Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް މެމްބަރުންގެ މައްސަލަ

12 މެމްބަރުންގެ މައްސަލައިގެ ޝަރީއަތް މިއަދު ފަށަނީ

މިމައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު 11 ޖަހާއިރަށް ވަނީ ތާވަލްކޮށްފަ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 27 މާރިޗު 2018 | އަންގާރަ 04:43
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލާގައި ގޮތެއް ކަނޑައަޅައިދިނުމަށް މަޖިލީހުގެ ބައެއް މެމްބަރުން މީގެ ކުރިން ސުޕްރީމް ކޯޓު ދޮށުގައި

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލާގައި ގޮތެއް ކަނޑައަޅައިދިނުމަށް މަޖިލީހުގެ ބައެއް މެމްބަރުން މީގެ ކުރިން ސުޕްރީމް ކޯޓު ދޮށުގައި

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑީގެ މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް މިއަދު ފެށުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރާއި ގުޅިގެން ދައުލަތުން ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު 11 ޖަހާއިރު ސުޕްރީމް ކޯޓުގައި ފެށުމަށް ވަނީ ތާވަލް ކޮށްފައެވެ.

Advertisement - newsAdvertisement

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރުގައި ފާހަގަ ކޮށްފައިވާ ކަންކަމުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި، އެ މެމްބަރުންނާއެކު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔުމަށް އަމުރުކޮށްފައިވެއެވެ.

އެ އަމުރަށް ފަހު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމަށް ފަހު، ސުޕްރީމް ކޯޓުގައި ދެން ތިއްބަވާ ތިން ފަނޑިޔާރުން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރުގެ ބައެއް ބާތިލް ކުރި ނަމަވެސް، މެމްބަރުންނާއި ގުޅޭ ގޮތުން ގޮތެއް ކަނޑައަޅާފައެއްނުވެއެވެ.

ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރުގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންނާއި ގުޅޭ ބައި ބާތިލް ކުރަން އެޓާރނީ ޖެނެރަލްގެ ފަރާތުން ހުށަހެޅުމާއެކު ސުޕްރީމް ކޯޓުން ވަނީ، ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ އަމުރުގައި ހިމެނޭ މެމްބަރުންގެ ބަޔަށް އަމަލު ކުރުން މަޑުޖައްސާލުމަށް އަންގައި ވަގުތީ އަމުރެއް ނެރެފައެވެ.

ދައުލަތުން ހުށަހެޅި މައްސަލައިގެ ޝަރީއަތް ފެށުމަށް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ތާވަލް ކުރި ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ ދެ ފަހަރު ވެސް ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފައެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު