Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމުހައްމަދު ސަލާހު

ސަލާހުގެ ސަބަބުން ކުޓީނިއޯ މަތިން ސަޕޯޓަރުން ހަނދާން ނެތިއްޖެ

26 މާރިޗު 2018 | ހޯމަ 08:26

ސަލާހު ލިވަޕޫލްއަށް ބަދަލުވީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 26 މާރިޗު 2018 | ހޯމަ 08:26
ސަލާހު އަދި ކުޓީނިއޯ

ސަލާހު އަދި ކުޓީނިއޯ | ގެޓީ އިމޭޖަސް

މިސްރުގެ މުހައްމަދު ސަލާހުގެ ސަބަބުން ލިވަޕޫލް ދޫކޮށްލި ބްރެޒިލްގެ މިޑްފީލްޑަރު ފިލިޕޭ ކުޓީނިއޯ މަތިން ސަޕޯޓަރުން ހަނދާން ނެތިއްޖެ ކަމަށް އެ ޓީމުގެ ލެޖެންޑް އަދި ކުރީގެ ކޯޗު ކެނީ ޑަލްގްލިޝް ބުނެފިއެވެ.

މިދިޔަ ޖެނުއަރީ މަހު ނިމުނު ފިނި މޫސުމުގެ ޓްރާންސްފާ މާކެޓުގައި ސްޕެއިންގެ ބާސެލޯނާއިން ވަނީ އޭރު ލިވަޕޫލްގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކުނު ކުޓީނިއޯ އެ ޓީމަށް ގެންގޮސްފައެވެ. އޭނާ ބާސާއަށް ސޮއިކުރީ 160 މިލިއަން ޔޫރޯގެ ފީއަކަށެވެ. މިއީ ލިވަޕޫލްގެ އެންމެ މުހިންމު ކުޅުންތެރިޔާ އެ ޓީމު ދޫކޮށްލި ފުރަތަމަ ފަހަރަށް ނުވާއިރު ކޮންމެ ފަހަރަކު ވެސް އެހެން ކުޅުންތެރިޔަކު ވަނީ އެ ކުޅުންތެރިޔާގެ ބަދަލުގައި މޮޅު ކުޅުމެއް ދައްކައި ސަޕޯޓަރުން އެ ކުޅުންތެރިޔެއްގެ މަތިން ހަނދާން ނެތިކޮށްލާފައެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޑަލްގްލިޝް ބުނީ ކުޓީނިއޯގެ މަތިން ސަޕޯޓަރުން ހަނދާން ނައްތާލީ ސަލާހު ކަމަށާއި އެފަދަ ކަމެއް ވާނެ ކަމަށް އޭނާ ދުވަހުކު ވެސް ނުދެކޭ ކަމަށެވެ. އޭނާ ބުނީ ކުޓީނިއޯ އަކީ ވަރަށް މޮޅު ކުޅުންތެރިޔެއް ކަމަށާއި އޭނާ މެޗެއްގައި މޮޅަށް ކުޅެފިނަމަ އެ މެޗަކުން ލިވަޕޫލް އަބަދުވެސް މޮޅުވި ކަމަށެވެ. ކޫޓީނިއޯ ލިވަޕޫލް ދޫކޮށްލުން ވާނީ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށް ގަބޫލުކުރި ކަމަށާއި އެހެން ނަމަވެސް އެގޮތަށް އެކަން ހިނގާފައިނުވާތީ ވަރަށް ހިތްހަމަޖެހޭ ކަމަށް ޑަލްގްލިޝް ބުނެފައިވެއެވެ.

އޭނާ ބުނީ ހަމައެގޮތަށް ސަލާހު ވެސް ލަނޑު ޖެހުމަށް އެތަކެއް ފުރުސަތުތަކެއް ތަނަވަސްކުރާ ކަމަށާއި މިއީ ކުޓީނިއޯ ބަދު ބަހެއް ނޫން ކަމަށެވެ. ކުޓީނިއޯ އަކީ ވެސް ލިވަޕޫލްއަށް އެއް ޒަމާނެއްގައި ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމަށާއި ހަމައެގޮތަށް މިހާރު ސަލާހުއަކީ ލިވަޕޫލްއަށް ތަފާތު ދައްކާ ކުޅުންތެރިޔެއް ކަމަށް ޑަލްގްލިޝް ބުނެފައިވެއެވެ.

ޑަލްގްލިޝް ބުނީ ފުރަތަމަ ސީޒަނުގައި އޭނާއާ އެއްވަރަށް ޕާފޯމް ކުރި އެހެން އެއްވެސް ކުޅުންތެރިޔެއް މީގެކުރިން ނުދެކޭ ކަމަށާއި ސަލާހުގެ ފުރަތަމަ ސީޒަނުގައި ވެސް އޭނާ ވަނީ ސަޕޯޓަރުންގެ ހިތްތައް އަތުލާފައި ކަމަށެވެ. އޭނާ ބުނީ ސަލާހުގެ މޮޅު ކުޅުމުގެ ސަބަބުން ޓީމުން ވެސް އެއްވެސް ވަރަކަށް ތަފާތު ކަމެއް ނުފެންނަ ކަމަށާއި ޓީމުގެ ކުރިމަގު ވަރަށް އުޖާލާ ކަމަށެވެ.

އިޓަލީގެ ރޯމާގައި މިދިޔަ ސީޒަނުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު ސަލާހު ލިވަޕޫލްއަށް ބަދަލުވީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި 36 މިލިއަން ޕައުންޑްގެ ފީއަކަށެވެ. ފުރަތަމަ ސީޒަނުގައި ސަލާހު ވަނީ މިހާތަނަށް ހުރިހާ މުބާރާތެއްގައި ލިވަޕޫލްއަށް 36 ލަނޑު ޖަހައިދީފައެވެ. މި އަދަދާއެކު އިއާން ރަޝްގެ ފުރަތަމަ ސީޒަނުގައި އޭނާ ހެދި ރެކޯޑު މުގުރާލުމުގެ ފުރުސަތު ސަލާހުއަށް އެބައޮތެވެ. ޕްރިމިއާ ލީގުގެ ލަނޑު ލިސްޓުގެ ކުރީގައި 28 ލަނޑާއެކު ވެސް އޮތީ ސަލާހުއެވެ.

ސަލާހު މި ސީޒަނުގައި ދައްކަމުންދާ މޮޅު ކުޅުމާއި ގުޅިގެން އޭނާ ހޯދުމަށް ސްޕެއިންގެ ރެއާލް މެޑްރިޑްއިން މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެން ނަމަވެސް އޭނާ އެ ޓީމަށް ބަދަލުނުވާނެ ކަމުގެ އިޝާރާތެއް ވަނީ ދީފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

22 މާރިޗު 2017

ޓީމަކުން ހޯދާ ކާމިޔާބީގެ މުގުލުގައި ތިބޭނީ ސަޕޯޓަރުން: ބަޓިސް

22 މާރިޗު 2017
ޓީމަކުން ހޯދާ ކާމިޔާބީގެ މުގުލުގައި ތިބޭނީ ސަޕޯޓަރުން: ބަޓިސް
21 މާރިޗު 2017

ސަޕޯޓަރުންގެ އެހީއާ އެކު ކިރިގިސްތާން ބަލި ކުރެވޭނެ: ސާޖިދު

21 މާރިޗު 2017
ސަޕޯޓަރުންގެ އެހީއާ އެކު ކިރިގިސްތާން ބަލި ކުރެވޭނެ: ސާޖިދު
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
08 މާރިޗު 2017

އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި

08 މާރިޗު 2017
އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި
07 މާރިޗު 2017

މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް

07 މާރިޗު 2017
މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް