Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަ ސުރުޚީ

ބޮންޑު ވިއްކާ ފެންވަރެއް ރާއްޖެއަކު ނެތް: އަމީރު

ރާއްޖޭގެ ދައުލަތުގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން 120 ޕަސެންޓް މަތީގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 13 ޖޫން 2017 | އަންގާރަ 17:53
އެމްޑީޕީގެ އިގްތިސާދީ ކޮމެޓީގެ މުގައްރިރު އިބްރާހިމް އަމީރު

އެމްޑީޕީގެ އިގްތިސާދީ ކޮމެޓީގެ މުގައްރިރު އިބްރާހިމް އަމީރު

ބޮންޑު ވިއްކާ ފެންވަރަކަށް ރާއްޖެއަކު ނެތް ކަމަށް އެމްޑީޕީގެ އިގްތިސާދީ ކޮމެޓީގެ މުގައްރިރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި އަމީރު ވިދާޅުވީ އިގްތިސާދީ ސިޔާސަތު ދަންނަ ބައެއް މިސަރުކާރުގައި ނެތްކަމަށެވެ.

Advertisement - newsAdvertisement

ސޮވަރިން ބޮންޑަކީ ނެގޭ ލޯނެއްކަމަށާއި ދުނިޔޭގެ ކުރިއަރާފައިވާ އިގުތިސާދުތަކުން ކޮށްފައިވާކަންކަން ކަމަށާއި އެހެން ނަމަވެސް ރާއްޖޭގައި އެ ފެންވަރެއް ނެތްކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ރަތް ޒޯނުގައި. ބިރުވެރި ޒޯނުގައި. އެ ޒޯނުގައި އޮވެ އަޅުގަނޑުމެން 200 މިލިއަން ޑޮލަރުގެ ބޮންޑްސް ވިއްކުމަކީ އެއީ ހަގީގަތުގައި ރައްޔިތުން ވާވައްދާފައި ވެވޭ ދަރަނިތަކެއް" އަމީރު ވިދާޅުވިއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރި ރާއްޖޭގައި ކުރި ނާރަނީ ކަރަޕްޝަން އިންތިހާއަށް އޮތުމުން ކަމަށް އަމީރު ވިދާޅުވިއެވެ. އެހެން ކަމުން ކޮރަޕްޝަން އިންތިހާއަށް ރާއްޖޭގައި އޮތުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ނުވިސްނާކަމަށް އަމީރު ވިދާޅުވިއެވެ.

ރާއްޖޭގެ އެޖެންޑާއަކީ އަމިއްލަ ޖީބު ފުރުންކަމުގައިވާނަމަ އެކަން ވަރަށްރަނގަޅަށް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ދައުލަތުގެ ދަރަނި 60 ޕަސެންޓަށްވުރެ މަތިކޮށް ހުރެގެން ނުވާނެ ކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ ދައުލަތުގެ ދަރަނި ހުރީ ދެގުނަ ބޮޑުކޮށް 120 ޕަސެންޓް މަތީގައި ކަމަށެވެ. އެހެން ކަމުން މިހާރު ރާއްޖެ މިއޮތީ ބިރުވެރި ޒޯނެއްގައި ކަމަށް އަމީރު ވދާޅުވިއެވެ.

ސަރުކާރުން ތެލުގެ އަގު ކުޑަކުރާ ވާހަކައަކީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުން ކަމަށް އަމީރު ވިދާޅުވިއެވެ.

"އިންކަމް ޓެކްސް" ނަގަން ޖެހޭކަމަށާއި އެ ނަގަން ފެށުމުން މިހާރު ދައުލަތަށް ލިބޭ އާމްދަނީ ބޮޑުވެގެން ދާނެކަމަށް އަމީރު ވިދާޅުވިއެވެ. "އިންކަމް ޓެކްސް" އަކަށް ރާއްޖޭގެ ސަރުކާރުން ނުދާނީ އިޚްލާސްތެރިކަމެއް ނެތުމުން ކަމަށް އަމީރު ވިދާޅުވިއެވެ. އޭރުން ފަގީރު މީހާއާއި މުއްސަނދި މީހާގެ ފަރަގު ކުޑަވެގެންދާނެތީ ކަމަށާއި ޓެކްސޭޝަންގެ ނިޒާމަކީ ވަށާޖެހިފައި އޮންނަ ނިޒާމަކަށް ވާން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

"ޓެކްސް ނަގަންޏާ އެބަޖެހޭ އިންސާފުވެރި ޓެކްސްއަކަށްވާން. އިންސާފުވެރި ޓެކްސްއެކޭ މި ބުނަނީ ފަގީރު މީހާއަތުން ނެގެންޖެހޭނީ މަދުން. އަދި މުއްސަނދި މީހާ އަތުން ނެގެންޖެހޭނީ ގިނައިން. އެގޮތަށް ދުނިޔޭޣެ ކޮންމެ ގައުމެއްގައިވެސް ޓެކްސް ނެގެނީ. އިންސާފު ޓެކްސްއަކަށް ނުވަންޏާ އެ ނުވާނެ ވޯކް ކުރާ އެއްޗަކަށް" އަމީރު ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދީ ސިޔާސަތު ބައްޓަން ކުރަނީ ސައުދީ އާއި ޗައިނާ ބޭނުންވާހާ ގޮތަކަށް ކަމަށް އަމީރު ވިދާޅުވިއެވެ.އަމީރު ވިދާޅުވީ މިހާރުވެސް ރާއްޖޭގެ ދަރަނީގެ 80 ޕސެންޓް ކޮންޓްރޯލް ކުރަނީ ޗައިނާއިންކަމަށެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު