Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސީޕީ އަރީފް

އަރީފްގެ ނަސޭހަތް ފުލުހުންނަށް: ހައްގުން ކަމަކާ ނުލައި މީހުން ހައްޔަރު ނުކުރޭ!

ފުލުހުން ޒިންމާ ނުނަގާ ނަމަ ހަޑިވެ ކިލަނބުވެގެންދާނީ ފުލުހުންގެ ސާފު ޔުނީފޯމް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 29 މާރިޗު 2018 | ބުރާސްފަތި 12:30
ކުރިގެ ޕޮލިސް ކޮމިޝަނަރ އަރީފް: އޭނާ ވަނީ ފުލުހުންގެ އަހަރީ ދުވަހާ ގުޅުވައިގެން ބަޔާނެއް ނެރުއްވާފައި

ކުރިގެ ޕޮލިސް ކޮމިޝަނަރ އަރީފް: އޭނާ ވަނީ ފުލުހުންގެ އަހަރީ ދުވަހާ ގުޅުވައިގެން ބަޔާނެއް ނެރުއްވާފައި

ހައްގުން ކަމަކާ ނުލައި މީހުން ހައްޔަރުކޮށް ބޭ އިންސާފުން މީހުނަށް އަނިޔާ ނުދިނުމަށް ކުރީގެ ޕޮލިސް ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް ގޮވާލައްވައިފިއެވެ.

ފުލުހުންގެ 85 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަރީފް ނެރުއްވި ބަޔާނުގައި ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ތަބާވުމަށް ހުރިހާ ފުލުހުން ނަސޭހަތްތެރިވެވަޑައިގެން އެމީހުންގެ ޒިންމާ ހަނދާންކޮށްދެއްވާފައިވެއެވެ. ދޫނިދޫގައި ހައްޔަރުކޮށްފައި ހުންނެވި އަރީފް ނެރުއްވި ބަޔާނުގައި އިސްލާމްދީނުގައި ކުށްވެރިންނަށް އަދަބު ދިނުމުގެ މަގުސަދުގެ މަފްހޫމަކަށް ވެފައި ވަނީ ކުށްތަކުން އެބަޔަކު ދުރުކުރުމާއި މުޖުތަމައު އެ ކުށެއްގެ ވަބާއިން މިންޖުކުރުން ކަމަށްވާއިރު ބަޔަކު ހައްގަކާ ނުލައި ހައްޔަރުކޮށް ބޭއިންސާފުން އަދަބު ދީގެން ނުވާނެ ކަމަށެވެ. އަދި ފުލުހުން އަބަދު ވެސް ތިބެން ޖެހޭނީ ގާނޫނުން ލިބިދީފައިވާ ބާރާއި އިހްތިޔާރުގެ ތެރޭގައި ރައްޔިތުންނަށް ރައްކާތެރިކަން ހޯދަދިނުމާއި ގާނޫނު އަސާސީ ނެގެހެއްޓުމާ އެކު ގާނޫނުއަސާސީގައި ދައުލަތުގެ ވަކި ބާރުތައް ކަމަށް ކަނޑައަޅާފައިވާ ބާރުތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުވައިދިނުމުގައި ސާބިތުވެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

Advertisement - newsAdvertisement

މި ވަގުތު މުޖުތަމައު އޮތް ގޮތް ސިފަކޮށް އަރީފް އެ ބަޔާނުގައި ވިދާޅުވެފައި ވަނީ އެހެން މީހުންގެ މިނިވަން ކަމާއި އެހެން މީހުންގެ ހައްގަށް ނުބަލައި އެއްބަޔަކު ކުރިއަށްދާއިރު އަނެއް ބަޔަކު ދަނީ ފައިސާގެ ތަނަވަސްކަން ހޯދަމުން ކަމަށާއި އަދި އަތުޖެހުނު ގޮތަކަށް އެތަނަވަސްކަން ހޯދާއިރު ދީނަކަށް އަދި މުޖުތަމައުއަކަށް ބެލުމެއް ނެތް ކަމަށެވެ. އެކަން ކަން ހަމަމަގަށް އެޅުވުމުގެ ފުރިހަމަ އިހްތިޔާރާއި ބާރުވެރިކަން ލިބިފައިވާ ފަރާތްތަތަކުން ޒިންމާ ނުނަގާ ނަމަ ހަޑިވެ ކިލަނބުވެގެންދާނީ ފުލުހުންގެ ސާފު ޔުނީފޯމް ކަމަށް އެ ބަޔަނުގައި ފުލުހުންނަށް ހަނދާންކޮށްދީފައިވެއެވެ. އެ މޭރުމުން އޭނާ އިތުރަށް ވިދާޅުވެފައި ވަނީ ފުލުހުންނާ ހަވާލުވެފައިވާ ޒިންމާ އަދާކުރުމުގައި ބަލަން ޖެހޭނީ ކުށްކުރާ މީހާގެ ހައިބަތާއި ބޮޑު ކަމަކަށް ނޫން ކަމަށާއި ބަލަން ޖެހޭނީ އެ ކުށުގެ ބޮޑުމިނަށް ކަމަށެވެ.

"ކޮންމެ ފަރާތަކުން ކުރިއަސް އެކުށަކާ ގުޅިގެން ހިންގަން ޖެހޭ ތަހްގީގެއް ހިންގެވުމަށާއި ކަނޑައެޅިފައިވާ އަދަބެއް އޮންނަ އުސޫލުތަކާއި ހަމަތަކުގެ މަތިން އެ ފަރާތްތަކަށް ދިނުމުގައި ފަސްޖެހިގެން ނުވާނެ އެވެ،" އެ ބަޔާނުގައިވެއެވެ.

މި ގައުމުގައި ދިމުކުރާތީ ވެރިކަމެއްގެ ނިޒާމް ހޯދޭނީ ސިޔާސީ ނުފޫޒުތަކުން އެއްފަރާތްވެ މިނިވަންކަމާއި އަމިއްލަ ބާރުގައި ކަންކަން ކަނޑައެޅުމުގެ ބާރު އޮތް މުވައްސަސާއެއްގެ ގޮތުގައި ފުލުހުންގެ މުވައްސަސާ ބޭއްވިގެން ކަމަށް އަރީފްގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އަދި އެ އިހްތިޔާރާ ބާރު ގެއްލިފައިވާ ނަމަ މާޒީގެ އިބްރަތްތެރި ފިލާވަޅުތަކުން ފިލާވަޅު ލިބިގަނެ ކަންކަން އިސްލާހް ކުރުމަށް ތިބޭނީ މިއަދު ފުލުހުންގެ މުވައްސަސާގައި ތިބި މީހުން ކަމަށާއި އެ ޒިންމާ ކުރިން ފުލުހުންގެ މުވައްސަސާގައި ތިބި މީހުންނާ ހަވާލު ނުކުރެވޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

"އަދި އެހެންމެ ފުލުހުންގެ މުވައްސަސާއަށް މާދަމާ ގުޅުމަށް އަންނަ ފަރާތްތައް އަންނަންދެން މަޑުކޮށްފައި ބޭއްވޭނެ ކަމަށް ވެސް އަޅުގަނޑު ނުދެކެމެވެ. ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި އިލްމީ އަލިކަމުގެ ތެރެއިންލާފައި ފަހަތަށް، އަދި ހާލަތަށް ބަލާކަށް އެންމެ ސިކުންތަކަށް ވެސް މަޑުޖެހުމެއް ނެތި މުވައްސަސާ ނަގަހައްޓައި ކުރިއަށް ގެންދިއުމުގެ ހިތްވަރާއި ފަންވަރު އަދި ވަރުބަލިވުމެއް ނެތް ބުންވަރު ތިޔަ ބޭކަލުންގެ ހުންނަވާނެ ކަމާ މެދު އަޅުގަނޑު ޝައްކެތް ނުކުރަމެވެ."

ފުލުހުންގެ އަހަރީ ދުވަހާ ގުޅުވައިގެން އަރީފް ވަނީ ހުރިހާ ފުލުހުންނަށާއި އެމީހުންގެ އާއިލާތަކަށް ތަހްނިޔާ ފޮނުއްވާފައެވެ. އަރީފް ވިދާޅުވެފައި ވަނީ މި ވަގުތު އޭނާ އާއި އޭނާގެ އާއިލާ އުނދަގޫ އަދި ދަތި ކަންތައްތަކެއްގެ ތެރޭގައި އުޅެން ޖެހުނު ނަމަވެސް ފުލުހުންގެ މުވައްސަސާގެ ކުރިއެރުމަށް އެދޭ ކަމަށެވެ. އަދި ކޮންމެ އިންސާނީ މުޖުތަމައުއެއްގައި ވެސް އަދުލު އިންސާފު ގާއިމު ކުރުމަކީ އެ މުޖުތަމައުއެއްގައި ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ދެމެހެއްޓުމަށް އެންމެ މުހިންމު ކަންތައްކަން ފާހަގަކޮށް އޭނާ ވަނީ ކޮންމެ ފުލަހަކު ވެސް ހަވާލުވެފައިވާ އަމާނާތައް ރައްކާތެރިވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ހަމަ އެހެންމެ ރައްޔިތުންގެ ފަރާތުން ކަންކަމާ ހަވާލުވެ ހުންނަ ކޮންމެ މީހަކީ ވެސް އެމީހެއްގެ ވާޖިބު އަދާކުރި ގޮތާ މެދު ރައްޔިތުންގެ ކުރިމަތީ ޒިންމާވާން ޖެހޭ މީހެއް ކަމަށާއި ކޮންމެ ފުލުހަކީ ވެސް މާތްﷲ ހަޒްރަތަށް ބިރުވެތިވެ ހުރެ ހުވާކޮށްގެން ތިބި ފުލުހެއްކަން ވެސް އަރީފްގެ ބަޔާނުގައި ހަނދާންކޮށްދެއްވާފައިވެއެވެ. އަދި އިސްލާމީ ރިވެތި އުސޫލުތަކާއި އިހްސާންތެރިކަމާއި ހިތްހެޔޮކަމާއި އަޅާލުމާއި ލޯތްބާއި އޯގާތެރިކަމަށާއި ހެޔޮ ކުލުނު އެންމެމަތީ ދަރަޖައިގައި ކޮންމެ ފުލުހެއްގެ ކިބައިން ފެންނަން ޖެހޭނެ ކަމަށް އަރީފް ވިދާޅުވެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާޓީގެ މުދަލަށް އަރައިގަތުމުގެ ހައްގެއް ފުލުހުންނަށް ލިބިގެނެއް ނުވޭ: އެމްޑީޕީ

ޕާޓީގެ މުދަލަށް އަރައިގަތުމުގެ ހައްގެއް ފުލުހުންނަށް ލިބިގެނެއް ނުވޭ: އެމްޑީޕީ

16 މާރިޗު 2017
ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

02 މާރިޗު 2017
ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!

ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!

23 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު