Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުރައީސް ސޯލިހު

ރައީސް ސޯލިހްގެ އުފަން ދުވަހަކީ 1 ޖެނުއަރީ ތަ؟ ނުވަތަ 1 މާޗް ތަ؟

އާއިލާގެ ބޭފުޅުން އުފަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ 1 ޖެނުއަރީ

އަލީ ސަމާޚް
އަލީ ސަމާޚް | 1 ޖެނުއަރީ 2019 | އަންގާރަ 15:02
ރައީސް ސޯލިހު

ރައީސް ސޯލިހު

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އުފަން ދުވަހަކީ ކޮބައިކަން ގިނަ ބަޔަކަށް އޮޅުން އަރައިފި އެވެ.

އެކެއް ޖެނުއަރީއަކީ ރައީސް ސޯލިހްގެ އުފަން ދުވަހުގެ ގޮތުގައި ބަލައި، ސަރުކާރުގެ ބައެއް ބޭފުޅުންނާއި އާއިލާގެ ބޭފުޅުންނާއި ގާތް ބޭފުޅުން ވަނީ ތަހްނިޔާ ކިޔައިފަ އެވެ. ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވެސް، ރައީސް ސޯލިހް އަށް ވަނީ އުފަން ދުވަހުގެ ތަހްނިޔާ ޓްވިޓަރުގައި ކިޔުއްވާފަ އެވެ.

ޅ. ހިންނަވަރަށް އުފަންވެވަޑައިގެންނެވި މިހާރު އުމުރުފުޅުން 56 އަހަރުގެ ރައީސް ސޯލިހްގެ އުފަން ދުވަސް އެ މަނިކުފާނުގެ އާއިލާގެ ބޭފުޅުންނަށް ވެސް ވިދާޅުވާން އެނގިވަޑައި ނުގަންނަވަ އެވެ. ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި ރައީސް ސޯލިހްގެ އުފަން ދުވަހުގެ ގޮތުގައި މިހާތަނަށް ފާހަގަ ކުރަމުން އަންނަނީ 1 ޖެނުއަރީ ކަމަށެވެ. ނަމަވެސް ބައެއް ބޭފުޅުން ވިދާޅުވީ އެ މަނިކުފާނުގެ އުފަން ދުވަހަކީ 1 މާޗް ކަމަށެވެ.

މި އޮޅުން އެރީ ކީއްވެ ހެއްޔެވެ؟

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި އެ މަނިކުފާނުގެ ޕްރޮފައިލް ތައްޔާރުކުރުމުގެ މަސައްކަތް ރާއްޖެ ޓީވީން ކުރަމުން ދިޔައިރު ވެސް މި އޮޅުން އެރި އެވެ. އޭރު އެކަން ކަށަވަރުކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ. އެންމެ ފަހުން އެކަން ކަށަވަރުކުރުމަށްޓަކައި، އާއިލާގެ އިސް ބޭފުޅަކު މެދުވެރިކޮށް، ރައީސް ސޯލިހްގެ އަނބިކަނބަލުން ފަޒުނާ އަހްމަދަށް ގުޅަންޖެހުނެވެ.

ރައީސް ސޯލިހްގެ އައިޑީ ކާޑްގައި އުފަންވެވަޑައިގެންނެވި ތާރީޚުގެ ގޮތުގައި ވަނީ 1 މާޗް 1962 އެވެ. އެމަނިކުފާނުގެ އުފަން ދުވަހަކީ ކޮބައިކަމާމެދު އޮޅުން އަރާފައި ވަނީ ކީއްވެގެން ކަމެއް އާއިލާގެ ބޭފުޅުންނަށް އެނގިވަޑައިނުގަންނަވަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ރައީސް ސޯލިހްގެ އުފަން ދުވަހަކީ 1 މާޗް ކަމަށެވެ.

އިތުރަށް ކިޔާލަން

28 އެޕްރީލު 2017

ރައީސް ޓްރަމްޕް އެންމެ މޮޅަށް ތަމްސީލް ކުރާ މީހަކު ހޮވުމުގެ މުބާރާތް ބާއްވައިފި

28 އެޕްރީލު 2017
ރައީސް ޓްރަމްޕް އެންމެ މޮޅަށް ތަމްސީލް ކުރާ މީހަކު ހޮވުމުގެ މުބާރާތް ބާއްވައިފި
17 އެޕްރީލު 2017

އިންޑިއާގެ ރައީސްގެ އަތްޕުޅުން ސޯނަމް އަށް އެވޯޑް ލިބޭތީ ބައްޕަ އަނިލް އުފަލުން

17 އެޕްރީލު 2017
އިންޑިއާގެ ރައީސްގެ އަތްޕުޅުން ސޯނަމް އަށް އެވޯޑް ލިބޭތީ ބައްޕަ އަނިލް އުފަލުން
10 އެޕްރީލު 2017

މިފަހަރު ޖާޔާގެ އުފަންދުވަސް ފާހަގަ ނުކުރީ ކީއްވެ؟

10 އެޕްރީލު 2017
މިފަހަރު ޖާޔާގެ އުފަންދުވަސް ފާހަގަ ނުކުރީ ކީއްވެ؟
13 މާރިޗު 2017

ދެވީގެ އުނދަގޫ ބޮޑުވެގެން ބްރެޒިލްގެ ރައީސް ރަސްމީ ގަނޑުވަރުން ނުކުންނަވައިފި

13 މާރިޗު 2017
ދެވީގެ އުނދަގޫ ބޮޑުވެގެން ބްރެޒިލްގެ ރައީސް ރަސްމީ ގަނޑުވަރުން ނުކުންނަވައިފި
10 ފެބުރުއަރީ 2017

ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި

10 ފެބުރުއަރީ 2017
ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު