Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އުއްތަމަ ފަނޑިޔާރު

މާފުށީ ޖަލުގައި އުއްތަމަ ފަނޑިޔާރު ބަހައްޓާފައި ހުންނަނީ އެއްވެސް އިންސާނެއް ނުފެންނަ ގޮތަށް: ވަކީލުން

އެމަނިކުފާނު ބަންދުކޮށްފައި ހުންނަތަނަށް އިންސާނެއްގެ އަޑުވެސް ނީވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 28 މާރިޗު 2018 | ބުދަ 13:01
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، (21 މާރިޗު 2018) ގައި ކޯޓަށް ހާޒިރުކުރުމަށް ފަހު ފުލުހުންގެ ލޯންޗަކަށް އަރުވަނީ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، (21 މާރިޗު 2018) ގައި ކޯޓަށް ހާޒިރުކުރުމަށް ފަހު ފުލުހުންގެ ލޯންޗަކަށް އަރުވަނީ

މާފުށީ ޖަލަށް ބަދަލުކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ބަހައްޓާފައި ހުންނަނީ އެއްވެސް އިންސާނެއް ނުފެންނަ ގޮތަށް، ސޮލިޓަރީ ކޮންފައިންމަންޓެއްގައި ކަމަށާއި، އެއީ ޓޯޗަރގެ އަމަލެއް ކަމަށް ޤާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކުރިތާ 50 ދުވަސްވުމާ ގުޅިގެން، ޤާނޫނީ ވަކީލުންގެ ހުރި ކަންބޮޑުވުންތައް ހާމަކޮށް ނެރުނު ބަޔާނެއްގައި ވަކީލުން ވިދާޅުވެފައި ވަނީ ކޯޓުތަކުގެ ފަނޑިޔާރުންނަކީ މައްސަލަތަކާ ގުޅިގެން އެބޭފުޅުން ނިންމާ ނިންމުންތަކުގެ ސަބަބުން އަދަބު ދެވޭނެ ބައެއް ނޫން ކަމަށް ކަނޑައަޅައި ރައްކާތެރިކަން ޤާނޫނީ ގޮތުން ލިބިދީފައިވާ ބައެއް ކަމަށެވެ. ނަމަވެސް، 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކުރައްވައި ނެރުއްވި ކޯޓު އަމުރާ ގުޅިގެން ޤާނޫނުއަސާސީއާ ޚިލާފަށް އުއްތަމަ ފަނޑިޔާރު ބަންދުކޮށް ޖަލުގައި ބަހައްޓައި، ނުޙައްގުން އެތައް އަނިޔާތަކެއް އެމަނިކުފާނަށް ދެމުން ގެންދާތާ މިއަދަށް 50 ދުވަސްވެފައި ވާކަމަށް ވަކީލުންގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

Advertisement - newsAdvertisement

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، (21 މާރިޗު 2018) ގައި ކޯޓަށް ހާޒިރުކުރުމަށް ފަހު ފުލުހުންގެ ލޯންޗަކަށް އަރުވަނީ -- ފޮޓޯ: މުހައްމަދު ޝަރުހާން / ރައްޖެ.އެމްވީ

ވަކީލުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރައްވައި، އުއްތަމަ ފަނޑިޔާރު ޤާނޫނާ ޚިލާފަށް ހައްޔަރުކުރުމަށް ފަހު، އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ހިންގާފައި ވަނީ ޣައިރު ދުސްތޫރީ ބާޠިލު އިޖުރައާތުތަކެއް ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން، ސަލާމަތީ ޚިދުމަތްތަކުގެ ފަރާތުން 6 ފެބްރުއަރީގައި ޤަނޫނާ ޚިލާފަށް އެމަނިކުފާނު ހައްޔަރު ކުރުމަށް ފަހު، އެމަނިކުފާނުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އިއުތިރާޒްކޮށް، އެމަނިކުފާނުގެ ކިބައިން އެޙައްޤު ނިގުޅައިގެންފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ކުއްލި ނުރައްކަލު ޙާލަތު ޢިއުލާނުކުރި ޤަރާރުން އެޙައްޤު ހިފަހައްޓާފައި ވާތީ ކަމަށް ފުލުހުން ވަނީ އެއިރު އުއްތަމަ ފަނޑިޔާރަށް އަންގާފައި ކަމަށް ވަކީލުންގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ. ނަމަވެސް، ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ނާންނަނީސް، އުއްތަމަ ފަނޑިޔާރުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކަމަށް ބުނެ ފުލުހުން ވަނީ އެމަނިކުފާނު ކްރިމިނަލް ކޯޓަށް ޙާޒިރުކޮށްފައިކަން ވަކީލުންގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، (21 މާރިޗު 2018) ގައި ކޯޓަށް ހާޒިރުކުރުމަށްފަހު ފުލުހުންގެ ލޯންޗަކަށް އަރުވަނީ -- ފޮޓޯ: މުހައްމަދު ޝަރުހާން / ރައްޖެ.އެމްވީ

ވަކީލުން ވިދާޅުވީ ޝަރީޢަތުގެ މަޖިލީހަށް ވެންނެވުމުން، އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ އުފުލައި، ޝަރީޢަތް ނިމެންދެން ބަންދުގައި އެމަނިކުފާނު ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އެދުވަހުގެ ޝަރީޢަތް ކުރިއަށް ގެންގޮސްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރި ޤަރާރުން ރައީސުލްޖުމްހޫރިއްޔާ ހިފަހައްޓާފައިވާ ޙައްޤުތަކާއި ޤާނޫނުތަކުގެ ތެރެއިން ޕްރޮސިކިއުޓަރ ޖެނެރަލް އާއި ކްރިމިނަލް ކޯޓުން ބޭނުން ޤާނޫނުތައް އުއްތަމަ ފަނޑިޔާރުގެ މައްޗަށް ހިންގަން ޤާނޫނުއަސާސީއާ ޚިލާފަށް ނިންމުމަށް ފަހުގައި ކަމަށް ވަކީލުންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި ކުއްލި ނުރައްކަލު ޙާލަތު އިޢުލާނުކޮށްފައިވާ ޤަރާރުން ހިފައްޓާފައިވާ ޙައްޤުތަކާއި ޤާނޫނުތަކަށް ބަދަލު ގެންނަން ނިންމުމުގެ ބާރު ޤާނޫނުއަސާސީގެ ދަށުން ލިބޭ ހަމައެކަނި ފަރާތަކީ ރައީސުލްޖުމްހޫރިއްޔާއަށް ވެފައި، ރައީސުލްޖުމްހޫރިއްޔާ އެފަދަ ނިންމުމެއް ނިންމަވައި ޢިއުލާނުކުރައްވާފައި ނުވަނީސް، ޕްރޮސިކިއުޓަރ ޖެނެރަލަށް ނުވަތަ ދަށު މަރުޙަލާގެ ކޯޓަކަށް އެފަދައިން އެޤަރާރަށް ނުސީދާކޮށް ބަދަލުގެނެވިދާނެ ކަމަކަށް އުއްތަމަ ފަނޑިޔާރު ޤަބޫލުފުޅެއް ނުކުރައްވާ މަށްވެސް ބަޔާނުގައި ވަކީލުން ވިދާޅުވެފައި ވެއެވެ.

ޖަލުގައި އުއްތަމަ ފަނޑިޔާރަށް ގިނަ އަނިޔާތަކެއް ދެމުން އަންނަކަން ފާހަގަކޮށް ވަކީލުންގެ ބަޔާނުގައި ވިދާޅުވެފައި ވަނީ، އުއްތަމަ ފަނޑިޔާރު މާފުށި ޖަލަށް ބަދަލުކުރުމަށް ފަހު އެމަނިކުފާނު އެތަނުގައި ބަހައްޓާފައި ހުންނަނީ އެހެން އެއްވެސް އިންސާނެއް ނުފެންނަ ގޮތަށް ސޮލިޓަރީ ކޮންފައިންމަންޓްގައި ކަމަށެވެ. އަދި އެމަނިކުފާނު ބަންދުކޮށްފައި ހުންނަތަނަށް އިންސާނެއްގެ އަޑުވެސް އިވިވަނޑައިނުގަންނަވާ ކަމަށް އެމަނިކުފާނު މަޢުލޫމާތު ދެއްވާ ކަމަށާއި، މިއީ، ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ އެންޓި-ޓޯރޗަރ ޤާނޫނު 2013 ގެ 14 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ފަދަ ޓޯޗަރގެ ޢަމަލެއް ކަމަށް ވަކީލުން ވިދާޅުވިއެވެ. އަދި، މިއީ ޤަޞްތުގައި އުއްތަމަ ފަނޑިޔާރަށް އަނިޔާ ދިނުމުގެ ނިޔަތުގައި ހިންގާ ލާއިންސާނީ ޢަމަލެއް ކަމަށާއި، އެމަނިކުފާނުގެ ޤާނޫނީ ވަކީލުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް ބަޔާނުގައި ވެއެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، (21 މާރިޗު 2018) ގައި ކޯޓަށް ހާޒިރުކުރުމަށްފަހު ފުލުހުންގެ ލޯންޗަކަށް އަރުވަނީ -- ފޮޓޯ: މުހައްމަދު ޝަރުހާން / ރައްޖެ.އެމްވީ

ވަކީލުން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ހުންނަވާއިރު، އެމަނިކުފާނާ މެދު ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއް ނުހިންގުމަށް ދިވެހިސަރުކާރަށް އިލްތިމާސްކުރައްވާ ކަމަށެވެ. އަދި ޤާނޫނުއަސާސީ އާއި ފަނޑިޔާރުންގެ ޤާނޫނުން ފަނޑިޔާރުނަށް ލިބިދީފައިވާ ރައްކާތެރިކަމާއި އިމްތިޔާޒުތަކަށް އިޚްތިރާމްކޮށް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ވަގުތުން ވަގުތަށް ދޫކޮށްލުމަށް ވެސް ދިވެހި ސަރުކާރަށް ވަކީލުން ވަނީ ގޮވާލައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު