Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕޯޓްސް ކޮމިޝަނަރ

ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް އަލީ އުމަރު ހަމަޖައްސައިފި

28 މާރިޗު 2018 | ބުދަ 15:48

އަލީ އުމަރަކީ އެފްއޭއެމް އެގްޒެކްޓިވް ކޮމިޓީގެ ވެސް މެމްބަރެއް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 28 މާރިޗު 2018 | ބުދަ 15:48
އަލީ އުމަރު 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތައްޓާއެކު

އަލީ އުމަރު 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތައްޓާއެކު

ސްޕޯޓްސް ކޮމިޝަނަރުގެ މާގަމަށް ކުރީގެ ގައުމީ ޓީމުގެ ފޯވާޑް އަލީ އުމަރު ހަމަޖައްސައިފިއެވެ.

ހުސްވެފައިވާ ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް އަލީ އުމަރު ހަމަޖައްސާފައިވަނީ މިއަދުއެވެ. މި މަގާމު ހުސްވީ އެ މަގާމުގައި މީގެ ކުރިން ހުރި އަހުމަދު ނަޝީދު (ޓީސީ ޑޭވް) އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޑޭވް އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަށްޓަކައެވެ.

އަލީ އުމަރަކީ ގައުމީ ޓީމަށް 14 އަހަރު ކުޅެފައިވާ ކުޅުންތެރިޔެކެވެ. އޭނާ ފުޓްބޯޅަ ކުޅުން ހުއްޓާލީ 2013 ވަނަ އަހަރުއެވެ. ރާއްޖޭގެ ގައުމީ ޓީމުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު އަލީ އުމަރު ވަނީ އެ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާގެ ފުޓްބޯޅަ ކެރިއަރުގައި އަލީ އުމަރު ވަނީ ރާއްޖޭގެ އެންމެ ބޮޑު ޓީމުތަކަށް ކުޅެފައެވެ. އެގޮތުން ނިއު ރޭޑިއަންޓާއި ކްލަބް ވެލެންސިއާ އަދި ވީބީ ސްޕޯޓްސް ކްލަބަށް އޭނާ ކުޅެފައިވެއެވެ.

ފުޓްބޯޅަ ކުޅުން ހުއްޓާލި ނަމަވެސް އަލީ އުމަރު ފެނިގެން ގޮސްފައި ވަނީ އެފްއޭއެމްއާ ވަރަށް ގާތުން މަސައްކަތްކުރާ މީހެއްގެ ގޮތުގައެވެ. އޭނާ ވަނީ އެފްއޭއެމް ހިންގުން އިސްލާހުކުރުމަށް އެކުލަވާލި ނޮމަލައިޒޭޝަން ކޮމިޓީގެ މެމްބަރުކަން ވެސް ކޮށްފައެވެ. ހަމައެހެންމެ އެ އިދާރާގެ މަގާމުގައި އަހުމަދު ތޯރިގް (ޓޮމް) ހުރިއިރު ޓޮމްގެ ނައިބު ރައީސްއެއްގެ ގޮތުގައި ވެސް ހުރީ އަލީ އުމަރުއެވެ. މިހާރު ވެސް އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީގެ ޗެއާމަންކަން ކުރަމުން އަންނަ އަލީ އުމަރުއަކީ ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަން (ސާފް) ގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރެއް ވެސްމެއެވެ.

ކުޅިވަރުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކޮމިޝަނަރ އޮފް ސްޕޯޓްސް އައްޔަންކުރާނީ ކުޅިވަރާ ބެހޭ މިނިސްޓަރާއި، ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. ކޮމިޝަނަރ އޮފް ސްޕޯޓްސް ހަތަރު އަހަރުގެ މުއްދަތަކަށް އައްޔަންކުރާއިރު އެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ބޮޑެތި ބާރުތަކެއް ލިބެއެވެ.

އެގޮތުން، ދިވެހިރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހާ ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ފަރުދުންނާއި ކްލަބް ޖަމިއްޔާތަކާއި އެ ތަންތަނުގެ މެންބަރުންގެ ދަފްތަރު އޭގެ އެންމެ ފަހުގެ މައުލުމާތާ އެކު ބެލެހެއްޓުމާއި ކަނޑައެޅިފައިވާ އުސޫލުން އަމަލުނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމާއި، ދިވެހިރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހާ ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ކްލަބް ޖަމިއްޔާ އަދި އެސޯސިއޭޝަންތައް ރަޖިސްޓްރީ ކުރުމާއި އެ ފަރާތްތަކުގެ އަސާސީ އަދި ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ފަރާތްތައް އަމަލުކުރޭތޯ ފަރާވެރިވެ ކަނޑައެޅިފައިވާ އުސޫލުން އަމަލުނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު ކޮމިޝަނަރަށް ލިބިފައިވެއެވެ.

ދިވެހިރާއްޖޭގެ ކުޅިވަރުގެ ގާނޫނު ތަސްދީގުކުރައްވާފައި ވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 7 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

17 މެއި 2017

ސިޓީ ލީގުގެ ތިންވަނަ މަގާމަށް، އާސެނަލަށް މޮޅެއް

17 މެއި 2017
ސިޓީ ލީގުގެ ތިންވަނަ މަގާމަށް، އާސެނަލަށް މޮޅެއް
04 މެއި 2017

ކްލަބް ޕީކޭ ބަލިކޮށް ވީކޭ ސްޕޯޓްސް ކުލަބުން ސެމީއަށް

04 މެއި 2017
ކްލަބް ޕީކޭ ބަލިކޮށް ވީކޭ ސްޕޯޓްސް ކުލަބުން ސެމީއަށް
29 އެޕްރީލު 2017

މާލޭ ސްޕޯޓްސް އަތުން ސީބީއެލް އަށް މޮޅެއް

29 އެޕްރީލު 2017
މާލޭ ސްޕޯޓްސް އަތުން ސީބީއެލް އަށް މޮޅެއް
16 އެޕްރީލު 2017

ދަ ގްރާންޑޭ އަތުން ޖޭޖޭ ސްޕޯޓްސް ކްލަބަށް ތިން ޕޮއިންޓް

16 އެޕްރީލު 2017
ދަ ގްރާންޑޭ އަތުން ޖޭޖޭ ސްޕޯޓްސް ކްލަބަށް ތިން ޕޮއިންޓް
12 މާރިޗު 2017

މަޖިލީހުގެ މައްސޫލިއްޔަތަކީ ދައުލަތް ޒިންމާދާރުކުރުވުން: އަލީ ހުސެއިން

12 މާރިޗު 2017
މަޖިލީހުގެ މައްސޫލިއްޔަތަކީ ދައުލަތް ޒިންމާދާރުކުރުވުން: އަލީ ހުސެއިން
11 މާރިޗު 2017

ދިވެހި ފުޓުބޯޅައިގެ ތާރީހް އޮޅުވާނުލުމަށް އަލީ އާޒިމް އިލްތިމާސް ކުރައްވައިފި

11 މާރިޗު 2017
ދިވެހި ފުޓުބޯޅައިގެ ތާރީހް އޮޅުވާނުލުމަށް އަލީ އާޒިމް އިލްތިމާސް ކުރައްވައިފި
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް އިންތިހާބުކޮށްފި

04 ޖެނުއަރީ 2017
ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް  އިންތިހާބުކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް