Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަނޭޝަނަލް ފްރެންޑްލީ

އަނިޔާ އިން ސަލާމަތްވެ، ސްޕެއިންއާ ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗަށް މެސީ ތައްޔާރުވެއްޖެ

މެސީ ވަނީ އެންމެ ފަހުން ބޭއްވި ފަރިތަކުރުންތަކުގައި ބައިވެރިވެފަައި

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 28 މާރިޗު 2018 | ބުދަ 03:22
އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ

އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ

ސްޕެއިންއާ ދެކޮޅަށް އަންގާރަ ދުވަހުގެރޭ ކުޅޭ ރަހުމަތްތެރިކަމުގެ ބައިނަލްއަޤްވާމީ މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ފެނުމުގެ ފުރުޞަތު އޮތް ކަމުގެ އިޝާރާތެއް އާޖެންޓީނާގެ ކޯޗު ޖޯޖް ސަމްޕައޯލީ ބުނެފިއެވެ.

މަސްގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން މިދިޔަ ހުކުރު ދުވަހު އިޓަލީއާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ ބައިނަލްއަޤްވާމީ މެޗުގައި މެސީ ކުޅެފައެއް ނުވެއެވެ.

އަންގާރަ ދުވަހުގެރޭ ސްޕެއިންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އާޖެންޓީނާގެ ކޯޗު ޖޯޖް ސަމްޕައޯލީ ބުނީ، ހޯމަ ދުވަހު ބޭއްވި ފަރިތަކުރުންތަކުގައި ބައިވެރިވެ، ޓީމާއެކު އާއްމު ފަރިތަކުރުންތަކުގައި މެސީ ބައިވެރިވެފައިވާ ކަމަށެވެ.

ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑްގެ ވާންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ކުރިން ވާހަކަ ދައްކަމުން ސަމްޕައޯލީ ބުނީ، އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން، އެ މެޗުގައި ނުކުޅެވޭނެ ވާހަކަ މެސީ ބުނި ކަމަށާއި، އެހެންނަމަވެސް ފާއިތުވި ދެ ދުވަހު ބޭއްވި ފަރިތަކުރުންތަކުގައި ބައިވެރިވެ، އޭނާ މިހާރު ރަނގަޅު ކަމަށް މެސީ ބުނެފައިވާ ކަމަށެވެ.

ސްޕެއިންއާ ދެކޮޅަށް ކުޅޭ މެޗުގައި، މެސީއާ އެކު ބާސެލޯނާ އަށް ކުޅޭ ޑިފެންޑަރ ޖެރާޑް ޕީކޭ އަދި ޖޯޑީ އަލްބާ ފަދަ ކުޅުންތެރިންނާ ދެކޮޅަށް ކުޅޭ މެޗަށް މެސީ ނުކުންނާނެ ކަމަށް ބެލެވެއެވެ.

މެސީއަކީ އާޖެންޓީނާގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ.

އާޖެންޓީނާ އަދި ސްޕެއިން ބައްދަލުކުރާ ރަހުމަތްތެރިކަމުގެ ބައިނަލްއަޤްވާމީ މެޗަށް ނުކުތުމަށް ތައްޔާރުވެފައިވާއިރު، ހުކުރު ދުވަހުގެރޭ ޖަރުމަނުގެ ޑުސަލްޑޯފްގައި ޖަރުމަނުގެ ގައުމީ ޓީމާ ދެކޮޅަށް ސްޕެއިންގެ ގައުމީ ޓީމް ކުޅުނު ރަހުމަތްތެރިކަމުގެ މެޗު ނިމިފައި ވަނީ 1-1 އިން އެއްވަރު ވެގެންނެވެ. މިނަތީޖާއާ އެކު ސްޕެއިންގެ ކޯޗު ޖުލެން ލޮޕެޓެގީގެ އިރުޝާދުގެ ދަށުން އެޓީމް ދަމަހައްޓަމުން އަންނަ ބަލިނުވުމުގެ ރެކޯޑް ވަނީ 17 ވަނަ މެޗަކަށް ދެމިގެންގޮސްފައެވެ.

ހުކުރު ދުވަހުގެރޭ އިނގިރޭސިވިލާތުގެ މެންޗެސްޓަރގައި އިޓަލީއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު ރަހުމަތްތެރިކަމުގެ މެޗު ސްޕެއިން ކާމިޔާބު ކޮށްފައިވަނީ 2-0 ންނެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

އެފްއޭކަޕް: ޔުނައިޓެޑް އަދި ޓޮޓެންހަމް ވެސް ސަލާމަތްވެ ކުއާޓާ އަށް

20 ފެބުރުއަރީ 2017
އެފްއޭކަޕް: ޔުނައިޓެޑް އަދި ޓޮޓެންހަމް ވެސް ސަލާމަތްވެ ކުއާޓާ އަށް
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
15 ފެބުރުއަރީ 2017

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ
15 ފެބުރުއަރީ 2017

ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

15 ފެބުރުއަރީ 2017
ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު