގިނަ ދުވަހު ޖަލުގައި ހޭދަކޮށްފައި ކަމަށެވެ. މަހްލޫފުގެ މައްޗަށް ތުހްމަތުކުރާ އެ މައްސަލައަކީ އާންމުކޮށް މީހަކު ބަންދުގައި ބަހައްޓަންޖެހޭ ފަދަ މައްސަލައެއް ނޫން ކަމަށް ވެސް ނޫރުއްސަލާމް ފާހަގަ ކުރެއްވި އެވެ. އަދި އޭނާގެ ބަންދުގައި ބަހައްޓަން ޖެހޭ ފަދަ ސަބަބެއް އޮތް ކަމަށްވެސް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހައްޔަރުކޮށްފައި ތިބޭއިރު މަޖިލީހުގެ ގަވައިދާ އެއްގޮތައް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރު ނުކުރާތީ އެކަން ކުރުމުގެ އަމުރެއް ނެރެދޭން އެދިވަޑައިގެންނެވި ކަމަށާއި އެހެން ނަމަވެސް އެ އަމުރު ނެރެދެއްވާފައިނުވާ ކަމަށް ވެސް ނޫރުއްސަލާމް ވިދާޅުވި އެވެ.

މުޒާހަރާ ތެރެއިން މާސްކުތަކެއް ބެހި މައްސަލާގައި މަހްލޫފުގެ މައްޗަށް ދައުވާ އުފުލާފައިވާއިރު އޭގެ އިތުރުން އޭނާ ކުރައްވާފައިވާ ދެ ޓްވީޓަކާ ގުޅިގެން ވެސް ދައުވާ ކޮށްފައިވެ އެވެ. ދައުވާ ކޮށްފައިވާ ތިން މައްސަލާގައި އަދި އަޑުއެހުމެއް ބާއްވާފައިނުވެ އެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު